logo
Bank of Maldives

Bank of Maldives

ކުޅިވަރު

ނިކީ ކައިރިން ސަލާމަތްވެ ޔަމާލް ބެލަންޑޯ ފެންވަރު ދައްކާލައިފި

އަބްދުﷲ ޣާނިމް
3 ނޮވެމްބަރު 2025 - 03:15
ނިކީ ކައިރިން ސަލާމަތްވެ ޔަމާލް ބެލަންޑޯ ފެންވަރު ދައްކާލައިފި

އެލް ކްލާސިކޯގައި ރެއާލް މެޑްރިޑް އަތުން ވީ ބައްޔާއެކު ކުރިމަތިވި ފާޑުކިޔުންތަކާ އެކީހެން މަޝްހޫރު ލަވަކިޔުންތެރިޔާ ނިކީ އާއެކު އޮތް ގުޅުން ކަނޑާލުމަށްފަހު، ބާސެލޯނާގެ ޒުޥާން ކުޅުންތެރިޔާ ލަމީން ޔަމާލް ރޭގައި ކުޅުނުމެޗުގައި ހުނަރު ދައްކާލައިފިއެވެ. މިމެޗު ބާސާއިން ކާމިޔާބުކުރީ 3-1 އިންނެވެ.

ލަލީގާގެ މެޗުޑޭ 11 ގައި ބާސެލޯނާގެ އަމިއްލަ ދަނޑުގައި އެލްޗޭ އާ ދެކޮޅަށް ކުޅުނު މެޗުގެ 9 ވަނަ މިނެޓުގައި ލަމީން ޔަމާލް ވަނީ ގޯލު ޖަހައި ބާސެލޯނާއަށް ލީޑު ނަގައިދީފައެވެ. އަލެހާންޑްރޯ ބަލްޑޭ ލެފްޓް ފަރާތުން ބޯޅަ ހޯދުމަށް ފަހު ދިން ބޯޅައަކުން، ޔަމާލް ވަނީ ބޮކްސް ތެރެއިން ތިރީ ކަނަށް ބޯޅަ ފޮނުވާލާފައެވެ. މީގެ ދެ މިނެޓު ފަހުން އެލްޗޭގެ ދިފާއީ ގޯހެއްގެ ފައިދާ ނަގައި ބާސެލޯނާ އިން ވަނީ އަނެއްކާވެސް ލަނޑެއް ޖަހާފައެވެ. މި ފަހަރު ފެރާން ޓޮރޭސް ވަނީ ފާމިން ލޯޕޭޒްގެ ހުރަހަކުން ގޯލު ތެރެއަށް ބޯޅަ ވައްދާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުރަތަމަ ހާފު ނިމުމުގެ ދެ މިނެޓު ކުރިން، އެލްޗޭގެ ރާފާ މީރް ވަނީ ބާސެލޯނާގެ ދިފާއީ ކުޅުންތެރިން ފަހަތަށް ޖައްސާލުމަށް ފަހު ވޮއިޗެކް ޝެޒެސްނީ ކައިރިން ބޯޅަ ވައްދާލާފައެވެ.

ދެވަނަ ހާފު ފެށުނުތަނާހެން، އެލްޗޭ އިން ވަނީ ބާސެލޯނާއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިކުރުވާފައެވެ. މެޗުގެ 60 ވަނަ މިނެޓު ފަހުން މާކަސް ރަޝްފޯޑް ވަނީ ނަތީޖާ 3-1 އަށް ބަދަލުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަމާލުގެ މޮޅުވި ޖާދޫ ގޯލާއެކު ބާސެލޯނާ ތާވަލުގެ އެއްވަނައިގައި ހަތަރު ގޯލުގެ ލީޑެއް ނަގައިފިކުޅިވަރު | 5 ދުވަސް ކުރިންލަމީން ޔަމާލްއަށް ޕީއެސްޖީން 250 މިލިއަން ޔޫރޯ ހުށަހެޅިކަން ލަޕޯޓާ ކަށަވަރުކޮށްދީފިކުޅިވަރު | 17 ދުވަސް ކުރިންޔަމާލުގެ ބިޓު ގެއްލުމާއެކު މިފަހަރުގެ ވެލަންޓައިންސް ޑޭ ގެ ހަދިޔާ މެޑްރިޑްގެ ސަޕޯޓަރުންނަށް ދީފިކުޅިވަރު | 24 ދުވަސް ކުރިންޔަމާލް ޖެހިޖެހިގެން ހަމެޗުން މޮޅުކުޅުންތެރިޔާގެ މަޤާމްހޯދައި ބާސެލޯނާ ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިކުޅިވަރު | މަހެއް ކުރިން