logo
Bank of Maldives

Bank of Maldives

ޚަބަރު

މައްސަލަ ހައްލުކޮށް، އައްޑޫ ސިޓީގެ ހުރިހާ ރަށްތަކަށް ކަރަންްޓް ދޭން ފަށައިފި

އައިޝަތު ނަޝާ
1 ނޮވެމްބަރު 2025 - 12:16
މައްސަލަ ހައްލުކޮށް، އައްޑޫ ސިޓީގެ ހުރިހާ ރަށްތަކަށް ކަރަންްޓް ދޭން ފަށައިފި

އައްޑޫސިޓީގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލުކޮށް، އަލުން އެ ސިޓީގެ ހުރިހާ ރަށްތަކަށް ކަރަންްޓް ގެ ޙިދުމަޓް މިހާރު ދޭން ފަށާފައިވާކަމަށް ފެނަކަ ޚޮޕަރޭޝަނުން ބުނެފިއެވެ.

އައްޑު ސިޓީއަށް ކަރަންޓް ދެމުން އަންނަ ބޮޑު އެއް ޖަނަރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އިއްޔެ ވަނީ އެ ސިޓީން ކަރަންޓުގެ ޙިދުމަތް މެދުކެނޑިފައެވެ. ނަމަވެސް ފެނަކަ ކޯޕަރޭޝަން ގެ މުވައްޒަފުން ކުރި މަސައްކަތުން އެ މައްސަލަ ދެނެ ގަނެވި ،މިހާރު އެ މައްސަލަ ވާނީ ހައްލު ކޮއްފައިކަމަށް އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން އައްޑޫ ސިޓީގައި ދެމުންގެންދާ ކަރަންޓްގެ ޙިދުމަތަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް އެ ކުންފުނިން ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ދޭ ކަމުގައި ވެސް އެ ބަޔާނުގައި ވެއެވެ.

ދޭތެރެ ދޭތެރެއިން ކަރަންޓުގެ މައްސަލަ ދިމާވަމުންދާ އައްޑޫގައި އެންމެ ފަހުން ޖެެނެރޭޓަރަަކަށް މައްސަލަ ދިމާވެ ކަރަންޓު ކެނޑުނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭތީ އެ މައްސަލަ މަޖިލީހަށް ވެސް ހުށަހަޅާފައިވާ އިރު އައްޑޫގެ ރައްޔިތުން ވެސް އެ މައްސަަލައިގައި ވަނީ މުޒާހަރާ ވެސް ކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ދާދި ފަހުން ވިދާޅުވީ އައްޑޫގެ ކަރަންޓުގެ މައްސަަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތްތައް މި އަހަރު ފަށާނެ ކަމަށާއި އެކަން ބަޔަކާ ހަވާލު ކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

2 ތަނެއްގައި ރޯވި އަލިފާން އެމްއެންޑީއެފް އިން ނިއްވާލައިފިޚަބަރު | 9 ދުވަސް ކުރިންއައްޑޫ "ސްކޫޕު" ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހައިކޯޓަށް ހުށަހަޅައިފިޚަބަރު | 10 ދުވަސް ކުރިންފެނަކަ ސައީދުގެ މައްސަލަ ހައިކޯޓުން ބަލައިގެންފިޚަބަރު | 15 ދުވަސް ކުރިންއައްޑޫ ސިޓީ ފޭދޫން އަންހެނަކު ގެއްލިގެން ހޯދަނީޚަބަރު | 17 ދުވަސް ކުރިން