logo
Bank of Maldives

Bank of Maldives

ޚަބަރު

އިސްރާއީލުން އިރާނަށް ދިން ހަމަލާގެ ޒިންމާ ޓްރަމްޕް ނަގައިފި

އާމިނަތު ޝަފާ
7 ނޮވެމްބަރު 2025 - 07:20
އިސްރާއީލުން އިރާނަށް ދިން ހަމަލާގެ ޒިންމާ ޓްރަމްޕް ނަގައިފި

މިދިޔަ ޖޫން މަހު އިރާނާ ދެކޮޅަށް އިސްރާއީލުން ދިން ހަމަލާގެ ޒިންމާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނަގައިފިއެވެ.

ޔަހޫންދީންގެ އަސްކަރިއްޔާއާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި އިރާނާ ދެކޮޅަށް ހަމަލާދިނުމަކީ ޔަހޫދީން މާކުރިންސުރެވެސް ކުރަން ބޭނުންވިކަމެކެވެ. އެގޮތުން 2015 ވަނަ އަހަރު އޭރު އެމެރިކާގެ ވެރިކަމުގައި އޮބާމާ ހުރި އިރުވެސް މިކަމާ މަޝްވަރާތައްކުރެވިފައިވާކަމަށާއި ނަމަވެސް އެކި ސަބަބުތަކާހެދި އެކަން ފަސްވީކަމަށް ޔަހޫދީން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭގެ ފަހުން މިފަހަރުގެ ހަމަލާ ދިނުމަށް 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު ޔަހޫދީން ދިޔައީ ތައްޔާރުވަމުންކަމަށް މީޑިއާތަކުން ބުނެއެވެ. އަދި ހަމަލާދިނީ އެމެރިކާގެ ފުރިހަމަ މަދަދާއެކުގައިކަމަށް އޭރުވެސް ވާހަކަ ފެތުރެމުންދިޔަ ނަމަވެސް މިހާތަނަށް އެެމެރިކާއިން އައީ ހަމަލާގައި އެމެރިކާ ސަރުކާރުގެ ބައިވެރިވުން ނެތްކަމަށް ބުނަމުންނެވެ.

އެހެންނަމަވެސް އިރާނާ ދެކޮޅަށް އިސްރާއީލުން ދިން ފުރަތަމަ ހަމަލާގެ ޒިންމާ ނަގާކަމަށާއި އެ ހަމަލާގެ އިންޗާޖަކީ އޭނާކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ. އަދި އެހެންހުރިހާ ފަހަރަކަށްވުރެ ބޮޑަށް އެ ހަމަލާގެ ސަބަބުން އިރާނަށް ގެއްލުންލިބުނުކަމަށާއި ވުމާއެކު އެއީ އިސްރާއީލަށް ތާރީހީ ދުވަހެއްކަމަށް ޓްރަމްޕް ވަނީބުނެފައެވެެ.

12 ދުވަހުގެ އެ ހަނގުރާމައަކީ ޔަހޫދީންނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިކުރުވި ހަނގުރާމައެކެވެ. މީގެ ކުރިން އިސްރާއީލުން 1981 ވަނަ އަހަރު އިރާގަށް އަދި 2007 ވަނަ އަހަރު ސީރިއާއަށް ހަމަލާދީފައިވިޔަސް އިރާނުން ދިން ރައްދު ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް އިސްރާއީލަށް ވެފައިވާކަމަށް ޚުދު ޔަހޫދީންވެސް ގަބޫލުކުރެއެވެ.

އީރާނުން ވަނީ އިސްރާއީލުގެ މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން 500 އަށް ވުރެ ގިނަ ބެލިސްޓިކް މިސައިލްއާއި، 1,100 އެއްހާ ޑްރޯން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލާފައެވެ. މި ހަމަލާތަކުގައި އިސްރާއީލުން 31 މީހުން މަރުވެ، 3,000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.

އާބާދީ ބޮޑު ސަރަހައްދުތަކަށް އިރާނުން ހަމަލާދޭން ފެށުމާއެކު 240 އިމާރާތެއްގެ 2,305 ގޭބިސީއަށް ގެއްލުންވެ، ދެ ޔުނިވަރސިޓީއަކާއި ހޮސްޕިޓަލަކަށް ވަނީ ގެއްލުން ލިބިފައެވެ. މީގެ އިތުރުން 13,000 އަށް ވުރެ ގިނަ ޔަހޫދީންނަށްވަނީ އެމީހުންގެ އަމިއްލަ ގެދޮރު ދޫކޮށް ދާންޖެހިފައެވެ.

އަސްކަރީ ތަޖުރިބާކާރުން ބުނާ ގޮތުގައި އެމެރިކާއިން ވަނީ މިސައިލް ހަމަލާ ދިނުމަށް ބޭނުން ކުރާ އެ ގައުމުގެ ހަތް "ތާޑް" މިސައިލް ޕްލެޓްފޯމުގެ ތެރެއިން މަގުވެގެން ދެ ޕްލެޓްފޯމް 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި ބޭނުން ކޮށްފައެވެ. އެ 12 ދުވަހުގެ ތެރޭގައި ޔަހޫދީންނަށް އެހީތެރިވުމަށް އެމެރިކާއިން 800 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ގިނައިން ހަރަދު ކޮށްފައިވާކަންވެސް ވަނީ މިހާރު މީޑިއާތަކަށް ތިލަވެފައެވެ.

ނަމަވެސް އިސްރާއީލަށް ހަމަލާދިނުމަށް އިރާނުން ބޭނުންކޮށްފައިވަނީ އެގައުމުގެ އަސްކަރީ ގާބިލުކަމުގެ އެންމެ 5 އިންސައްތައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލުން އިރާނަށް ދިން ހަމަލާގެ ޒިންމާ ޓްރަމްޕް ނަގައިފި ޚަބަރު | 3 ގަޑިއިރު ކުރިން