logo
Bank of Maldives

Bank of Maldives

ޚަބަރު

އޯވަޓޭކް ކުރަން އުޅެނިކޮށް ދެ ކާރު ޖެހި ހައިވޭގައި އެކްސިޑެންޓެއް

ޢައްފާން މުޙައްމަދު
1 ނޮވެމްބަރު 2025 - 13:53
އޯވަޓޭކް ކުރަން އުޅެނިކޮށް ދެ ކާރު ޖެހި ހައިވޭގައި އެކްސިޑެންޓެއް

ހުޅުމާލެއާއި މާލެއާ ދެމެދު ދަތުރުކުރުމަށް އޮންނަ ހައިވޭގައި ދެ ކާރު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑީއާ އޮފިސަރު ވިދާޅުވީ، ހައިވޭގައި، ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅީގައި ދެ ކާރު ޖެހި އެކްސިޑެންޓެއް ހިނގައިގެން މިއަދު ހަވީރު 04:00 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެކްސިޑެންޓު ހިނގާފައި ވަނީ އޭގެ ތެރެއިން އެއް ކާރު އޯވަޓޭކްކުރަން އުޅުމުގެ ތެރޭގައި ކަމަށް ވެސް އޮފިސަރު ވިދާޅުވިއެވެ.

އަދި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށާއި އެހެންނަމަވެސް ދެ ކާރަށް ވެސް ގެއްލުންތަކެއް ލިބިފައިވާކަމަށް އޮފިސަރު ވިދާޅުވިއެވެ.

މި އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަކަމަށް އޮފިސަރު ވިދާޅުވިއެވެ.

މިއަދު ވެސް ހައިވޭގައި އެކްސިޑެންޓެއް ހިނގާފައިވާއިރު، ސިނަމާލެ ބްރިޖު ހައިވޭ މަތިން ހުކުރު ދުވަހުގެރޭ ހިނގި އެކްސިޑެންޓެއްގައި ސައިކަލެއް ދުއްވަން އިން މީހަކަށް އަނިޔާވެ، އޭނާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ. އެއީ 57 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެއިން މާލެއަށް ދަތުރުކުރި ސައިކަލެއް، ބްރިޖް ލައިޓަށް މަޑުކޮށްގެން އޮތް ޕިކަޕެއްގެ ފަހަތުގައި ޖެހިގެން ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މައްސަލައިގައި ހައްޔަރުކުރި މީހުންނަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފިޚަބަރު | 13 ގަޑިއިރު ކުރިންމާލޭގައި ދެ ސައިކަލް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެޚަބަރު | 21 ގަޑިއިރު ކުރިންސީރިއަލް ޕެކެޓެއްގައި ފޮރުވައިގެން ބޭރުފައިސާ ބޭރުކުރަން އުޅުނު ބިދޭސީންގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތުޚަބަރު | ދުވަހެއް ކުރިންޝަހީދު އާދަމް ހަލީމްގެ ޤައުމީ ޚިދުމަތުގެ ޒިކުރާ ފުލުހުންގެ މުއައްސަސާގައި އަބަދުވެސް ދިރިދިރި ހުންނާނެ: ސީޕީ ޚަބަރު | ދުވަހެއް ކުރިން