logo
Bank of Maldives

Bank of Maldives

ޚަބަރު

ބަންޑުންޖަހާލި ކޮޅުވެއްޓި ދުއްވީ ލައިސަންސް ނެތް މީހެއް

އާމިނަތު ޝަފާ
6 ނޮވެމްބަރު 2025 - 11:02
ބަންޑުންޖަހާލި ކޮޅުވެއްޓި ދުއްވީ ލައިސަންސް  ނެތް މީހެއް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)ގެ ސަރަހައްދުގެ ބޭރުގައި އޮތް "އެމް.ވީ ސެލެސްޓިއާ" ބޯޓުން ލޭންޑިންގ ކްރާފްޓަކަށް 02 އެކްސްކަވޭޓަރ ބަރުކުރުމުގެ ތެރޭގައި، ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލައި ދެމީހަކު މަރުވި ހާދިސާ ހިނގި އިރު އެ އުޅަނދުގެ ކެޕްޓަނަކަށް ހުރީ އެފަދަ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށް އެމްޕީއެލްއިން ބުނެފި އެވެ.

ހާދިސާއާ ގުޅިގެން  ކުންފުނީގެ އެތެރޭގެ ތަހުގީގެއް ފަށާފައިވާކަމަށް އެމްޕީއެލްއިންވަނީ މީގެ ކުރިން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ތަހުގީގަށްފަހު އާއްމުކުރި ރިޕޯޓުގައި އެމްޕީއެލްއިން ބުނީ  މި އޮޕަރޭޝަންގައި 02 އެކްސްކެވޭޓަރ އެރުވުމަށް ކޮންސައިނީ (މުދާ އެތެރެކުރި ފަރާތް) ހަމަޖެއްސި ލޭންޑިންގ ކްރާފްޓް ދުއްވަން ހުރި ކެޕްޓަނަކީ މިފަދަ އުޅަނދަކަށް މުދާ ބަރުކުރުމަށް އިރުޝާދު ދިނުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތެއް ނޫންކަން ފާހަގަކުރެވިފައިވާކަމަށާއި ލޭންޑިންގ ކްރާފްޓްގެ ކެޕްޓަންގެ އަތުގައި މިފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސް އަދި ނިޔަމިކަމުގެ ސެޓްފިކެޓް ނެތްކަމަށެވެ.

 ލޭންޑިންގ ކްރާފްޓްގެ ސަލާމަތާއި އެހެނިހެން ކަންތައްތައް ޤަވާއިދަށް ފެތުނު ނަމަވެސް، މުދާ ބަރު ކުރާ ޑެކްގައި ލަކުޑި އަޅާފައިނުވުމާއި، ދަގަނޑު ޑެކެއް އޮތުމުން މިފަދަ ތަކެތި ބަރުކުރުމާއި އެ މުދާ ބަރުކޮށްގެން ދަތުރުކުރާއިރު، ކަހާލުމުގެ ފުރުސަތު އޮތްކަމަށާއި އަދި އެއީ ލޭންޑިންގ ކްރާފްޓްގެ ސްޓެބިލިޓީ ގެއްލިދާނެ ކަމެއްކަން ފާހަގަކުރެވިފައިވާކަމަށްވެސް އެމްޕީއެލްއިން މައުލޫމާތުދެއެވެ.

 މީގެ އިތުރުން މުދާ އެތެރެކުރާ ފަރާތުން ފޮނުވާ އުޅަނދަކަށް ސީދާ ކާގޯ ބޯޓުން މުދާ ބޭލުމުގެ އޮޕަރޭޝަންސްތަކުގައި އެ އުޅަނދުގައި މުދާ ބެހެއްޓުމުގައި އެ އުޅަނދުގެ ސްޓެބިލިޓީ ކަށަވަރުކުރުމުގެ ޒިންމާ ހެދިފައި ހުރި ޤަވާއިދުތަކުގެ ތެރެއިން، ކަށަވަރުކޮށްދޭންޖެހޭ ފަރާތަކީ އުޅަނދު ކެޕްޓަންކަމަށް ވީ ހިނދު، އެ ފަރާތުން ދީފައިވާ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން 02 އެކްސްކެވޭޓަރ ލޭންޑިންގ ކްރާފްޓްގައި ބެހެއްޓުމަށްފަހު، ލޭންޑިންގ ކްރާފްޓްގެ ކެޕްޓަންގެ ހުއްދައާއެކު މަސައްކަތް ނިންމާލައި، އެކަމަށް ބޭނުންކުރި އާލާތްތައް ކާގޯ ބޯޓަށް ނެގާފައިވާކަމަށާއި އެހެން ނަމަވެސް މަސައްކަތް ނިންމާލި ފަހުން، އަނެއްކާވެސް ލޭންޑިންގ ކްރާފްޓްގެ ކެޕްޓަންގެ އެދުމުގެ މަތިން ލޭންޑިންގ ކްރާފްޓްގެ ކުރީކޮޅުގައި ހުރި އެކްސްކަވޭޓަރ ޕޯޓު ފަރާތަށް ޖެއްސުމާ ގުޅިގެން، އުޅަނދުގެ ސްޓެބިލިޓީ ގެއްލުމަކީ ލޭންޑިންގ ކްރާފްޓް ބަންޑުން ޖެހުމަށް މެދުވެރިވި ސަބަބުކަން ހޯދިފައިވާކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ.

ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލި ވަގުތު އެ އުޅަނދުގައި ތިބި އެމް.ޕީ.އެލްގެ 10 މުވައްޒަފުންނަށް އެކިވަރުގެ އަނިޔާތައް ލިބެން މެދުވެރިވި ސަބަބަކީ މަސައްކަތް ނިންމާލުމަށްފަހު، މުވައްޒަފުން އަނބުރާ މާލޭ ވިޔަފާރި ބަނދަރަށް އައުމަށް އަރަންޖެހޭ ޓަގު ބޯޓަށް އެރެން އޮތީ ލޭންޑިންގ ކްރާފްޓް ގިރާކޮށްފައި ކަމުގައިވާތީކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ.

މިހާދިސާއާއެކު މުދާ ގެންނަ ފަރާތުން މުދާ ބަރުކުރުމަށް ފޮނުވާ އުޅަނދުތަކުގެ ކެޕްޓަނާއި ފަޅުވެރިން ފެންވަރު ވަޒަންކުރުމާއި ލައިސްނަސް ޗެކްކުރުން ފަދަ ކަންތައްތަކަކީ އެ ކުންފުނިން އަމަލުކުރަމުންދާ ޤަަވައިދުތަކާއި ޢުސޫލުގެ ތެރެއިން މި ވަގުތު ބަލަންޖެހޭ ކަމެއް ނޫންކަމުގައި އޮތް އޮތުން ބަދަލުކޮށްފައިވާކަންވެސް އެމްޕީއެލްއިންވަނީ ފާހަގަކޮށްފައެވެ.

މި ކުންފުނީގެ އެތެރޭގެ ތަހުޤީގަށް ރިޔާއަތްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކުރަމުންދާކަމަށާއި އެގޮތުން ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންސްތަކުގައި މިހާރު ޢަމަލުކުރަމުންދާ ޢުސޫލުތައް މުރާޖާކޮށް، ހަރުދަނާ ކުރުމާއި ޙާއްސަ އޮަޕަރޭޝަންސްތަކުގައި ސޭފްޓީގެ މުވައްޒަފުން ބައިވެރިކުރުމާއި ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް މުވައްޒަފުން އިތުރަށް އަހުލުވެރިކުރުމަށް މަސައްކަތްތައް ކުރަމުންދާކަމަށް އެމްޕީއެލްއިން ބުނެއެވެ.

މި ހާދިސާ ހިނގި ފަހުން އެމް.ޕީ.އެލްއިން ވަނީ "އެމްވީ ސެލެސްޓިއާ"ގައި ބާކީ ހުރި ދެ އެކްސްކަވޭޓަރ ބާލާފައެވެ.

ލޭންޑިން ކްރާފްޓް ބަންޑުންޖަހާލި ހާދިސާގައި ނިޔާވީ އެމްޕީއެލްގެ ދެ މުވައްޒަފެކެވެ. އެއީ އެ ކުންފުނީގެ ދިވެހި މުވައްޒަފަކާއި ބިދޭސީ މުވައްޒަފެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަންޑުންޖަހާލި ކޮޅުވެއްޓި ދުއްވީ ލައިސަންސް ނެތް މީހެއްޚަބަރު | 5 ގަޑިއިރު ކުރިންސިނގިރޭޓު ކޮންޓެއިނަރުތައް ގެއްލުން: 12 މީހަކު ފުރުން މަނާކޮށް ހަތަރު މީހަކު ހައްޔަރުކޮށްފިޚަބަރު | 23 ދުވަސް ކުރިންމިދިޔަ ހަފްތާގައި އެމްޕީއެލްއިން 1،359 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފި ޚަބަރު | 2 މަސް ކުރިންނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިޚަބަރު | 2 މަސް ކުރިން