އެއްގަމުން ދޫކޮށްފައި ހުރި ތަންތަން ދޭހާ އަވަހަށް، މާސިންގާ ކަނޑުން ދޫކޮށްފައިވާ ގޯތިތަކެއް ނުދެވޭނެ: ފަލާޙް
4 ނޮވެމްބަރު 2025 - 12:28

ބިންވެރިޔާ މަޝްރޫޢުގެ ދަށުން މާލޭ ރައްޔިތުންނަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން، ހިއްކާފައިހުރި ސަރަހައްދުން ނުވަތަ "އެއްގަމުން" ދޫކޮށްފައި ހުރި ގޯތިތައް ހަވާލުކުރެވޭހާ އަވަހަށް، ނުހިއްކާ އޮތް ސަރަހައްދުތަކުން ދޫކޮށްފައިވާ ބިންތައް ހަވާލުނުކުރެވޭނެކަން ދަންނަންޖެހޭނެކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
މެމްބަރު ފަލާހް މިފަދައިން ވިދާޅުވީ، ގެދޮރު ވެރިޔާ މަޝްރޫއުގެ ދަށުން ދޫކޮށްފައިވާ 4000 ފްލެޓާއި،އަދި ދޫކޮށްފައި ހުރި ބިންތަށް، އެތަންތަނުގެ ހައްޤުވެރިންނަށް ހަވާލުނުކޮށްގެން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެކެ ވަޑައިގަންނަވާ ގޮތެއް ބެލުމަށްޓަކާ، ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރަށް ބަހުސް ކުރައްވާ ވާހކަ ދައްކަވަމުންނެވެ.

Ad by Hajj Corporation
ގެދޮރުވެރިޔާ އަދި ބިންވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފުލެޓުތަކާއި ބިންތަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައި ގެންނެވި ގޮތަށް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށާއި، އެކަމަށް މަޖިލީހުގެ ސަޕޯޓު ލިބޭނެކަމަށް ފަލާހް ވިދާޅުވިއެވެ.
މެމްބަރު ފަލާހް ވިދާޅުވީ، އެއްގަމުން ދޫކޮށްފައި ހުރި ތަންތަން ދޭހާ އަވަހަށް، މާސިންގާ ކަނޑުން ދޫކޮށްފައިވާ ގޯތިތަކެއް ނުދެވޭނެކަމަށާއި، އެކަމަށް ވަގުތުކޮޅެއް ނަގާނެކަން އެމްޑީޕީގެ މެމްބަރުން ވެސް ޤަބޫލުކުރަން ޖެހޭނެކަމަށްށެވެ.
"އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި،އެމްޑީޕީގެ މެމްބަރުންނަކަށް ވަގުތެއް ނުވޭ މީގެން އެއްވެސް ކަމެއް މި ޤައުމުގަ ހިނގާ ގޮތް ރަނގަޅަށް ދިރާސާކޮށް ބަލާކަށް.ފުލެޓުތަށް ހަވާލުކުރަމުން ދާ އަދަދާ ،އެބުނާ ބިންތަކެއް އޭގެ ހައްޤުވެރިންނަށް އަދާކުރަމުން ދާ މިންވަރު ކޮންމެ ދުވަހަކު ނޫސް ތަކުގައި ޖަހަމުން ދާއިރު، މި އެއްޗެހި ހަވާލުނުކުރާ ވާހަކަ ތެދުވެގެން ގޮވާކަމުގައި ވާނަމަ ، މި ބޭފުޅުން މިއުޅެެނީ ކޮން ދުނިޔެއެއްގަ ކޮން ޤައުމެއްގަ ބާއޭ އަޅުގަންޑު މި ހިތަށް އަރަނީ"އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރިޔާސީ ހުރިހާ ވައުދުފުޅެއް ފުއްދަމުން ދާކަން ފާހަގަ ކުރައްވާ ފަލާހް އިތުރަށްވިދާޅުވީ، އެމްޑީޕީ ގެ މެމްބަރުންނަށް ހަޤީގަތާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ ޙިލާފުވެފައިވާ ވައުދުފުޅެއް ނުދެއްކޭނެ ކަމަށެވެ.
މީގެ އިތުރުން،ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންގެ ހާލު ގާތުން ބައްލަވާ،ރައްޔިތުން ބޭނުންވާ ކަންކަން ބެއްލެވި ވެރިއަކީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކަމުގައި މެމްބަރު ފަލާޙް ވަނީ ފާހަގަ ކުރައްވާފައެވެ.


