logo
Bank of Maldives

Bank of Maldives

ކުޅިވަރު

އިތުރު ވަގުތުގައި ގަލަތަސަރާއީ އަތުން ބަލިވެ، ޔުވެންޓަސް ޗެމްޕިއަންސް ލީގުން ކަޓައިފި

އަބްދުﷲ ޣާނިމް
26 ފެބްރުއަރީ 2026 - 04:22
އިތުރު ވަގުތުގައި ގަލަތަސަރާއީ އަތުން ބަލިވެ، ޔުވެންޓަސް ޗެމްޕިއަންސް ލީގުން ކަޓައިފި

ޗެމްޕިއަންސް ލީގުގެ ޕްލޭ-އޮފް ދެވަނަ ލެގުގައި ރޭ އިޓަލީގެ ޔުވެންޓަސް އިން ތުރުކީގެ ގަލަތަސަރާއީ އަތުން 3-2 އިން މޮޅުވި ނަމަވެސް، އެގްރިގޭޓް ނަތީޖާއިން ބަލިވެ މުބާރާތުން ކަޓައިފިއެވެ. އެލިއަންޒް ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ މެޗަށްފަހު ގަލަތަސަރާއީ މުބާރާތުގެ ގަދަ 16 އަށް ދަތުރުކުރީ 7-5 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ފުރަތަމަ ލެގުގައި 5-2 އިން ބަލިވެފައި އޮތުމުން ޔުވެންޓަސްއަށް މި މެޗު ކުރިމަތިލާން ޖެހުނީ ބޮޑު ގޮންޖެހުމަކާއެކުގައެވެ. ނަމަވެސް ލޫސިއާނޯ ސްޕަލެއްޓީގެ އިރުޝާދުގެ ދަށުން ކުޅުނު ޔުވެންޓަސް އިން ވަނީ މެޗުގެ 90 މިނެޓު ހަމަވިއިރު އެގްރިގޭޓް ނަތީޖާ 5-5 އިން އެއްވަރުކޮށްފައެވެ. މިއީ މެޗުގެ 49 ވަނަ މިނެޓުގައި ލޮއިޑް ކެލީއަށް ދެއްކި ރަތް ކާޑާއެކު އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދަނިކޮށް އެޓީމުން ހޯދި ބޮޑު ކާމިޔާބީއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޔުވެންޓަސްއިންނެވެ. މިއީ ކެފްރެން ތުރާމްއަށް އޭރިއާ ތެރެއިން ލޫކަސް ޓޮރޭރާ ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން މެނުއަލް ލޮކަޓެލީ ކާމިޔާބުކުރި ލަނޑެކެވެ. އޭގެ ފަހުން 70 ވަނަ މިނެޓުގައި ފެޑެރީކޯ ގަޓީ ލަނޑެއް ޖަހައި އުންމީދު އާކޮށްދިންއިރު، މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް ވެސްޓަން މެކެނީ ވަނީ ލަނޑެއް ޖަހައި އެގްރިގޭޓް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އިތުރު ވަގުތުގެ ތެރޭގައި ޔުވެންޓަސްއަށް މެޗުން މޮޅުވާން ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އެޑޮން ޒެގްރޯވާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. މި ފުރުސަތުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ، ގަލަތަސަރާއީގެ ވިކްޓަރ އޮސީމެން ލަނޑެއް ޖަހައި އެޓީމަށް އަލުން ކުރިހޯދައިދިނުމެވެ. އަދި މެޗުގެ 119 ވަނަ މިނެޓުގައި ބަރިސް ޔިލްމާޒް ޖެހި ލަނޑާއެކު ގަލަތަސަރާއީން ވަނީ މުބާރާތުގެ ކުރިއަށް އޮތް ބުރަށް ދަތުރުކުރުން ކަށަވަރުކޮށްފައެވެ.

މުބާރާތުގެ ގަދަ 16 ގައި ވާދަކުރަން ޖެހޭނޭ ޓީމުތަށް ކަނޑައެޅިގެންދާނީ މި ހުކުރުދުވަހުގައި ބާއްވާ ގުރުއަތުލުމަށްފަހުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިތުރު ވަގުތުގައި ގަލަތަސަރާއީ އަތުން ބަލިވެ، ޔުވެންޓަސް ޗެމްޕިއަންސް ލީގުން ކަޓައިފިކުޅިވަރު | ގަޑިއިރެއް ކުރިންހޮއިލަންޑްގެ ގޯލާއެކު ޔުވެންޓަސް ބަލިކޮށް ނަޕޮލީ އެއްވަނައަށް ކުޅިވަރު | 3 މަސް ކުރިންއިޓަލީގެ ޤައުމީ ޓީމުގެ ކުރީގެ ކޯޗު ޔުވެންޓަސްގެ ކޯޗަކަމަށްކުޅިވަރު | 4 މަސް ކުރިންޔުވެންޓަސް ބަލިކޮށް ޗެންޕިއަންސް ލީގުގައި ރެއާލް 100% ރެކޯޑާއެކު ކުރިޔަށްކުޅިވަރު | 4 މަސް ކުރިން