logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުދޫ އާއި މީދޫގެ މަގުތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި

އާމިނަތު ޝަފާ
5 ނޮވެމްބަރު 2025 - 11:13
ހުޅުދޫ އާއި މީދޫގެ މަގުތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ސ. ހުޅުދޫ އަދި ސ. މީދޫގެ މަގުތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތެއް މިއަދު ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މި މަޝްރޫޢަކީ އައްޑޫ ސިޓީގެ ހުޅުދޫ އާއި މީދޫގެ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް، އެ ރަށްތަކުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ އިތުރު ފަސޭހަތައް ލިބިގެންދާނެ މަޝްރޫޢެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވަޒީރުންނާއި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންނާއި އެ ދެރަށުގެ ރައްޔިތުންވެސް ބައިވެރިވެފައިވެއެވެ. މި މަޝްރޫޢުގެ ސަބަބުން މި ދެރަށުގެ ވަށާފާރު ރަނގަޅުވެ، ފެން ހިންދާ ނިޒާމް ޤާއިމުކުރެވި، މަގުތައް ތަރައްޤީވެ، ރައްޔިތުންނަށް ސާފުތާހިރު އަދި ރައްކާތެރި މަގުތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. މި މަޝްރޫޢަކީ އައްޑޫ ސިޓީގެ އުމްރާނީ ތަރައްޤީއަށް ސަރުކާރުން ދެއްވާ އިސްކަން ރަމްޒުކޮށްދޭ މަޝްރޫޢެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ހޯމަ ދުވަހު ރާއްޖެއަށް ވަޑައިގަންނަވަނީޚަބަރު | 11 ގަޑިއިރު ކުރިންއިންޖިނޭރުންގެ އަގުވަޒަންކުރުމުގެ ތާރީޚީ ޝަރަފް ރައީސް މުޢިއްޒުގެ ސަރުކާރަށްރިޕޯޓް | 17 ގަޑިއިރު ކުރިން އިންޖިނޭރުންގެ އަގުވަޒަންކުރުމުގެ ތާރީޚީ އެވޯޑު ހަފުލާ ރައީސް ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | ދުވަހެއް ކުރިންގައުމީ ފެންވަރުގައި ގައުމީ އިހްތިރާމް އަދާކުރާ ދުވަހެއް ފާހަގަ ކުރަނީޚަބަރު | 3 ދުވަސް ކުރިން