logo
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލި ތިން މީހަކަށް އަނިޔާވެއްޖެBank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ ޖެނެރޭޝަނަލް ބޭން، ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަމަށް

ޢައްފާން މުޙައްމަދު
2 ނޮވެމްބަރު 2025 - 06:16
ރާއްޖޭގެ ޖެނެރޭޝަނަލް ބޭން، ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަމަށް

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގައި އަމަލުކުރަން ފަށާފައިވާ ''ޖެނެރޭޝަނަލް ބޭން'' އަށް ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަން ލިބިއްޖެއެވެ.

2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދުންފަތް މަނާވެފައިވާއިރު، މިގޮތަށް މަނާކޮށްފައިވަނީ، ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް މިއަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ހުށައަޅުއްވާފައިވާ އިސްލާޙުގައެވެ. މިހާރު ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނުގައިވާ ގޮތުން 1 ޖެނުއަރީ 2007އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިޢުމާލުކޮށްގެން ނުވާނެއެވެ. އަދި އެ ޢުމުރުގެ އެއްވެސް މީހަކަށާއި، ޢުމުރުން 21 އަހަރު ނުފުރޭ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީވެސް މަނާ ކަމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މި ނިންމެވުމާއެކު، ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ވެސް މިކަން ފާހަގަކޮށް ޚަބަރު ޝާއިއުކޮށްފައިވެއެވެ. އެގޮތުން ދަ ގާޑިއަން އަދި ޓީއާރުޓީ ވޯލްޑް ފަދަ ނޫސްތަކުން މި ޚަބަރު ޝާއިއުކޮށްފައިވެއެވެ. އަދި ސަރަހައްދީ ގައުމުތަކުގެ މީޑިއާތަކުން ވެސް މިއީ މި ސަރުކާރުން އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކޮށް ޚަބަރު ޝާއިއުކޮށްފައިވެއެވެ.

ޖެނެރޭޝަނަލް ބޭން އަކީ ވަކި އަހަރަކުން ނުވަތަ ތާރީޚަކުން ފެށިގެން އުފަންވެފައިވާ ކޮންމެ މީހަކީ މުޅި އުމުރަށްވެސް ދުންފަތުން ރައްކާތެރި ކުރެވިފައިވާ ފަރާތެއްކަން ކަށަވަރު ކުރުމަށް، އެފަދަ ފަރާތްތައް ދުންފަތުގެ އެއްވެސް މުޢާމަލާތެއްގައި ބައިވެރި ނުވެވޭނެހެން ޤާނޫނީގޮތުން ކަނޑައެޅުމެވެ. މިއީ "ޓޮބޭކޯ އެންޑްގޭމް" ނުވަތަ ދުންފަތުގެ ވަބާއަށް ނިމުމެއް ގެނައުމަށް ދުނިޔޭގެ އެކި ޤައުމުތަކުގައި ތަންފީޒުކުރާ ދުރު ރާސްތާގެ އެންމެ މަޤްބޫލު އެއް ސިޔާސަތެވެ.

މި ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒު ކުރުމުން، ދުންފަތުގެ އިސްތިޢުމާލުކުރަން އަލަށް ފަށާފަރާތްތައް އަހަރަކުން އަހަރަށް މަދުވަމުންދިއުމާއެކު މުޅި އާބާދީގައި ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން މަދުވެ، ޖީލަކަށްފަހު ޖީލެއް ދުންފަތުން ރައްކާތެރިވެ، ދުންފަތުން ރައްކާތެރި ދިވެހިރާއްޖޭގެ ތަޞައްވަރު ޙަޤީޤަތަކަށް ވެގެންދާނެއެވެ. ސަރުކާރުން ދުޅަހެޔޮ އާބާދީއެއް ބިނާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެމުން އަންނަ މި ދަނޑިވަޅަކީ، ޖެނެރޭޝަނަލް ބޭން ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒުކޮށް އޭގެ ހެޔޮ ނަތީޖާ ހޯދުމަށް އެންމެ އެކަށީގެންވާ އަދި ފަހި ފުރުޞަތު އޮތް ދުވަސްވަރެވެ.

މިފަދަ ބޭންއަކަށް އަމަލުކުރަން އެންމެފުރަތަމަ ފަށާފައިވަނީ ނިއުޒިލެންޑުންނެވެ. އެހެންނަމަވެސް އެ ބޭންއަށް އަމަލުކުރަން ފެށިތާ އަހަރެއްހައި ދުވަސް ތެރޭ އެ ނިންމުން އެ ގައުމުގެ ސަރުކާރުން ވަނީ ބަދަލުކޮށް، ޖެނެރޭޝަނަލް ބޭން އުވާލާފައެވެ.

އިނގިރޭސިވިލާތުގައި ވެސް މިފަދަ ބޭންއެއް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ރާއްޖެއަކީ މިވަގުތު މިފަދަ ބޭންއެއް ތަންފީޒުކުރަމުންދާ ހަމައެކަނި ގައުމެވެ.

 ދިވެހި ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކޮށް، ދުންފަތާއި ދުރު މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކޮށް، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ވަނީ އެމަނިކުފާނަށް ހާއްސަ އެވޯޑެއް ވެސް އަރުވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތާރީހީ ވޯޓަށްފަހު މި ހަފްތާގައި ރައީސް މުއިއްޒު، ފުވައްމުލައް އަދި އައްޑު އަށް ވަޑައިގަންނަވަނީޚަބަރު | 11 ގަޑިއިރު ކުރިންމައުމޫނަށާއި ނޮވެންބަރު 3 ގެ ޝަހީދުންގެ ޢާއިލާތަކަށް އައްޑަނަ އެރުވުމަށް ރައީސް ނިންމަވައިފިޚަބަރު | 17 ގަޑިއިރު ކުރިންރާއްޖޭގެ ޖެނެރޭޝަނަލް ބޭން، ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަމަށްޚަބަރު | 21 ގަޑިއިރު ކުރިންމިއަދުން ފެށިގެން ތަންފީޒުކުރަން ފަށާ ކަންކަމުގެ ސަބަބުން ފައިދާ ކުރާ އެންމެންނަށް ރައީސްގެ މަރުހަބާޚަބަރު | 2 ދުވަސް ކުރިން