logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް ސޯލިހުގެ ސަރުކާރު ނިމިގެން ދިޔައީ ދައުލަތަށް މާލީގޮތުން އެންމެ ބޮޑު ގެެއްލުމެއްދިން ސަރުކާރުގެ ގޮތުގައި

އައިޝަތު ނަޝާ
7 ނޮވެމްބަރު 2025 - 10:44
ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޝަކީލް
ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޝަކީލް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމިގެން ދިޔައީ، ސަރުކާރު ކުންފުނިތައް އެތައް ބިލިއަނަކުން ދަރުވާލައި، ދިވެހި ތާރީހުގައި ދިވެހި ދައުލަތަށާއި އަމިއްލަ ވިޔަފާރިތަކަށް މާލީގޮތުން އެންމެ ބޮޑު ގެެއްލުމެއްދިން ސަރުކާރުގެ ގޮތުގައި ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަކީލް ވިދާޅުވެއްޖެްެވެ.

ޝަކީލް މިފަދައިން ވިދާޅުވީ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. ޝަކީލް އިތުރަށް ވިދާޅުވީ، ސޯލިހުގެ ސަރުކާރުން ނުދީ ހިފެހެއްޓި އަމިއްލަ ކުންފުނިތަކުގެ ފައިސާ ދިނުމުގެ އިތުރުން، އެތައް ބިލިއަން ރުފިޔާގެ ޕްރޮޖެކްޓްތައް މެދުވެވެރިކޮށް ސަރުކާރު ކުންފުނިތަކާއި އަމިއްލަ ކުންފުނިތަށް ކޮޅަށްޖަހަމުން އެދަނީ ރައީސުލްޖުމްހޫރިއްްޔާ ޑރ.މުއިއްޒު ކަމަށްށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން ރައީސް ސޯލިހްް ހުއްޓުވާލި މި ގައުމުގެ އިގްތިސާދުގެ އިންޖީނު ހިންގާލައި، ގައުމުގެ އިގްތިސާދު ބާރު ދުވެލީގައި ކުރިއަށް ގެންދިއުމުގެ މަސައްކަތް ވެސް ރައީސް ޑރ.މުއިއްޒު ދަނީ ކުރައްވަމުން ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.އަދި ރައީސުލްޖުމްހޫރިއްްޔާ ޑރ.މުއިއްޒު ކުރައްވާ މި މަސައްކަތުގެ ފޮނިމީރުކަން ދިވެހި ރައްޔިތުންނަށް ލަހެއްނުވެ ލިބިގެންދާނެ ކަމަށް ވެސް ޝަކީލުގެ ޕޯސްޓުގައި ވެއެވެ.

މީގެއިތުރުން، ރައީސް ސޯލިހުގެ ސަރުކާރު ނިމިގެން ދިޔައީ އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ އެތައް ބިލިއަނެެއް ނުދީ ކަމަށް ވެސް ޝަކީލު ވަނީ ވިދާޅުވެފައެވެ.

އިއްޔެ ކުރިއަށް ދިޔަ ރައްޤީގެ މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން،ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ،ނިމިދިޔަ ސަރުކާރުން ރާއްޖޭގެ އިގްތިސާދު ވައްޓާލި އަނދަވަޅުން ސަލާމަތްކުރެވި، ބަނގުރޫޓުކޮށްލަން ޑިޒައިންކޮށްފައި އޮތް އިގްތިސާދު ކޮޅަށް ޖެހުމަށް ސަރުކާރުން ކުރި ބުރަ މަސައްކަތްތަކާއެކު، އަމިއްލަ ވިޔަފާރިތަކުން ސަރުކާރަށް ކުރާ އިތުބާރު އަލުން ހޯދިއްޖެކަމަށް ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ސޯލިހުގެ ސަރުކާރު ނިމިގެން ދިޔައީ ދައުލަތަށް މާލީގޮތުން އެންމެ ބޮޑު ގެެއްލުމެއްދިން ސަރުކާރުގެ ގޮތުގައިޚަބަރު | 6 ގަޑިއިރު ކުރިން