logo
MPL

MPL

ޚަބަރު

ކޮންމެ ޙާލެއްގައިވެސް ވިސްނަންވީ ޤައުމާ އެއްކޮޅަށް: ރައީސް

އިސްމާޢިލް ރާތިޢު
3 ނޮވެމްބަރު 2025 - 06:51
ނަޞްރުގެ ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް  ވާހަކަދެއްކެވުން- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ނަޞްރުގެ ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް ވާހަކަދެއްކެވުން- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ޤައުމު. ތިމާއަށް ކަމެއް ކޮށްދީފައިވޭތޯ ނުބަލާ، އަބަދުވެސް ތިމާއަށް، ޤައުމަށްޓަކައި ކަމެއް ކޮށްދެވޭތޯ ބެލުމަށައި، ކޮންމެ ޙާލަތެއްގައިވެސް ޤައުމާ އެއްކޮޅަށް ވިސްނުން ބެހެއްޓުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ނަޞްރުގެ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވަނީ ކޮންމެ މީހަކުވެސް ޤައުމަށް ޚިދުމަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ، އެއްވެސް ޙާލެއްގައި ޤައުމާ ދެކޮޅަށް މަސައްކަތެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިފަހުން އަޅުގަނޑުމެންނާ ކުރިމަތިވި އެންމެ ބިރުވެރި އެއްދުވަހުގެ ހިތި ހަނދާންތައް އާކުރެވޭ މިދުވަހު، ރައީސްވަނީ ދިވެހީންގެ މިނިވަންކަން ގެއްލުނު ކޮންމެ ހާދިސާއަކުން ފެންނަ ހިތާމަވެރި ހަގީގަތެއް، މިކަމާ ގުޅުވައިގެން ހާމަކުރައްވާފައެވެ. އެއީ، ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލުނު ކޮންމެ ފަހަރަކު، އެކަމުގެ އަޑީގައި ދިވެހި ޚާއިނުންތަކެއް ތިބޭކަމެވެ. އެގޮތުން މި ހާދިސާގެ ފަހަތުގައި ތިބީ ހަޖާރާގޭ ޢަބްދުﷲ ލުޠުފީ އާއި އޭނާއަށް ވާގިދިން އިތުރު ފަސްވަރަކަށް މީހެކެވެ.

މިކަން ފާހަގަކުރައްވާ، ރައީސް ވަނީ މިކަން އަބަދުވެސް ދެމިއޮންނާނީ މިފަދައިން ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން، އަބަދުވެސް ޤައުމާ އެއްކޮޅަށް ވިސްނުމަކީ މުހިންމުކަމެއް ކަމަށް ވިދާޅުވެ، އެކަމުގެ މައްޗަށްރައީސް ވަރަށް ބޮޑަށް ބާރުއެޅުއްވިއެވެ.

މިއާއެކު ރައީސް ވަނީ، ކުރީ ޒަމާންތަކުގައި ހަނގުރާމަކުރި ގޮތާއި މިއަދުގެ ބަވަނަވެފައިވާ ދުނިޔޭގައި އެކި ޤައުމުތަކުން ބޭނުންކުރަމުން އަންނަ ބައެއް ޒަމާނީ އުކުޅުތަކަށް ބައްލަވާލާފައެވެ. އެގޮތުން، އަޅުގަނޑުމެންގެ އިޤްތިޞާދީ މިނިވަންކަން ނައްތާލާ، ނުވަތަ އިޤްތިޞާދު ބޮޑު އަނދަވަޅަކަށް ވައްޓާލާ، އަޅުގަނޑުމެންގެ އަމިއްލަ އަތުގައި މިއޮތް މިނިވަންކަން ނިގުޅައިގަތުމަކީ މިކަމާމެދު ނުވިސްނާ ތިބެއްޖެ ނަމަ ދާދި ފަސޭހަކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ބޭރު ޤައުމުތަކުން އަބަދުވެސް އަޅުގަނޑުމެންނަށް ލޯއަޅާނެ ވަރަށް މުހިންމު ކަންތައްތަކެއް އަޅުގަނޑުމެން ދިވެހީންގެ އަތުގައި އެބަހުރި ކަމަށާއި މިކަންކަމާމެދު ސަމާލުނުވާނަމަ އަޅުގަނޑުމެން ޣާފިލުވެފައި ތިއްބައި އަޅުގަނޑުމެނަށް އެކަން ނޭނގިވެސް އަޅުގަނޑުމެންގެ މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަންކަމަކީ މިޒަމާނުގައި ކަނޑިއާއި ބަޑި ހިފައިގެން އައިސް ގެއްލުވާލާނެ ކަންކަން ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެގޮތުން ރައީސް ފާހަގަކުރެއްވި ކަންކަމަކީ، އަޅުގަނޑުމެންގެ ދިވެހިވަންތަކަމާއި، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނަށް އެކަނި ތަބާވެގެންތިބި ބައެއްކަމާއި، އެއްބަހަކުން ވާހަކަދައްކާ އެއް ނަސްލަކަށް ނިސްބަތްވާ، އެއްބައިވަންތަ ބައެއްކަމެވެ.

