logo
MPL

MPL

ޚަބަރު

ރައީސްގެ ދެކަނބަލުންގެ ފަރާތުން، ނަޞްރުގެ ދުވަހުގެ ތަހުނިޔާ!

އިސްމާޢިލް ރާތިޢު
3 ނޮވެމްބަރު 2025 - 04:15
ރައީސްގެ ދެކަނބަލުން، ނޮވެމްބަރު 3 ގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި ގާޑު މައުންޓުކުރުމުގެ ރަސްމިއްޔާތުގައި ބައިވެެރިވެވަޑައިގެންނެވުން- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސްގެ ދެކަނބަލުން، ނޮވެމްބަރު 3 ގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި ގާޑު މައުންޓުކުރުމުގެ ރަސްމިއްޔާތުގައި ބައިވެެރިވެވަޑައިގެންނެވުން- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ނަޞްރުގެ ދުވަހުގެ ތަހުނިޔާ އެންމެހާ ދިވެހީންނަށް ފޮނުއްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގައި މި ޤައުމު ދިފާޢުކޮށްދިން ހިތްވަރުގަދަ ދަރީން ސާބިތުކޮށްދިނީ، އަލިރަސްގެފާނާއި ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ފަދައިން، މި ޤައުމުގެ ސިޔާދަތާއި މިނިވަންކަން އިސްކޮށް، ޤައުމު ގޮވައިލި ކޮންމެ ވަގުތަކު ހިތާއި ރޫޙުން އިޖާބަދޭން ތިބި ފަހުލަވާނުން މި ފަސްގަނޑުގައި އަބަދުމެ ތިބޭނެކަން ކަމަށެވެ. އަދި، މާދަމާގެ އުފާ ފާގަތިކަމަށް ދިވެހީންކުރާ އުންމީދުތަކުގައި ކުލަ ޖައްސައިދޭނީ، ކޮންމެ ދާއިރާއަކުންވެސް ވަޠަނުގެ ކުރިއެރުމާއި މަޞްލަޙަތަށް އިސްކަންދީ، މުރާލިކަމާއެކު ޚިދުމަތް ކުރާނޭ އިޚްލާޞްތެރީންކަމަށް ވިދާޅުވެ، ރައީސް ވަނީ މިފަދަ އަގުހުރި ދަރީން މި ޤައުމުގައި ގިނަކޮށްދެއްވުން އެދިވަދައިގެން ދުޢާކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނުގެ އަނބިކަނބަލުން ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، މިދުވަސް ސާބިތުކޮށްދެނީ ދިވެހީންގެ ކެރުމާއި ހިތްވަރު ކަމަށާއި ޤައުމަށާއި ދީނަށް އޮތް ލޯތްބާއި ވަފާތެރިކަން ކަމަށެވެ. އަދި، ޖާނާއި ލެއިން ޤުރުބާންވާން ތިބި ޢަޒުމު ވަރުގަދަ ދަރީން އަބަދުވެސް މި ފަސްގަނޑުގައި ތިބޭނެކަމާއި ދިވެހީންނަކީ ޤައުމީ ކޮންމެ ކަމެއްގައި އީމާންތެރި އެއްބައިވަންތަ ބަޔެއްކަންވެސް މިދުވަސް ބުނެދޭކަމަށް، އެކަމަނާގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަސް ނަޞްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ދިވެހީންގެ ތެރެއިން ޤައުމަށް ޣައްދާރުވި ބަޔަކާއި ސްރީލަންކާގެ ނިރުބަވެރި ޖަމާޢަތެއް ގުޅިގެން 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ދިން ޢުދުވާނީ ޙަމަލާއިން ނަޞްރު ލިބުން ފާހަގަކުރުމުގެ ގޮތުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީ ސަރުކާރުގައި ބާޣީންނާއި ޚާއިނުންނަށް އިއްޒަތާއި ޝަރަފް، ދިވެހިންނަށް ފުރައްސާރަރިޕޯޓް | ގަޑިއިރެއް ކުރިންމިއަހަރުގެ ރިވެލި އެވޯޑު 8 ފަރާތަކަށް، އެވޯޑު ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާޚަބަރު | 13 ގަޑިއިރު ކުރިންތަހުޒީބުވުމަށްޓަކައި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރަންޖެހޭޚަބަރު | 14 ގަޑިއިރު ކުރިންވީރާނާވާން ދޫކޮށްލި އިމާރާތް ބޮޑު ހޮޓަލަކަށް: "ރައީސް ސާބިތުކޮށްދެއްވީ ގައުމުދެކެ ލޯބިވާކަން"ޚަބަރު | 18 ގަޑިއިރު ކުރިން