logo
Bank of Maldives

Bank of Maldives

ޚަބަރު

ގުޅީފަޅުން ގޯތިލިބުނު 2000 އަށްވުރެ ގިނަ މީހުންނަށް ރަޖިސްޓްރީ ދޫކޮށްފި

ޢައްފާން މުޙައްމަދު
1 ނޮވެމްބަރު 2025 - 06:19
ގުޅީފަޅުން ގޯތިލިބުނު 2000 އަށްވުރެ ގިނަ މީހުންނަށް ރަޖިސްޓްރީ ދޫކޮށްފި

ސަރުކާރުގެ ބިންވެރިޔާ މަޝްރޫޢުގެ ދަށުން ގުޅީފަޅުން މިހާތަނަށް 2000 އަށްވުރެ ގިނަ ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން ފެށީ މިދިޔަ ޖުލައި މަހުގެ 12ވަނަ ދުވަހެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދު އެމިނިސްޓްރީން ވަނީ މިހާތަނަށް 2،032 މީހުންނަށް ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާ ކަމަށް ބުނެފައެވެ.

މިފަހުން އެ މިނިސްޓްރީން ވަނީ، އެއްބަސްވުމާއި ރަޖިސްޓްރީއާ ހަވާލުވެފައިނުވާ މީހުންނަށް އެ ތަކެއްޗާ ހަވާލުވުމަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް، އެޕޮއިންޓުމަންޓަށް އެދުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހަށް އިތުރުކޮށްފައެވެ.

އެއްބަސްވުމާއި ރަޖިސްޓްރީއާ ހަވާލުވެފައިނުވާ މީހުންނަށް އެތަކެއްޗާ ހަވާލުވުމަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް، އެޕޮއިންޓުމަންޓަށް އެދުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހަށް ވަނީ އިތުރުކޮށްފައެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް އަލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ، ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއި ގުޅިގެން، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގާފައިވާތީ ކަމަށް އެވުޒާރާއިން ބުނެއެވެ. އަދި އޭގެ ސަބަބުން ކުރިން ގޯތި ލިބި ރަޖިސްޓްރީ ދޫކުރި ޕްލޮޓްތައް ބަދަލުވެފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

ގޯތި ލިބިފައިވާ ފަރާތްތައް ރަޖިސްޓްރީއާ ޙަވާލުވުމަށް އަންނައިރު، ގޯތި ލިބިފައިވާ ފަރާތް ނުވަތަ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަން ޖެހެއެވެ. އަދި ބަދަލުގައި އެހެން ފަރާތެއް އަންނަ ނަމަ، ޕަވަރ އޮފް އެޓަރނީގެ އަސްލު އަދި ޕަވަރ އޮފް އެޓަރނީ ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު ގެންދަން ޖެހެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިލަމާލެ ބްރިޖްގެ 71 އިންސައްތަ މަސައްކަތް ނިމިފައި!ޚަބަރު | 2 ދުވަސް ކުރިންބޯހިޔާވަހިކަން އެންމެނަށް: ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީއަށް މިހާރު ވަކިން އެޕްލިކޭޝަން ހުށަހެޅޭނެޚަބަރު | 20 ދުވަސް ކުރިންމަޑަވެލީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 24 ދުވަސް ކުރިންހުޅުމާލޭގެ 700 އަށްވުރެ ގިނަ ފްލެޓް ބެލެހެއްޓުން އެޗްޑީސީއަށްޚަބަރު | 24 ދުވަސް ކުރިން