logo
Bank of Maldives

Bank of Maldives

ޚަބަރު

ޙައްޖު މިޝަންގެ ޓީމް، ސަޢުދީއަށް ފުރައިފި

އައިޝަތު ނަޝާ
4 މޭ 2026 - 10:05
ޙައްޖު މިޝަންގެ ޓީމް، ސަޢުދީއަށް ފުރައިފި

ރާއްޖެއިން މިއަހަރުގެ ޙައްޖުގައި ބައިވެރިވާ ޙައްޖު މިޝަންގެ ޓީމް، ސަޢުދީއަށް ފުރައިފިއެވެ. މި ދަތުރުގައި ހައްޖު ކޯޕަރޭޝަންގެ 15 ބޭފުޅުން ފުރުމަށްވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ،މި ޓީމުގެ މައިގަނޑު މަސައްކަތަކަށް ވާނީ، މިމަހުގެ 15 ގައި ޙައްޖަށްދާ ޙައްޖުވެރިން ފުރުމުގެ ކުރިން ސަޢުދީގައި ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން ބަލައި އިންތިޒާމުތައް ހަމަޖެހިފައިވާކަން ކަށަވަރު ކުރުންކަަމަށެވެ. އެގޮތުން މައްކާ ހޮޓަލާއި، ޙައްޖުގެ މަޝާޢިރުތަކާއި، ދަތުރުފަތުރާއި، ކެންއިންބުއިމާއި، ސިއްޙީ އެންމެހާ އިންތިޒާމްތަކާއި ތައްޔާރީތައް ބަލާ، ސަޢުދީ ޙައްޖު މިނިސްޓްރީގެ މިންގަނޑަށް ހަމަޖައްސަފަވާކަން ކަށަވަރު ކުރާނެ ކަމަށް ޝަކީލް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ދެން މިއަދު މި ފުރާ 15 ބޭފުޅުންގެ ޓީމް ހަމަ ރެއާ ދުވާލު މަސައްކަތްކޮށް،މިމަހަުގެ 15 ވަނަ ދުވަހު ފުރާ ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް މައްކާއަށް ވަޑައިގަންނަން ވާއިރަށް މައްކާގަ ދިވެހި ހައްޖުވެރިންނަށް މަރުހަބާ ކިޔުމަށްޓަކާ ވާންޖެހޭ ހުރިހާ ތައްޔާރީތަކެއެް އިރާދަކުރެއްވިއްޔާ ކޮން ނިންމާނެ" ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ޝަކީލް

މީގެއިތުރުން ޝަކީލް ވިދާޅުވީ،ހައްޖު ކޯޕަރޭޝަންގެ މަޤްސަދަކަށް އަބަދުވެސް ވާނީ ކަންކަން އިތުރަށް ފުރިހަމަކޮށް ރަނގަޅުކުރުން ކަމަށާއި،މިގޮތުން މިއަހަރުގެ ހައްޖުގެ އިންތިޒާމްތައް މިދިޔަ އަހަރަށް ވުރެ ރަނގަޅު ކުރުމަށް މިހާރު ވާނީ ވަރަށް ގިނަ ކަންތައްތަކެއް ކޮށްފައިކަމަށެވެ.

އަދި ހައްޖުގެ އިންތިޒާމްތަށް ފުރިހަމަކުރަމުން ދިޔައިރު މަދުވެގެން ހަފްތާއަކު އެއްދުވަހު ރައިސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގުޅުއްވާ،ހައްޖުގެ ތައްޔާރީތަކާ ބެހޭ މައުލޫމާތު ސާފުކުރައްވާ،އަދި އިތުރަށް ރަނގަޅުކުރަން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ބައެއް ކަންތައްތައް ހިއްސާކުރައްވާފައިވާކަމަށް ވެސް ޝަކީލް ވިދާޅުވިއެވެ.

އަދި އެ ކޯޕަރޭޝަނުން މިހާރު ވާނީ އެމަނިކުފާނު އެދިވަޑައިގެންނެވި ގޮތަށް އެކަންކަން ފުރިހަމަކޮށްފައިކަމަށް ވެސް ޝަކީލް ވިދާޅުވިއެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޙައްޖު މިޝަންގެ ޓީމް، ސަޢުދީއަށް ފުރައިފިޚަބަރު | 4 ގަޑިއިރު ކުރިންހައްޖުވެރިންގެ އެހީތެރިންނަށް ހާއްސަ ތަމްރީނުތަކެއް ދިނުމަށް ނިންމައިފިޚަބަރު | 2 ދުވަސް ކުރިންއެކި ސަބަބުތަކާހުރެ އުމްރާ އަށް ނުފުރި ތިބި މީހުންނަށް ހާއްސަ އިންތިޒާމުތަކެއް ހައްޖު ކޯޕަރޭޝަނުން ހަމަޖައްސަނީޚަބަރު | 2 މަސް ކުރިންގްރޫޕަކަށް ފައިސާ ދެއްކުމަށްފަހު، އުމްރާ އަށް ނުދެވި ތިބި ބަޔަކަށް ހައްޖު ކޯޕަރޭޝަންގެ އެހީތެރިކަންޚަބަރު | 2 މަސް ކުރިން