logo
Bank of Maldives

Bank of Maldives

ޚަބަރު

މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސް ރަސްމީކޮށް އިފުތިތާހުކޮށްފި

ޒިދާން މުޙައްމަދު
6 ފެބްރުއަރީ 2026 - 11:10
މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސް ރަސްމީކޮށް އިފުތިތާހުކޮށްފި

ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއަރުވައި ތަރައްޤީކުރުމުގެ ގޮތުން، ދެމެހެއްޓެނިވި ވިޔަފާރީގެ އުސޫލުން، އަސާސީ ތަކެތި ހެޔޮ އަގުގައި މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ދެމެހެއްޓެނިވި ލޮޖިސްޓިކްސް ނެޓްވޯކެއްގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ފަރުމާކޮށްފައިވާ "މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސް" ގެ ޚިދުމަތް ރަސްމީކޮށް އިފުތިތާޙުކޮށްފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ "މޯލްޑިވްސް މެރިން އެކްސްޕޯ 2026" ގެ ތެރެއިން މި ޚިދުމަތް ރަސްމީކޮށް އިފުތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގް މޫސާ ޒަމީރެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސްގެ ޚިދުމަތް ރަސްމީކޮށް އިފުތިތާޙުކުރުމުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދަލާއި ކާޑުގެ ބާވަތްތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގާއިމުކޮށްފައިވާ ގުދަންތަކަށް ދަތިކަމެއް ނެތި ފޯރުކޮށްދިނުމެވެ.  މީގެ އިތުރުން އަސާސީ މުދާލާއި އަދި ސަރުކާރުން ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައް ސަރަޙާއްދީ ގުދަންތަކާއި ހަމައަށް ފޯރުކޮށްދިނުމަށްޓަކައި، ޝެޑިއުލްކޮށްގެން ކުރާ ދަތުރުތަކާއި، ކޯލްޑް-ޗެއިން ކެޕޭސިޓީ އިތުރަށް ހަރުދަނާ ކުރުން ހިމެނެއެވެ.            

މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސް އަކީ ރާއްޖެއަށް އިމްޕޯޓް އަދި އެކްސްޕޯޓް ކުރާ މުދަލުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް މުދާ އުފުލުމާއި، ގުދަންކުރުމާއި، އަދި މުދާ ފޯރުކޮށްދިނުމުގެ ހުރިހާ މަރުޙަލާއެއް އެއް ވިއުގައަކުން ގުޅާލުމަށް އެމް.ޕީ.އެލްއިން ފަރުމާކޮށްފައިވާ ހަރުދަނާ ނިޒާމެކެވެ. މިއާއެކު، ރާއްޖޭގައި މުދާ އުފުލުމުގައި ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ހޯދައި، ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންނަށް ލުއިފަސޭހަ ފުރުޞަތުތަކެއް ފަހިކޮށްދިނުމެވެ.

ސަރުކާރުން އެކުލަވާލި ލޮޖިސްޓިކް ނެޓްވޯކް (ANCHOR*) ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެމް.ޕީ.އެލްއާ ހަވާލުކުރީ 2025 ވަނަ އަހަރު ޑިސެންބަރު މަހުގެ ތެރޭގައެވެ. އެގޮތުން، މި ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް، އެމް.ޕީ.އެލްއިން ފޯރުކޮށްދެމުންދިޔަ ލޮޖިސްޓިކްސްގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ކުންފުނިން ފޯރުކޮށްދޭ ވަކި ޚިދުމަތެއްގެ ގޮތުގައި "މޯލްޑިވްސް ނެޝަނަލް ލޮޖިސްޓިކްސް" ވަނީ ކަނޑައަޅައިފައެވެ.

WhatsApp Image 2026-02-05 at 23.34.47 (1).jpeg

މި ޚިދުމަތުގެ ދަށުން އެމް.ޕީ.އެލް އިން އަލަށް ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާ ޚިދުމަތްތަކުގެ ތެރޭގައި "ޑޮމެސްޓިކް ޓްރާންސްޝިޕްމަންޓް" ގެ ޚިދުމަތް ހިމެނެއެވެ. އެގޮތުން މާލޭ ވިޔަފާރި ބަނދަރަށް އަންނަ ޓްރާންސްޝިޕް ކޮންޓޭނަރުތައް، އެމް.ޕީ.އެލްގެ އުޅަނދުތަކުން ސަރަޙައްދީ ބަނދަރުތަކަށް (ހިތަދޫ ޕޯޓް އަދި ކުޅުދުއްފުށީ ޕޯޓަށް) ސީދާ ފޮނުވައިދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.

މިއީ ވިޔަފާރިވެރިންނަށް މުދާ ގެންދިއުމުގެ މަރުޙަލާތަކުގައި ހިނގާ އިތުރު ޚަރަދުތައް ސަލާމަތްވެ، މުދާ އަވަހަށް ލިބޭނެ ޚަރަދުކުޑަވާނެ ނިޒާމެކެވެ. މިކަމުގެ ސަބަބުން ސަރަޙައްދީ ބަނދަރުތަކުގެ ދައުރު މިހާރަށްވުރެ ފުޅާވެ، އިޤްތިޞާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެއެވެ.

