ފެރާރީ ދަބަރަށްވެ، ޔަމާލް ނިކީ ދޫކޮށްލައިފި! ބެލަންޑޯ ޔަމާލް އެނބުރި އަންނަނީ؟
1 ނޮވެމްބަރު 2025 - 17:17

ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް އާއި އޭނާގެ ލޯބިވެރިޔާ، އާޖެންޓީނާގެ ލަވަކިޔުންތެރިޔާ ނިކީ ނިކޯލް ވަކިވެއްޖެކަން ޔަމާލް ކަށަވަރުކޮށްދީފިއެވެ. މިކަން ހާމަވުމާއެކު، ޔަމާލްގެ ފޯކަސް ކުޅުމަށް ދޭނެކަމުގެ އުއްމީދުގައި ބާސެލޯނާގެ ގިނަ ސަޕޯޓަރުން ވަނީ އުފާ ފާޅުކޮށްފައެވެ. މިދިޔަ ހަފްތާ ބަންދުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު އެލް ކްލާސިކޯ މެޗުގައި ޔަމާލްގެ ކުޅުން ދަށްވުމާއެކު، އޭނާގެ ފޯކަސް އަމިއްލަ ދިރިއުޅުމަށް ދީފައިވާކަމަށް ބުނެ ގިނަ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި މި ޚަބަރު އައުމަކީ ސަޕޯޓަރުންނަށް މި ދަނޑިވަޅުގައި ލިބުނު ވަރަށް އުއްމީދީ ޙަބަރެކެވެ.
އުމުރުން 18 އަހަރުގެ ޔަމާލް އާއި ނިކޯލްގެ ގުޅުން ފެށިކަން އިއުލާންކުރީ މިދިޔަ އޮގަސްޓްގައެވެ. އޭގެ ފަހުން ޔަމާލް ވަނީ ސޯޝަލް މީޑިއާގައި އަދި ބާސެލޯނާގެ ހޯމް ގޭމްތަކުގައި ވެސް އެ ގުޅުން ހާމަކޮށްފައެވެ. ނަމަވެސް، އާރްޓީވީއީ ކެޓަލޫނިއާގެ ނޫސްވެރިޔާ ޖާވިއޭ ޑެ ހޮޔޯސް އަށް ދިން ބަޔާނެއްގައި ޔަމާލް ވަނީ މި ދެމީހުން ވަކިވެފައިވާކަން ކަށަވަރުކޮށްދީފައެވެ. ވަކިވުމުގެ ސަބަބުތަކަށް އަލިއަޅުވާލަމުން ޔަމާލް ބުނެފައިވަނީ، "އަހަރެމެން މިހާރު އެކުގައި ނޫން، އެއީ އެއްވެސް ބޭވަފާތެރިކަމެއްގެ ސަބަބުން ނޫން. އަހަރެމެން ދެމީހުން ވަކިވީ ހަމައެކަނި މިހެން. މިކަމާ ގުޅޭގޮތުން ފެންނަމުންދާ އެއްވެސް ވާހަކައަކީ އަހަރެމެންނާ ގުޅުންހުރި ކަމެއް ނޫން. އަހަރެން އެހެން މީހަކާ ގުޅިގެން ނުވަތަ ބޭވަފާތެރިވެފައެއް ނުވާނެ."

Ad by Hajj Corporation
މި ބަޔާން އައީ، އެލް ކްލާސިކޯ އަށް ފަހު ޔަމާލް މިލާނުގައި ބޭއްވި ޕާޓީއަކަށް ގޮސް އިޓަލީގެ އިންފްލުއެންސަރެއް ކަމަށްވާ އަންނާ ގެގްނޯސޯ އާއެކު އުޅުނު ކަމުގެ އަޑުތައް ފެތުރި، ޔަމާލް ބޭވަފާތެރިވި ކަމަށް ސްޕެއިންގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ. ޔަމާލް ވަނީ މިޚަބަރުވެސް ދޮގޮކޮށްފައެވެ.
ޔަމާލް މި ސީޒަނުގައި ފާހަގަ ވަނީ ދަނޑު މަތީގައި ދައްކާ ކުލުމަށްވުރެ، ކުލުމުން ބޭރުގައި އޭނާ ކުރާ ކަންކަމަށް ސަމާލުކަންދޭ ކުލުންތެރިއެއްގެގޮތުގައެވެ. ޔަމާލް މި ސީޒަނުގައި ދައްކަމުންދާ ކުޅުމާމެދު ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައި، މި ޒުވާން ކުޅުންތެރިޔާގެ އަމިއްލަ ދިރިއުޅުމުގެ މި ބަދަލަށް ބާސެލޯނާގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް މަރުހަބާ ކިޔާފައެވެ. ސަޕޯޓަރުން ދެކޭގޮތުގައި ލޯބީގެ ގުޅުމުން ވަކިވުމަކީ ޔަމާލްގެ ފޯކަސް ފުޓްބޯޅައަށް އަނބުރާ ގެނައުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ސޯޝަލް މީޑިއާގައި އެކަކު ލިޔެފައިވަނީ، "ލަމީން ޔަމާލް އަނބުރާ އަތުވެއްޖެ!" މިހެންނެވެ. އަނެއް ސަޕޯޓަރަކު ބުނެފައިވަނީ، "ޔަމާލް މިހާރު ބެލޮންޑޯ ސީޒަނެއް ފަށަން ތައްޔާރުވަނީ."
ޔަމާލްގެ ކުޅުމަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން، މާދަމާ ރޭ ކުޅެން ހަމަޖެހިފައިވާ އެލްޗޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯޗު ހާންސީ ފްލިކް ވަނީ ޔަމާލް ދިފާޢުކޮށް ވާހަކަ ދައްކާފައެވެ. ފްލިކް ވިދާޅުވީ، "އަހަރެމެން އޭނާއާ ވާހަކަ ދައްކަން، އާންމުކޮށް އަހަރެމެން އެންމެން އެކަކު އަނެކަކަށް ވަރަށް އިޚްލާސްތެރި، އަދި މަސައްކަތް އެންމެ ރަނގަޅަށް ކުރެވެނީ މިގޮތަށް. އަހަރެން އަބަދުވެސް އޭނާ ހިމާޔަތްކޮށް އެހީވާނަން، އޭނާއަކީ ވަރަށް ޒުވާން، މޮޅު ކުއްޖެއް އަދި އަހަރެމެން މި މަގުން ކުރިއަށް ދާނަން."
Ferrari ge theyo hus nuvanees yamal ge manje bechytha? | Mendhuru TvTikTokYouTubeInstagramXFacebook
ޔަމާލް ނިކޯލް އާއެކު އުޅެން ފެށިފަހުން ދަށްގޮހޮރާ ދިމާލުން ގޮތްނޭނގޭ އަނިޔާތަކެއް ދަނީ ތަހައްމަލުކުރަމުންނެވެ. އެހެންކަމުން ނިކޯލް އާއި ވަކިވުމަކީ ޔަމާލްގެ މުސްތަޤުބަލާމެދު ހާސްވެ ސުވާލުތައް ގިނަވެފައިވާ ބާސެލޯނާގެ ސަޕޯޓަރުންނަށް އުފާވެރި ޚަބަރެކެވެ. މީގެ ކުރިންވެސް ޔަމާލް އާއި ނިކޯލް ވަކިވި ޚަބަރު އެކި މަންސަ ތަކުން ރިޕޯޓްކޮށްފައިވެއެވެ.


