logo
Bank of Maldives

Bank of Maldives

ޚަބަރު

އައްޑޫގައި 1،000 އެނދުގެ އައްސޭރި ޓޫރިޒަމްގެ މަޝްރޫއެއް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
6 ނޮވެމްބަރު 2025 - 03:08
އައްޑޫގައި 1،000 އެނދުގެ އައްސޭރި ޓޫރިޒަމްގެ މަޝްރޫއެއް

އައްޑޫ ސިޓީގައި 1،000 އެނދުގެ ބޮޑު އައްސޭރި ޓޫރިޒަމް މަޝްރޫއެއް ހިންގުމަށް، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ އެކު އެއްބަސްވުމެއްގައި ބުދަ ދުވަހުގެ ރޭ ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑު އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ގުޅިފައިވާ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އައްޑޫ ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލްގައި ބޭއްވި ޖަލްސާގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ނަޝާތު ރަޝީދެވެ. އަދި އެމްޓީޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ނިޔާޒެވެ.

ސަރުކާރުން ހާމަކުރެއްވި ގޮތުގައި މިއީ 600 ކޮޓަރި ނުވަތަ ޖުމްލަ 1،000 އެނދުގެ ބޮޑު މަޝްރޫއެކެވެ.

މީގެ އިތުރުން އައްޑޫ އަށް ފަތުރުވެރިކަމުގެ އުފާވެރި ޚަބަރު ދެއްވަމުން މި މަޝްރޫޢުގައި ސޮއިކުރުން އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ، އައްޑޫގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ހަންކެޑެ މަޝްރޫޢުގައި ހުރި ހުރަސްތައް މިހާރު ނައްތާލެވިފައިވާ ކަމަށާއި، އެ މަޝްރޫޢުގެ ދަށުން 1000 އެނދުގެ އިންޓަގްރޭޓަޑް ޓުއަރިޒަމް މަޝްރޫޢު ފެށިގެންދާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން، އައްޑޫ ސިޓީގައި ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް ޝަންގްރިއްލާ ރިސޯޓް ވެސް މިއަހަރުގެ ފަހުކޮޅު ހުޅުވޭނެކަމުގެ ޔަޤީންކަން ލިބިފައިވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އައްސޭރި ޓުއަރިޒަމް މަޝްރޫޢުގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެންދާނެ ކަމަށެވެ.

ރައީސް ޑރ. މުޢިއްޒު އައްޑޫ ސިޓީއަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން، ތަފާތު 19 މަޝްރޫޢުއެއް ފެށުމަށް ވަނީ ސޮއިކުރައްވާފައެވެ، އެއީ އައްޑޫގެ ތަރައްޤީއަށް މުހިންމު ފިޔަވަޅުތަކެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުވައްމުލަކާއި އައްޑޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރައީސް މާލެ ވަޑައިގެންފިޚަބަރު | 3 ގަޑިއިރު ކުރިން ރާއްޖޭގެ ކޮންމެ ރަށަކަށް އެއް ފެންވަރެއްގެ ޚިދުމަތް، އައްޑޫގެ މައްސަލަތަކަށް ދާއިމީ ހައްލުތަކެއްޚަބަރު | 3 ގަޑިއިރު ކުރިންއައްޑޫގައި 1،000 އެނދުގެ އައްސޭރި ޓޫރިޒަމްގެ މަޝްރޫއެއްޚަބަރު | 3 ގަޑިއިރު ކުރިންއައްޑޫގައި 30 މެގަވޯޓުގެ ކަރަންޓު އުފެއްދުމަށް ބިޔަ ޕްރޮޖެކްޓެއް ފަށަނީ ޚަބަރު | 13 ގަޑިއިރު ކުރިން