މިކަމާއި ގުޅިގެން އެމް.ޕީ.އެލްގެ ޗީފް ލޮޖިސްޓިކްސް އޮފިސަރ އަޙްމަދު ނާޒިމް ވިދާޅުވި ގޮތުގައި، މި ޚިދުމަތުގެ ސަބަބުން ވިޔަފާރިވެރިންނަށް ލިބޭނެ އެންމެ ބޮޑު ފަސޭހަކަމަކީ ޝެޑިއުލްކުރެވިފައިވާ ދަތުރުތަކެއްގެ ތެރެއިން މުދާ ޑެލިވަރކުރުމުގެ ޚިދުމަތް ލިބުމެވެ.  

"ރަށްރަށަށް މުދާ ފޯރުކޮށްދިނުމުގައި އެ ސަރަހައްދަކާއި އެންމެ ގާތް ބަނަދަރަށް މުދާ ފޯރުކޮށްދިނުމުގައި އިތުރު ޕާޓީއެއްގެ އެހީއަކާ ނުލާ އެމް.ޕީ.އެލް އިން އެ ޚިދުމަތް ފޯރުކޮށްދޭނެ. އަދި އެމް.ޕީ.އެލްގެ ފެރީ ނިޒާމްގެ ދަށުން ކަނޑައެޅިފައިވާ ދުވަހަށް މުދާ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ" ނާޒިމް ވިދާޅުވިއެވެ.

މި މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި އިތުރު ލޭންޑިންގް ކްރާފްޓެއް ބަނުމަށް މިހާރު ހަވާލުކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް 8 މަސް ދުވަހުގެ ތެރޭގައި މި އުޅަނދު އޮޕަރޭޝަނަށް ނެރެވޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އަލަށް ތަޢާރަފްކުރާ ޚިދުމަތްތަކުގެ ތެރޭގައި ކޮމާޝަލް ވެއާރހައުސިންގ ހިމެނެއެވެ. ތިލަފުށީގައި ގާއިމްކުރާ މި ގުދަންތަކަކީ، ކްލިއަރެންސް ނިމިފައިވާ ވިޔަފާރި މުދާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ ތަންތަނެވެ. މީގެ އިތުރުން، އެމް.ޕީ.އެލް އިން މިހާރުވެސް ދެމުންގެންދާ "ޕްރޮޖެކްޓް ކާގޯ ހޭންޑްލިންގ" ޚިދުމަތުން ފާއިތުވި 6 މަސްދުވަހު ރަނގަޅު އާމްދަނީއެއް ލިބިފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.

އަދި ލޮޖިސްޓިކްސް ސަރވިސްގެ ތެރެއިން ބޭރުން އަންނަ ބޮޑެތި އުޅަނދުފަހަރުތަކަށް އަމާޒުކޮށްގެންދޭ "ސްޓީވްޑޯރިންގ" ޚިދުމަތާއި، ބޮންޑެޑް ވެއަރ ހައުސް އަދި "ސީ-ޓު-އެއަރ ކާގޯ" ގެ ޚިދުމަތްތައްވެސް ދަނީ ފޯރުކޮށްދެމުންނެވެ. އަދި މި ޙިދުމަތްތައް ދުވަހުން ދުވަހަށް އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ނާޒިމް ފާހަގަކުރެއްވިއެވެ.

 އެގޮތުން ސީ-ޓު-އެއަރ ގެ ކާގޯގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން، މާލޭ ވިޔަފާރި ބަނދަރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އެލް.ސީ.އެލް މުދާ ހަލުވިކަމާއި ފަސޭހަކަމާއެކު އުފުލައިދިނުމަށް ފަރުމާކުރެވިފައިވާ އާ ޚިދުމަތެއް ވަނީ ތައާރަފްކޮށްފައެވެ. މީގެ އިތުރުން، ބޭނުންވެއްޖެ ހާލަތެއްގައި ބޮންޑަޑް ގުދަނުގައި މުދާ ބެހެއްޓުމުގެ ފުރުސަތުވެސް މި ޚިދުމަތުގެ ދަށުން ލިބިގެންދާނެއެވެ.

މި ހުރިހާ ލޮޖިސްޓިކްސް ޚިދުމަތްތަކެއް އެއް ވިއުގައަކުން ގުޅާލައި، މިއަހަރު ނިމުމުގެ ކުރިން މެދުކެނޑުމެއްނެތި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެވޭނެ ނިޒާމް ގާއިމްކުރުމަކީ މި ސަރުކާރުގެ އަމާޒެވެ. 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސް ރަސްމީކޮށް އިފުތިތާހުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންބަންޑުންޖަހާލި ކޮޅުވެއްޓި ދުއްވީ ލައިސަންސް ނެތް މީހެއްޚަބަރު | 3 މަސް ކުރިންސިނގިރޭޓު ކޮންޓެއިނަރުތައް ގެއްލުން: 12 މީހަކު ފުރުން މަނާކޮށް ހަތަރު މީހަކު ހައްޔަރުކޮށްފިޚަބަރު | 4 މަސް ކުރިންމިދިޔަ ހަފްތާގައި އެމްޕީއެލްއިން 1،359 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފި ޚަބަރު | 5 މަސް ކުރިން