logo
Bank of Maldives

Bank of Maldives

ޚަބަރު

ވަރަ އެކްސްޕޯގައި އެމްޕީއެލް ގެ ވަޒީފާގެ ފުރުސަތުތައް ކިޔާ ދޭނެ

އައިޝަތު ނަޝާ
7 ނޮވެމްބަރު 2025 - 12:31
ވަރަ އެކްސްޕޯގައި އެމްޕީއެލް ގެ ވަޒީފާގެ ފުރުސަތުތައް ކިޔާ ދޭނެ

"ވަރަ" އެކްސްޕޯގެ ނަމުގައި ހުޅުމާލޭގައި ފެށި އެކްސްޕޯގައި ހުރި އެމްޕީއެލްގެ ސްޓޯލަށް ޒިޔާރަތްކޮށްގެން އެ ކުންފުނީގެ ވަޒީފާގެ ފުރުސަތުތައް ބަލައި ލެވޭނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި އެކްސްޕޯ އިފްތިތާހުކޮށް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ ސާޖިދާ މުހައްމަދެވެ. މި އެކްސްޕޯ ކުރިއަށް ދާނީ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެކްސްޕޯއަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ވަޒީފާގެ ބާޒާރުގައި ދިވެހިން އިތުރުކޮށް، ވަޒީފާ އަދާ ކުރަމުންދާ މީހުން އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ގާބިލްކަން ހޯދައިދީ، ޒުވާނުން ބާރުވެރިކުރުވުމަށް ކުރިއަށްގެންދާ އެކްސްޕޯއެކެވެ.

އެމްޕީއެލް އިން ވަނީ،މި އެކްސްޕޯގެ އެމްޕީއެލްގެ ސްޓޯލަށް ޒިޔާރަތްކޮށްގެން އެމްޕީއެލްގައި ހުރި ވަޒީފާގެ ފުރުސަތުތައް ބަލައިލެވޭނެ ކަމަށް ބުނެފައެވެ.އަދި އެމްޕީއެލް ސްޓޯލްގައި މަޖާ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި އެކްސްޕޯއަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ވަޒީފާގެ ބާޒާރުގައި ދިވެހިން އިތުރުކޮށް، ވަޒީފާ އަދާ ކުރަމުންދާ މީހުން އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ގާބިލްކަން ހޯދައިދީ، ޒުވާނުން ބާރުވެރިކުރުވުމަށް ކުރިއަށްގެންދާ އެކްސްޕޯއެކެވެ.

ފާއިތުވި އަހަރުގެ މި އެކްސްޕޯއަށް އަށް ވަރަށް ބޮޑު ތަރުހީބެއް ލިބި، 10،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮލަމްބޯ ބަނދަރުން މުދާ ގެނައުމުގައި ދިމާވި ދަތިތައް ހައްލުވެއްޖެވިޔަފާރި | 8 ދުވަސް ކުރިންބޯޓުތައް ތިލަފުއްޓަށް ބަނދަރު ކުރުމުގެ މަސައްކަތް އެމްޕީއެލްއިން ފަށައިފިޚަބަރު | 12 ދުވަސް ކުރިންހައްޖު ދުވަހާއި އީދު ދުވަހު އެމްޕީއެލްގެ ހިދުމަތްތައް މެދުކަނޑާލަނީޚަބަރު | 18 ދުވަސް ކުރިންހަފްތާއެއް ތެރޭ އެމްޕީއެލްއިން 41،000 އަށް ވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއަރ ކޮށްފިޚަބަރު | މަހެއް ކުރިން