logo
Bank of Maldives

Bank of Maldives

ޚަބަރު

3 ވަނަ ދައުރަށް ހުށަހަޅާ ބިލުތައް އެކުލަވާލުމުގެ މަސައްކަތް ފަށައިފި

އާމިނަތު ޝަފާ
2 އޮކްޓޯބަރު 2024 - 05:02
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރަށް ސަރުކާރުން ހުށަހަޅަން ގަސްދުކުރާ ބިލުތައް އެކުލަވާލުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން ފަށައިފިއެވެ.

"މެންދުރު އޮންލައިން" އަށް މައުލޫމާތު ދެމުން ބަންޑާރަނައިބުގެ އޮފީހުން ބުނީ ބިލުތައް އެކުލަވާލުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާކަމަށާއި މަޖިލީހުގެ ދައުރު ފެށުމުން ބިލުތަކުގެ ލިސްޓް އާއްމުކުރާނެކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަރުކާރުގެ ވުޒާރާތަކުން ހުށަހެޅުމަށް ގަސްދުކުރާ ބިލުތަކުގެ ތަފްސީލު ހޯދުމަށް މިވަގުތު ބަންޑާރަނައިބުގެ އޮފީހުން ސަރުކާރުގެ ވުޒާރާތަކުގައި އެދިފައިވާއިރު މާދަމާގެ ނިޔަލަށް މިފުރުސަތުވަނީ ހުޅުވާލެވިފައިކަމަށް އެ އޮފީހުން މައުލޫމާތުދެއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާ ބިލުތައް ފައިނަލްވާނީ ވުޒާރާތަކުން ހުށަހަޅާ ބިލުތަކުގެ މައުލޫމާތު ލިބުމުންކަމަށް ބަންޑާރަނައިބުގެ އޮފީހުން މައުލޫމާތުދެއެވެ.

މަޖިލީހުގެ 3 ވަނަ ދައުރުގައި ކުރާނެ މުހިންމު މަސައްކަތްތައްކަށް ބަލާއިރު އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމަށް އިމިގްރޭޝަނުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް ބާރު މިނުގައި ކުރިއަށްދާނެކަމަށް ސަރުކާރުން ހާމަކުރެއެވެ.

މަޖިލީހުގެ ނިމިދިޔަ ދައުރުގައި ޖުމްލަ 23 ބިލެއް ހުށަހަޅައި 11 ބިލެއްގެ މަސައްކަތް ވަނީ ނިންމާފައެވެ.

ނިމިދިޔަ ދައުރުގައި މަޖިލީހުން ކުރި މުހިންމު މަސައްކަތްތަކަށް ބަލާއިރު ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލާއި، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، މާލީ ސެކިއުރިޓީއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ފާހަގަކުރެވެއެވެ.

މުހިންމު މަސައްކަތްތަކެއް ނިންމުމަށް ފަހު މިވަގުތު މަޖިލިސް އޮތީ ޗުއްޓީގައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޒީރުންނަށް ރުހުން ދޭން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލެވޭ ތާރީހަށް ބަދަލު ގެނެސްފިޚަބަރު | 2 ގަޑިއިރު ކުރިން''ގިރާވަރު ފަޅު ހިއްކައި ނިމުމުން ގޯތިތަކުގެ ރަޖިސްޓްރީ ހަދައި، ގޯތިތައް ހަވާލުކުރަން ފަށާނެ''ޚަބަރު | 12 ދުވަސް ކުރިންހިތަދޫ އުތުރު ގޮނޑީގެ ޕީއެންސީ ޓިކެޓަށް ސިނާން ވާދަކުރައްވަނީޚަބަރު | 12 ދުވަސް ކުރިން