logo
MPL

MPL

ޚަބަރު

ތިލަފުށީ ޕޯޓްގެ އިމާރާތްތައް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދަނީ

އައިޝަތު ނަޝާ
29 އޯގަސްޓު 2026 - 05:42
ތިލަފުށީ ޕޯޓްގެ އިމާރާތްތައް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލަފުށީ އާ ޕޯޓުގެ އިމާރާތްތަކާއި ވަސީލަތްތައް ފަރުމާކޮށް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިއުލާނުކޮށްފިއެވެ.

އެމްޕީއެލްއިން ކުރި އިއުލާނެއްގައި ވަނީ އެ މަޝްރޫއުގެ ދަށުން ތިލަފުށީ ޕޯޓުގެ އޮޕަރޭޝަނަލް އަދި އިދާރީ އިމާރާތްތަކާއި ކާގޯ ހޭންޑްލިން، ވެއާހައުސިން، ޔުޓިލިޓީ، ސަލާމަތީ އަދި ލޮޖިސްޓިކްސް ވަސީލަތްތައް ފަރުމާކޮށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ތިލަފުށީ ޕޯޓު ތަރައްގީކުރުމުގެ މައިގަނޑު މަގުސަދަކީ ޑީޕް ވޯޓާ ކޮންޓެއިނާ ޓާމިނަލަކާއި މަލްޓި ޕާޕަސް ކާގޯ ޓާމިނަލަކާއި ޑޮމެސްޓިކް ކާގޯ ޓާމިނަލެއްގެ އިތުރުން އަތޮޅުތެރެއަށް ހާއްސަ ވެއާ ހައުސިން ޒޯނަކާއި ލޮޖިސްޓިކްސް ޒޯންތައް ހިމެނޭ ފުރިހަމަ ޕޯޓެއް ގާއިމުކުރުން ކަމަށް އިއުލާނުގައިވެއެވެ.

އެ މަޝްރޫއަށް ކުރިމަތިލުމުގެ ފުރުސަތު ވަކި ކުންފުނިތަކަށާއި ޖޮއިންޓް ވެންޗާތަކަށް ވެސް އެމްޕީއެލްއިން ހުޅުވާލާފައިވެއެވެ. ޖޮއިންޓް ވެންޗާއެއްގެ ގޮތުގައި ކުރިމަތިލާނަމަ ލީޑް ޕާޓްނަރެއް ކަނޑައަޅަން ޖެހޭނެ ކަމަށް އިއުލާންގައިވެއެވެ.

އަދި އެ މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި އިމާރާތްތަކާއި އިންޑަސްޓްރިއަލް ފެސިލިޓީތަކާއި ގުދަންތަކާއި ޔުޓިލިޓީ އިންފްރާސްޓްރަކްޗާ ނުވަތަ ޕޯޓާ ގުޅޭ މިފަދަ ބޮޑެތި މަޝްރޫއުތައް ފަރުމާކޮށް އިމާރާތްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކަށް ވާންޖެހޭނެ ކަމަށާއި އެފަދަ ބޮޑު މަޝްރޫއެއް ހިންގޭނެ މާލީ އަދި ފަންނީ ގާބިލުކަން ހުރިކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ވެސް އިއުލާނުގައިވެއެވެ.

އެމްޕީއެލްއިންބުނީ އެ މަޝްރޫއަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި ފެށޭ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ކަމަށެވެ. އެ މުއްދަތުގެ ކުރިން ލިޔެކިޔުންތައް އެއް ޕީޑީއެފް ފައިލެއްގެ ގޮތުގައި އެ ކުންފުންޏައް މެއިލް ކުރުމަށް އިއުލާނުގައި ބުނެފައިވެއެވެ.

ސުންގަޑީގެ ފަހުން ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަންނާނެ ކަމަށާއި މިއީ އެ މަޝްރޫއުގެ ޕްރީކޮލިފިކޭޝަން މަރުހަލާ ކަމަށްވާ އިރު، އެ މަރުހަލާއިން ޝޯޓްލިސްޓުވާ ފަރާތްތަކަށް ތަފްސީލީ ޕްރޮޕޯސަލް ހުށަހެޅުމުގެ (އާރްއެފްޕީ) ފުރުސަތު ފަހުން ދޭނެ ކަމަށް އެމްޕީއެލުން ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިލަފުށީ ޕޯޓްގެ އިމާރާތްތައް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދަނީޚަބަރު | ގަޑިއިރެއް ކުރިންރޯދަމަހުގެ 4 ވަނަ ދުވަހު 4135 ފްރައިޓް ޓަނުގެ މުދާ އެމްޕީއެލްއިން ކްލިއަރކޮށްފިވިޔަފާރި | 6 މަސް ކުރިންއެމްޕީއެލް އިން އެންމެ ގިނައިން ކްލިއަރކުރި މުދަލަކަށް ކުކުޅުބިސްޚަބަރު | 6 މަސް ކުރިންމޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސް ރަސްމީކޮށް އިފުތިތާހުކޮށްފިޚަބަރު | 7 މަސް ކުރިން