logo
Bank of Maldives

Bank of Maldives

ޚަބަރު

މިއީ ރާއްޖޭގެ އެތުލީޓުންނަށްވެސް، ޒުވާނުންނަށްވެސް ހުޅުވިގެންދާ އާ ޞަފްޙާއެއް: ވަޒީރު ރާފިޢު

އިސްމާޢިލް ރާތިޢު
31 އޮކްޓޯބަރު 2025 - 13:12
ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު
ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު

ޖެނެރޭޝަނަލް ޓޮބޭކޯ ބޭންއަކީ ރާއްޖޭގެ އެތުލީޓުންގެ އިތުރުން ޢާންމުކޮށް ހުރިހާ ޒުވާނުންނަށްވެސް ހުޅުވިގެންދާ އާ ޞަފްޙާއެއް ކަމަށް، ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވާފައިވާ ޖެނެރޭޝަނަލް ޓޮބޭކޯ ބޭން އަށް މާދަމާ ޢަމަލުކުރަން ފެށުން ފާހަގަކުރުމަށް ދައުލަތުގެ މީޑިއާއިން ގެނެސްދެމުންދާ ޚާއްޞަ ޓެލެތޯންގައި ގެނެސްދިން ވަޒީރުގެ އިންޓަރވިއުއެއްގައޮ އެމަނިކުފާނު ވިދާޅުވެފައިވަނީ، ދުންފަތާ ދުރު އާ ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައި އެޅިގެންމިދާ ޤާނޫނީ ފިޔަވަޅަކީ ދުންފަތާ ދުރުވުމާއެކު އެކީގައި ޞިއްޙަތު ސަލާމަތުން ހުރި އާ ޖީލެއް ބިނާކުރުމާ ދިމާލަށްވެސް އެޅޭ ފިޔަވަޅެއް ކަމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މިކަމަކީ ރާއްޖޭގެ އެތުލީޓުންވެސް ޝާމިލުވާ ފަދައިން ރާއްޖޭގެ މުޅި އާބާދިގެ ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށްޓަކައި އެޅިގެންދާ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ފިޔަވަޅަކީ ރާއްޖޭގެ މުސްތަޤުބަލުގައި އެކި ރޮނގު ރޮނގުން މަސައްކަތްތެރިކަމާއި ޒުވާނުންގެ ހަރަކާތްކުގެ އިތުރުން ދިވެހިރާއްޖޭގެ ހުރިހާ ކޮމިއުނިޓީތަކަށް ކޮންޓްރިބިއުޓް ކުރުމުގައި ވަރަށް ބޮޑަށް އެހީވެދޭނެ ފިޔަވަޅެއް ކަމުން، މިއީ ރާއްޖޭގެ އެތުލީޓުންގެ އިތުރުން ހުރިހާ ޒުވާނުންނަށްވެސް ހުޅުވިގެންދާ އާ ޞަފްޙާއެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޞިއްޙަތު ސަލާމަތުން ހުރުމަކީ ކުޅިވަރުން ކުޅޭ ކުދިންނަށް ވަކިން ޚާއްޞަކޮށް މުހިންމު ކަމެއްކަން ފާހަގަކުރައްވާ، ވަޒީރު ވިދާޅުވީ އެކަމަކީ ކުޅުންތެރިންގެ ޕަރފޯމަންސަށް އެންމެ ބޮޑު އަސަރެއްކުރާ ކަންތައް ކަމަށެވެ. އެހެންކަމުން ޞިއްޙަތު ސަލާމަތުން ހުރިނަމަ، ކުޅުންތެރިންގެ ހަށިގަނޑުގެ ބާރު ގަދަވެ، ބުންވަރު އިތުރުވުން ކުޅުންތެރިންގެ ޕަރފޯމަންސް ރަނގަޅުވުން ވެގެންދާނީ ކުޅިވަރުގެ ދާއިރާގައި ޙާޞަލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާޞިލުކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު އެހީތެރިކަމަކަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ދުންފަތުގައި އަޅުގަނޑުމެންގެ ޞިއްޙަތަށާއި ހަށިގަނޑުގެ މަސައްކަތަށް ގެންލުންވާ މާއްދާތަކެއް ހުންނަކަމަކީ އެންމެންވެސް ދަންނަ ކަމެއް ކަމަށާއި މިކަން އަޅުގަނޑުމެންގެ ތެރެއިން ވީހާވެސް މަދުވުމަކީ ކުޅިވަރުގެ ދާއިރާގައި އަޅުގަނޑުމެން ބޭނުންވާ ޕަރފޯމަންސް އިތުރުކުރެވޭނެ ކަމެއް ކަމަށެވެ.

