logo
Bank of Maldives

Bank of Maldives

ކުޅިވަރު

މިދިޔަ ސީޒަނުގެ ޔޫރަޕުގެ ގޯލްޑަން ބޫޓު ރަސްމީކޮށް އެމްބާއްޕޭއަށް ދީފި

އަބްދުﷲ ޣާނިމް
1 ނޮވެމްބަރު 2025 - 05:49
އެމްބާއްޕޭ ރެއާލްގެ ރައީސްއާއެކު
އެމްބާއްޕޭ ރެއާލްގެ ރައީސްއާއެކު

ކިލިއަން އެމްބާޕޭ އަށް މިދިޔަ ސީޒަނުގެ ޔޫރަޕުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާއަށް ދޭ ޔޫރަޕިއަން ގޯލްޑަން ޝޫ އެވޯޑް އަރުވައިފިއެވެ. ރެއާލްގެ ސްޓޭޑިއަމް ސެންޓީއާގޯ ބާނަބެއު ގައި ރޭގައި ވަނީ ކުލަގަދަ ރަސްމިއްޔާތަކާއެކު އެމްބާއްޕެ އަށް ގޯލްޑަން ބޫޓު އަރުވާފައެވެ. މި ރަސްމިއްޔާތުގައި ކްލަބްގެ އިސްވެރިންގެ ތެރެއިން ރައީސް ފްލޮރެންޓީނޯ ޕެރޭޒް، ކޯޗު ޒާބީ އަލޮންސޯ އަދި މެޑްރިޑް ސްކޮޑުގެ ގިނަ ފަރާތްތަކުން ބައިވެރިވިއެވެ.

މެޑްރިޑަށް ބަދަލުވުމަށްފަހު އެމްބާޕޭގެ ފުރަތަމަ ސީޒަން ކުލަބުގައި ދެޓްރޮފީ ހޯދާފައިވާއިރު، އޭނާގެ ފަރާތުން މިދިޔަ ސީޒަނުގައި ވަނީ މޮޅުކުޅުމެއް ފެނިގެންގޮސްފައެވެ. އެގޮތުން ލަލީގާގައި 31 ގޯލާއި، ހުރިހާ މުބާރާތަކުން ޖުމްލަ 44 ގޯލު ޖަހައިގެން، އޭނާ ވަނީ ޓީމުގެ އެންމެ މުހިންމު އެޓޭކިން ލީޑަރަށް ބަދަލުވެފައެވެ. މި ގޯލްޑަން ޝޫއާއެކު، އެމްބާޕޭ ވަނީ ރެއަލް މެޑްރިޑްގެ ތާރީޚުގައި ހޫގޯ ސަންޗޭޒް، ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ރޮނާލްޑޯ ނަޒާރިއޯ ފަދަ ގޯލްޑަން ބޫޓު ހޯދި މަދު ކުޅުންތެރޭގައި ހިމެނިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ އެމްބާޕޭއަށް ލިބުނު އަމިއްލަ ކާމިޔާބީއެއް ނަމަވެސް، އޭނާ ވަނީ ޓީމު މަސައްކަތުގެ މުހިންމުކަން ފާހަގަކޮށްފައެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި، އޭނާ ވަނީ ޓީމުގެ ކުޅުންތެރިންނާއި ކްލަބުން ދިން އެއްބާރުލުމަށްޓަކައި ޝުކުރު އަދާކޮށްފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ރެއަލް މެޑްރިޑްގެ ހުދު ޖާޒީ ލުމަކީ "ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެއް" ކަމަށާއި، މިއީ މެޑްރިޑާއި އޭގެ ސަޕޯޓަރުންނާ އޭނާއާ ދެމެދު އުފެދިފައިވާ ޚާއްސަ ގުޅުން ދައްކުވައިދޭ ކަމެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައި.އެފް.އެފް.އެޗް.އެސް އިން ހޮވި 2025 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ޓީމު އިއުލާންކޮށްފިކުޅިވަރު | 22 ދުވަސް ކުރިންއެމްބާއްޕޭއަށް 60 މިލިޔަން ޔޫރޯދޭން ފްރާންސްގެ ކޯޓަކުން ޕީއެސްޖީއާއި ދެކޮޅަށް އަމުރުނެރެފިކުޅިވަރު | މަހެއް ކުރިންއެމްބާއްޕޭ އާއި ޕީއެސްޖީ މައްސަލައިގެ ހުކުމް ކޯޓުން އަންނަ ޑިސެމްބަރުގައި ކުރަނީކުޅިވަރު | 2 މަސް ކުރިންއެމްބާއްޕޭގެ 400 ވަނަ ގޯލާއެކު ގްރޫޕްގެ އެއްވަނައިގައި ފްރާންސް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެކުޅިވަރު | 2 މަސް ކުރިން