ރޯދަމަހުގެ 4 ވަނަ ދުވަހު 4135 ފްރައިޓް ޓަނުގެ މުދާ އެމްޕީއެލްއިން ކްލިއަރކޮށްފި
22 ފެބްރުއަރީ 2026 - 11:55

މިހިނގާ ރަމަޟާން މަހުގެ 4 ވަނަ ދުވަހު 4135 ފްރައިޓް ޓަނުގެ މުދާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް - އެމްޕީއެލްއިން ކްލިއަރކޮށްފިއެވެ.
އެމްޕީއެލްއިން އަންނަނީ ރަމަޟާންމަސް ފެށިގެން ކޮންމެ ދުވަހަކު ވެސް މުދާ ކްލިއަރކުރާ ގޮތުގެ ތަފްސީލީ އަދާހަމަ ހިއްސާކުރަމުންނެވެ. މިގޮތުން، 21 ފެބްރުއަރީ 2026 ވަނަ ދުވަހު ކޮންޓެއިނަރ އަދި ކޮންވެންޝަނަލް ކާގޯ ހިމެނޭ ގޮތުން ޖުމުލަ 4135 ފްރައިޓް ޓަނުގެ މުދާ އެމްޕީއެލްއިން ކްލިއަރކޮށްފައިވެއެވެ.

Ad by Hajj Corporation
އެމްޕީއެލްއިން ވަނީ ރަމަޟާންމަހުގެ 4 ވަނަ ދުވަހު އެންމެ ގިނައިން ކްލިއަރކުރި 10 ބާވަތުގެ ޕެރިޝަބަލްސްގެ ތަފާސްހިސާބުތައް ވެސް ހިއްސާކޮށްފައެވެ.
މިގޮތުން 4840 ޕެކޭޖުގެ ފިޔާ ކްލިއަރކޮށްފައިވާއިރު، 1179 ޕެކޭޖުގެ ދޮންކެޔޮކްލިއަރކޮށްފައިވެއެވެ. އަދި 2195 ޕެކޭޖުގެ ކުކުޅުބިހާއި 1954 ޕެކޭޖުގެ ކަރާ އަދި 766 ޕެކޭޖުގެ އަލުވި ވަނީ ކްލިއަރކޮށްފައެވެ. މީގެ އިތުރުން، 306 ޕެކޫގެ ޓޮމޯޓޯ، 320 ޕެކޭޖުގެ ޒުވާރި، 216 ޕެކޭޖުގެ ކެބެޖްގެ އިތުރުން 144 ޕެކޭޖުގެ އަލަނާސިއާއި 70 ޕެކޭޖުގެ އަނބުވެސް ވަނީ ކްލިއަރކޮށްފައެވެ.
ރޯދަ މަހާ ދިމާކޮށް ރާއްޖެ އެތެރެކޮށްފައިވާ ކާބޯތަކެތި ހާއްސަ އިންތިޒާމެއްގެ ދަށުން ދޫކުރުމަށް މޯލްޑިވްސް ޕޯޓް ލިމިޓެޑުން ދަނީ މަސައްކަތް ކުރަމުންނެވެ.
ރޯދަ މަހަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައި، އެމްޕީއެލްގެ އޮޕަރޭޝަންތައް ވަނީ ހަލުވިކޮށްފައެވެ. މި ގޮތުން ރޯދަ މަހާ ދިމާކޮށް ރާއްޖެއަށް އެތެރެކޮށްފައިވާ ކާބޯތަކެތި އާންމުންނަށް ވީ އެންމެ އަވަހަކަށް ފޯރުކޮށްދިނުމަށް އެމްޕީއެލުން ވަނީ އިތުރު މަސައްކަތްތަކެއް ފަށާފައެވެ.
ރޯދަ މަހަށް ހާއްސަކޮށްގެން މަސައްކަތް އަވަސްކުރުމުގެ ގޮތުން ވަގުތީ ގޮތުން މުވައްޒަފުން ކާގޯ ވެސެލްތަކަށް ހާއްސަކޮށް ނަގާފައިވެއެވެ.