ރައީސް ވިދާޅުވީ، މިކަންކަން ޙިމާޔަތްކުރުމަށް، ކޮންމެ މީހަކަށް އެކަމަށް ބޭނުންވާ ތަމްރީނާއެކު ހަތިޔާރުދިނުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށާއި ނަމަވެސް ކޮންމެ މީހެއް އަތުގައިވެސް އެންމެ ބާރުގަދަ ހަތިޔާރު އެބައޮތްކަމަށެވެ. އެއީ،ﷲ ތަޢާލާ ދެއްވި ސިކުނޑިއާއި އޭގެން ވިސްނުމުގެ މަތިވެރ ނިޢުމަތް ކަމަށް ރައީސް ވިދާޅުވިއެވެ.

ޤައުމަށްޓަކައި ޤުރުބާންވުމަކީ ހަމައެކަނި ސިފައިންގެ ނުވަތަ ފުލުހުންގެ ޔުނީފޯމު އަޅައިގެން ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވާ، ރައީސް ވަނީ ޤައުމުގެ މިނިވަންކަމާ ސިޔާދަތާއި އިސްތިޤުލާލު ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަމިއްލަ ޒިންމާއެއް ކަމުގައިވެސް ދެކުމަށް އިލްތިމާސްކުރައްވާފައެވެ.

ﷲ ތަޢާލާ ދެއްވި މި ވިސްނުން ޤައުމާ އެއްކޮޅަށް ބޭނުންކުރަން ޢަޒުމު ކަނޑައަޅާ، އެގޮތުގައި ރެޔާއި ދުވާލު އެމީހާގެ ވިސްނުމާއި އެމީހާގެ ހިތުގެ އަޑިން ޤައުމުދެކެ ލޯބިވެ، ޤައުމާ އެއްކޮޅަށް ކަންކަން ކުރަން ޢަޒުމު ކަނޑައަޅާ މަސައްކަތްކުރާހާ ހިނދަކު މިޤައުމާމެދު ކަންބޮޑުވާކަށް ނުޖެހޭނެ ކަމަށާއި އޭރުން ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު އަބަދުވެސް އޮންނާނީ ރައްކާތެރިކޮށްކަމަށް ރައީސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީ ސަރުކާރުގައި ބާޣީންނާއި ޚާއިނުންނަށް އިއްޒަތާއި ޝަރަފް، ދިވެހިންނަށް ފުރައްސާރަރިޕޯޓް | ގަޑިއިރެއް ކުރިންވީރާނާވާން ދޫކޮށްލި އިމާރާތް ބޮޑު ހޮޓަލަކަށް: "ރައީސް ސާބިތުކޮށްދެއްވީ ގައުމުދެކެ ލޯބިވާކަން"ޚަބަރު | 18 ގަޑިއިރު ކުރިންރައީސް މުއިއްޒުގެ ސަރުކާރަށް އަނެއްކާވެސް ބޮޑު ކާމިޔާބެއް، މެންހެޓަން ގްރޭންޑް ހުޅުވައިފިޚަބަރު | 2 ދުވަސް ކުރިންކައުންސިލްތައް ބޭނުންވާ ގޮތަށް މަސައްކަތްކުރަން ބާރު ދިނީ މިސަރުކާރުން : ނާސިހުޚަބަރު | 2 ދުވަސް ކުރިން