logo
ވަޒީރުންގެ މަޖިލީހަށް ގިނަ ބަދަލުތަކެއް؛ އައު ވުޒާރާތަކާއެކު ވަޒީރުން ހުވާކޮށްފިBank of Maldives

Bank of Maldives

ޚަބަރު

އެމްޕީއެލް އިން އެންމެ ގިނައިން ކްލިއަރކުރި މުދަލަކަށް ކުކުޅުބިސް

އިސްމާޢިލް ރާތިޢު
21 ފެބްރުއަރީ 2026 - 07:08
އެމްޕީއެލް އިން އެންމެ ގިނައިން ކްލިއަރކުރި މުދަލަކަށް ކުކުޅުބިސް

ރޯދަމަހުގެ ފުރަތަމަ ދެދުވަހު، އެމްޕީއެލުން އެންމެ ގިނައިން ކްލިއަރކޮށްފައިވަނީ ކުކުޅު ބިސް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ރަމަޟާން މަހުގެ ކޮންމެ ދުވަހަކުވެސް އެމްޕީއެލުން ރާއްޖެއަށް އެތެރެކުރާ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ކްލިއަރކުރާ މިންވަރު އާންމުކުރަމުންދެއެވެ. އެގޮތުން ރޯދައިގެ ދެވަނަ ދުވަހު އެމްޕީއެލުން ވަނީ ކޮންޓެއިނަރާއި ވަކިވަކި ކޮންސައިމަންޓު ހިމެނޭހެން ޖުމްލަ 3،260 ޓަނުގެ ތަކެތި ރާއްޖެ އެތެރެކޮށް ކްލިއަރކޮށްފައިވެއެވެ. އެއީ 167 ކޮންސައިންމެންޓުގެ މުދަލެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ތަފާސްހިސާބުތައް ދައްކާގޮތުން ރޯދައިގެ ފުރަތަމަ އަދި ދެވަނަ ދުވަހުވެސް އެންމެ ގިނަ އަދަދަކަށް ރާއްޖެ އެތެރެކޮށް ކްލިއަރކޮށްފައިވަނީ ކުކުޅު ބިހެވެ. އެގޮތުން ރޯދަމަހުގެ ދެވަނަ ދުވަހު 3،658 ބިސް ކޭސްވަނީ ކްލިއަރކޮށްފައެވެ. ދެވަނައަށް އެންމެ ގިނައިން ކްލިއަރކޮށްފައިވަނީ 2165 ބަސްތާއާއެކު، ފިޔަލެވެ. މީގެ އިތުރުން، އެމްޕީއެލްއިން 1224 ޓޮމާޓޯ ބަސްތާ ކްލިއަރކޮށްފައިވާއިރު، 926 އަލުވި ބަސްތާ ކްލިއަރކޮށްފައިވެއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

 

ކޮންމެ އަހަރެއްގެ ރަމަޟާން މަހަކީވެސް ގިނަ އަދަދަކަށް ކާބޯތަކެތި ރާއްޖެއަށް އެތެރެކުރާ ދުވަސްވަރަކަށް ވާތީ، އެމްޕީއެލުން އަންނަނީ ބަނދަރުގެ އޮޕަރޭޝަންތައް ވަރުގަދަކޮށް، މުދާ ކްލިއަރކުރުމުގެ މަސައްކަތް ލުއިފަސޭހަ ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެގޮތުން އެމްޕީއެލުން ވަނީ ރަމަޟާން މަހާ ދިމާކޮށް، ރާއްޖެއަށް އެތެރެކުރާ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ވީހާވެސް އަވަހަށް ކްލިއަރކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި 3،000 އަކަފޫޓުގެ ޝެޑެއްވެސް ޤާއިމްކޮށްފައެވެ.

މި ޝެޑް ހެދުމުގެ މައިގަނޑު މަގުސަދުކަމަށް އެމްޕީއެލްއިން ބުނެފައިވަނީ، އަވަހަށް ހަލާކުވާ ޒާތުގެ މުދާ މާލެ ސަރަހައްދުގެ ބަނދަރުން ވީހާވެސް އަވަހަށް ނެރެވޭނެ މަގު ފަހިކޮށްދިނުމެވެ. އަދި މީގެ ސަބަބުން ބާޒާރުގައި މުދާ ލިބުން ތަދުވިޔަ ނުދީ ހިފެހެއްޓުމަށް ބޮޑު އެހީއަކަށް ވާނެ ކަމަށްވެސް އެކުންފުނިން ފާހަގަކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޯދަމަހުގެ 4 ވަނަ ދުވަހު 4135 ފްރައިޓް ޓަނުގެ މުދާ އެމްޕީއެލްއިން ކްލިއަރކޮށްފިވިޔަފާރި | 2 މަސް ކުރިންއެމްޕީއެލް އިން އެންމެ ގިނައިން ކްލިއަރކުރި މުދަލަކަށް ކުކުޅުބިސްޚަބަރު | 2 މަސް ކުރިންމޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސް ރަސްމީކޮށް އިފުތިތާހުކޮށްފިޚަބަރު | 2 މަސް ކުރިންބަންޑުންޖަހާލި ކޮޅުވެއްޓި ދުއްވީ ލައިސަންސް ނެތް މީހެއްޚަބަރު | 5 މަސް ކުރިން