މި ޕޮލިސީގެ ދަށުން، ހަށިގަނޑުގެ ތެރެއިންނާއި ބޭރުންވެސް ކުޅިވަރު ކުޅޭ މާޙައުލު ސާފުވުމުގެ މަގުފަހިވެގެންދާނެ ކަމަށެވެ.

ޖެނެރޭޝަނަލް ޓޮބޭކޯ ބޭން ފާހަގަކުރުމުގެ ގޮތުން މިއަދުން ފެށިގަން މާދަމާގެ ނިޔަލަށް ކުރިއަށްދާ ދުވުމަށް ލިބެމުންދާ ހޫނު ތަރުޙީބުންވެސް ޒުވާން ޖީލު ދުންފަތުން ސަލާމަތްކުރުމަށްޓަކައި އަޅުގަނޑުމެން އެންމެންވެސް ތިބީ އެކަތިގަނޑަކަށް ވެގެންކަން ރަމްޒުކޮށްދޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިކަމަކީ ކިޔަވާކުދިންނާއި، އެތުލީޓުންނާއި، ޕެރަ އެތުލީޓުންނާއި އަދި އެންމެހާ ދިވެހި ޢާއިލާތައް ޝާމިލުވާ ފަދައިން އެންމެންނަށްވެސް އުފާވެރިކަން ގެނެސްދޭނެ ކަމެއް ކަމަށެވެ. އަދި މިކަމަކީ ކުޅިވަރުންގެ ތެރެއިންނާއި ކުޅިވަރުން ބޭރުންވެސް އަޅުގަނޑުމެންގެ ޕްރޮޑަކްޓިވިޓީ އެތައް ތަނަކުން އިތުރުކޮށްދޭނެ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މަސައްކަތްތެރިކަން އިތުރުވި ވަރަކަށް ދައުލަތަށްވެސް އަދި ޤައުމުގެ ޖީޑީޕީއަށްވެސް އެކަމުގެ މަންފާކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ޖެނެރޭޝަނަލް ޓޮބޭކޯ ބޭޏްގައި ބައިވެރިވެ، މިކަމުގެ މަންފާ އެންމެނަށް ފޯރުމުގެ ގޮތުން، މިހާރު ދުންފަތުގެ އިސްތިޢުމާލުކުރައްވާ ފަރާތްތަކުން އެކަން ވީހާވެސް މަދުކުރައްވަން، ނުވަތަ ވާނަމަ އެއްކޮށް ހުއްޓާލައްވަން، ވަޒީރު އިލްތިމާސްކުރެއްވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖެނެރޭޝަނަލް ބޭން: ފަސްޓްލޭޑީ ވިދާޅުވީ މިއީ އަންނަން އޮތް ޖީލުތަކުގެ ދުޅަހެޔޮކަމަށް ކުރެވޭ ބޮޑު އިންވެސްޓްމަންޓެއް ކަމަށްޚަބަރު | 2 މަސް ކުރިންޖެނެރޭޝަނަލް ބޭންއާ ގުޅިގެން ވަޒީރު ޝިޔާމްގެ ތަޢުރީފު، ރައީސްއަށްޚަބަރު | 2 މަސް ކުރިންދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުމަށް 24 ގަޑިއިރަށް ކުރިއަށްގެންދާ ދުވުން ފަށައިފިޚަބަރު | 2 މަސް ކުރިންމިއީ ރާއްޖޭގެ އެތުލީޓުންނަށްވެސް، ޒުވާނުންނަށްވެސް ހުޅުވިގެންދާ އާ ޞަފްޙާއެއް: ވަޒީރު ރާފިޢުޚަބަރު | 2 މަސް ކުރިން