logo
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލި ތިން މީހަކަށް އަނިޔާވެއްޖެBank of Maldives

Bank of Maldives

ޚަބަރު

މާލެ މީހުންނަށް އެހެން ރަށްރަށުން ބިން ލިބޭ ގޮތްވުން ބޭނުންތެރި: ރައީސް ނަޝީދު

އައިޝަތު ނަޝާ
2 ނޮވެމްބަރު 2025 - 16:47
މާލެ މީހުންނަށް އެހެން ރަށްރަށުން ބިން ލިބޭ ގޮތްވުން ބޭނުންތެރި: ރައީސް ނަޝީދު

މާލޭ މީހުންނަށް ވެސް އެހެން ރަށްރަށުން ބިން ލިބޭނެގޮތް ވުން ބޭނުންތެރިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޒަމާނުއްސުރެ މާލެއަކީ ވަކި ބައެއްގެ ރަށެއް ނޫންކަން އެމަނިކުފާނު 2023 ވަނަ އަހަރު ލިޔުއްވައި ނެރުއްވި "ކިއްލާ މާލެ" ފޮތުގައި ވެސް ބަޔާންކޮށްފައިވާނެ ކަަމަށާއި،އެގޮތުން 1750 ވަނަ އަހަރު މާލޭގެ ބޯ ހިމެނުމުން ވެސް އޭރު މާލޭގައި ގިނައިން އުޅުނީ ސަރަހައްދީ ކަރަތަކުގެ މީހުންނާއި ރާއްޖޭގެ އެކި ރަށްރަށުގެ މީހުންކަން އެނގެން އޮތްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

"މިހާރު ކެލާގެއިން ފެށިގެން މާވެޔޮ އަތިރީއާ ހަމައަށް އެއީ ކެލާ އެދުރުފާނު ގޯތި. އައްޑޫ ސިއްކަގެއީ މިހާރުގެ ސިއްކަގެއިން ފެށިގެން މާލޭ އުތުރު އަތިރިއަށް. މާލޭގައި ކޮންމެ ރަށަކަށްހެން ގެއެއް ހުންނާނެ. 1750ގައި ގިނަވާނީ ބަބުރުން، މަލާބާރު، ތުރުކީ، މިހެންގޮސް މިބާވަތުގެ ސަރަަހައްދީ ރަށްރަށުގެ މީހުން" ކުރީގެ ރައީސް މުހައްމަު ނަޝީދު

އެހެންކަމުން މާލޭގައި ބިން ދޫކުރަން އެންމެ ރަނގަޅުކަމަށް އަދިވެސް ފެންނަނީ "ވެށިފަހި މާލެ ޕްރޮގްރާމް" ގެ ދަށުން ކަމަށާއި އަދި މާލޭ މީހުންނަށް ވެސް އެހެން ރަށްރަށުން ބިން ލިބޭގޮތް ވުން ބޭނުންތެރިކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މާލޭގެ ރަށްޔިތުންނަށް ރަށްރަށުން ބިން ދިނުމާ ގުޅޭ ގޮތުން ރައީސް ނަޝީދު ވާހަކަ ދެއްކެވި އިރު ނިމިގެން ދިޔަ އެމްޑީޕީގެ ވެރިކަމުގައި މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމުން ފާޑުކިއުން ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވި އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެ މީހުންނަށް އެހެން ރަށްރަށުން ބިން ލިބޭ ގޮތްވުން ބޭނުންތެރި: ރައީސް ނަޝީދުޚަބަރު | 17 ގަޑިއިރު ކުރިންނަޝީދާ ޑިމޮކްރެޓްސް ''އެމްޑީޕީ ރޫޅަން'' އަލުން އެމްޑީޕީއަށްޚަބަރު | 5 މަސް ކުރިންއުއްތަމަ ފަނޑިޔާރު ގުޅުއްވި ކަމަށް ބުނާ ވާހަކައަކީ ދޮގެއް: ނަޝީދު ޚަބަރު | 5 މަސް ކުރިންއެއް ބުރުން ވެރިއަކު ހޮވަން ނަޝީދު ތާއީދުޚަބަރު | 6 މަސް ކުރިން