މޯލްޑިވްސްގެ ބްރޭންޑް ފެނިލުން އިތުރުކުރުމަށް ލަންޑަނުގައި ޓެކްސީ ކެމްޕޭނެއް ފަށައިފި
4 ނޮވެމްބަރު 2025 - 04:29

ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިޔުޓީއެމް) ލަންޑަން 2025 އަށް އަމާޒުކޮށް، މޯލްޑިވްސްގެ ބްރޭންޑް އިނގިރޭސިވިލާތުގައި އިތުރަށް ފާހަގަކުރުމަށްޓަކައި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ލަންޑަންގެ މެދުތެރޭގައި ބޭރުގެ އިޝްތިހާރީ ކެމްޕޭނެއް ފަށައިފިއެވެ. ޑަބްލިޔުޓީއެމް ލަންޑަން 2025 އަކީ ދުނިޔޭގެ އެންމެ އިސް ދަތުރުފަތުރުގެ ވިޔަފާރީގެ އެއް އިވެންޓެވެ.
ދެ މަސް ދުވަހުގެ މި ޓެކްސީ އިޝްތިހާރީ ކެމްޕޭންގެ ދަށުން 100 ޓެކްސީ ވަނީ ރާއްޖޭގެ ކަނޑުގެ ނޫކުލަޔާއި ރަށްރަށުގެ ހިތްގައިމު މަންޒަރުތަކުން ގަދަފަދަ ހޫނު މޫސުމުގެ ކުލަވަރު ލަންޑަންގެ މަގުތަކަށް ގެނެސްދީފައެވެ. މި އިސްނެގުމުގެ ބޭނުމަކީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ކަލަންޑަރުގައި އެންމެ ނުފޫޒުގަދަ އެއް މުއްދަތުގައި، ޑަބްލިޔުޓީއެމް ލަންޑަންގައި ބައިވެރިވާ މަތީ ފަންތީގެ ފަތުރުވެރިންނާއި، ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންނާއި، މީޑިއާގެ ސަމާލުކަން ހޯދައި، ރާއްޖެއަކީ މަތީ ފެންވަރުގެ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ދައްކުވައިދިނުމެވެ.

Ad by Hajj Corporation
މި ކެމްޕޭންގައި ވިޒިޓް މޯލްޑިވްސް އާއި އެކު ފަތުރުވެރިކަމުގެ ދާއިރާގެ ފަސް އިސް ބައިވެރިއަކު ގުޅިގެން މަސައްކަތްކޮށްފައިވެއެވެ. އެއީ، ކަންޑިމަ މޯލްޑިވްސް، ޔުނިވަރސަލް ރިސޯޓްސް، ކައިމޫ ރިސޯޓްސް އެންޑް ހޮޓެލްސް، ބްރެންނިއާ ކޮއްޓެފާރު، އަދި ރިޔޫ އެޓޯލް އެންޑް ރިޔޫ ޕެލަސް މޯލްޑިވްސް އެވެ. ކޮންމެ ބައިވެރިއެއްގެ 20 ބްރޭންޑް ޓެކްސީ (40 ސުޕަރސައިޑްސް) ހިމެނޭ ގޮތަށް، ޖުމްލަ 200 ސުޕަރސައިޑްސް ވަނީ ސެންޓްރަލް ލަންޑަންގެ އެންމެ ބާރުބޮޑު މަގުތަކާއި ހައި-ޓްރެފިކް ސޯންތަކުގައި ދައުރުވާނެ ގޮތަށް ހަމަޖައްސާފައެވެ.
މި ކެމްޕޭންގެ ޑިޒައިނަކީ މޯލްޑިވްސްގެ ބްރޭންޑްގެ މަގުބޫލުކަން އިތުރުކޮށް، މަތީ ފެންވަރުގެ، ތަފާތު، އަދި ތަޖުރިބާވެރި ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ ބަހައްޓުމަށް ކުރިއަށްދާ ގްލޯބަލް މާކެޓިންގެ މަސައްކަތްތަކާ އެއްގޮތްވާނެ ގޮތަކަށް ކުރިއަށްގެންދިޔުމެވެ.
"މި ކެމްޕޭނުން ދިވެހިރާއްޖޭގެ ރޫޙު ގެނެސްދެނީ، ދުނިޔޭގެ ސަމާލުކަން ލަންޑަންއަށް ހުއްޓިފައިވާ ދަނޑިވަޅެއްގައި، އަޅުގަނޑުމެންގެ އެއް މައި މާކެޓަށެވެ. މިއީ އަޅުގަނޑުމެންގެ ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށް އަޅުގަނޑުމެންގެ ސްޓްރެޓެޖީ ދައްކުވައިދޭ ކަމެއް ކަމަށްވާއިރު، ފަތުރުވެރިންނަށް ހޫނުކަމާއި، ލަގްޒަރީއާއި، ގުޅުން ބަދަހިކުރުމުގެ އެންމެ ފުރިހަމަ މަންޒިލެއްގެ ގޮތުގައި ރާއްޖެ އަލުން ހޯދައިގަތުމަށް ހިތްވަރުދޭނެ." ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝިއުރީ
މި ޓެކްސީ އިޝްތިހާރީ ކެމްޕޭން އަކީ ޑަބްލިޔުޓީއެމް ލަންޑަން 2025 ގައި ވިޒިޓް މޯލްޑިވްސް އިން ކުރިއަށްގެންދާ މަސައްކަތްތަކުގެ އިތުރު ބައެކެވެ. މިއީ، އެންމެ މުހިންމު ފަތުރުވެރި މާކެޓްތަކުގެ ތެރެއިން އެއް މާކެޓްގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށްޓަކައެވެ. ދުނިޔޭގެ އެންމެ އިސް ދަތުރުފަތުރުގެ ވިޔަފާރީގެ އިވެންޓްތަކާ މި ކެމްޕޭން ގުޅުވައިލުމުން، ވިޒިޓް މޯލްޑިވްސް އިން ވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، ލަގްޒަރީ އަދި ތަޖުރިބާވެރި ދަތުރުފަތުރުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެއަށް އޮތް ޝައުޤުވެރިކަން އަލުން އުފައްދައިފައެވެ.


