logo
Bank of Maldives

Bank of Maldives

ޚަބަރު

ނޭޝަނަލް ޓޯޗް ރަން: ވަގުތު ހަމަވިއިރު 8959 މީހުން ދުވުނު

ޢައްފާން މުޙައްމަދު
1 ނޮވެމްބަރު 2025 - 14:02
ނޭޝަނަލް ޓޯޗް ރަން: ވަގުތު ހަމަވިއިރު 8959 މީހުން ދުވުނު

ދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުމަށް 24 ގަޑިއިރަށް ކުރިއަށް ގެންދިޔަ ދުވުމުގައި  8959 މީހުން ދުވެފިއެވެ.

މިއީ 1 ނޮވެމްބަރުން ފެށިގެން ރާއްޖޭގައި ތަންފީޒުކުރަން ފަށާ "ޖެނެރޭޝަލް ޓޮބޭކޯ ބޭން" އާއި ގުޅުވައިގެން ކުރިއަށްގެންދިޔަ ޚާއްސަ ހަރަކާތެކެވެ. މި ދުވުން ކުރިއަށް ގެންގޮސްފައި ވަނީ ހުކުރު ދުވަހުގެ ހަވީރު 4 އިން މިއަދު ހަވީރު 4 އާ ހަމައަށް މާލޭ އެކުވެނި ޓްރެކުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދުވުމަކީ ޞީއްޙީ ވުޒާރާއިން އިސްނަގައިގެން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، އަދި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށްގެންދަނީ "ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުންނެވެ.

މި ހަރަކާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޙަސަން މުޙައްމަދު ވިދާޅުވީ، ޖެނެރޭޝަނަލް ޓޮބޭކޯ ބޭންގެ އެންމެ މުހިންމު ބޭނުމަކީ ޖީލަކަށްފަހު ޖީލެއް ދުންފަތުގެ ވަބާއިން ސަލާމަތްކުރުންކަމަށާއި، ކުޑައިރުންސުރެ ދުޅަހެޔޮ ފުދުންތެރި ދިރިއުޅުމަކަށް ބާރު އެޅުންކަމަށެވެ. އަދި މިކަން ތަންފީޒުކުރާ ފުރަތަމަ ޤައުމަކަށް ރާއްޖެވުމަކީ ހަރުދަނާ ޖީލެއް ބިނާކުރުމަށް ކުރިއަށްއެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު މިސް ޕޭޑެން ވިދާޅުވީ ރާއްޖޭގައި ޖެނެރޭޝަނަލް ޓޮބޭކޯ ބޭން ތަންފީޒުކުރަން ފެށިފެށުމަކީ ދުޅަހެޔޮ މުސްތަޤުބަލަކަށް ރާއްޖެފަދަ ކުޑަ ޤައުމަކުން އެޅި ވަރަށް ހިތްވަރުގަދަ ނިންމުމެއްކަމަށެވެ. އަދި ޕޭޑެން ވަނީ ސަރުކާރުގެ މި ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ.

މިއީ ދުންފަތުގެ ނުރައްކާ އަންގައިދީ، ދުންފަތާ ދެކޮޅަށް މަސައްކަތް ކުރުމަށް އާންމުންނަށް ހިތްވަރުދީ ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ ޚާއްސަ ދުވުމެކެވެ. މި ދުވުމަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

"ނެޝެނަލް ޓޯޗް ރަން"ގެ ތެރެއިން ދުންފަތުގެ ވަބާއިން ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށްޓަކާ މޯބައިލް ސިޒޭޝަން ކްލިނިކްތަކާއި، ދުންފަތުގެ ނުރައްކާ އަންގައިދީ ހޭލުންތެރިކުރުމަށްޓަކާ ޚާއްސަ އެޑްވޮކަސީ ސްޓޯލްތައް ބަހައްޓާފައިވެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޭޝަނަލް ޓޯޗް ރަން: ވަގުތު ހަމަވިއިރު 8959 މީހުން ދުވުނުޚަބަރު | 21 ގަޑިއިރު ކުރިންސިއްހީ ޚިދުމަތްދޭ ތަނަކަށް އަންނަ ކޮންމެ މީހަކީ މުހިންމު މީހެއް: ނާޒިމް ޚަބަރު | 7 މަސް ކުރިންޕީއެޗްސީ ތެރެއިން ނަފްސާނީ ސިއްހީ ހިދުމަތްތައް ހުރިހާ ރައްޔިތުންނަށް ލިބޭކަން ކަށަވަރުކުރާނެ: ވަޒީރުޚަބަރު | 8 މަސް ކުރިންނޭޝަނަލް މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފުތިތާހުކޮށްފިޚަބަރު | 8 މަސް ކުރިން