logo
Bank of Maldives

Bank of Maldives

ޚަބަރު

އެވޯޑުވެސްދޭގޮތަށް ''ދުޅަހެޔޮ ދިރިއުޅުން ކެމްޕެއިން'' ފަށައިފި

ޢައްފާން މުޙައްމަދު
8 ނޮވެމްބަރު 2025 - 13:01
އެވޯޑުވެސްދޭގޮތަށް ''ދުޅަހެޔޮ ދިރިއުޅުން ކެމްޕެއިން'' ފަށައިފި

ދުޅަހޮޔޮ މުޖުތަމައުއެއް ބިނާކުރުމާއި އާންމު ޞިއްޙަތު ކުރިއެރުވުމަށް ބާރުވެރިކުރެވިފައިވާ މުޖުތަމައުއެއް ރާއްޖޭގެ ހުރިހާ ރަށެއްގައި އުފެއްދުމުގެ މަޤްސަދުގައި ހިންގާ ޤައުމީ ކެމްޕެއިން، "ދުޅަހެޔޮ ދިރިއުޅުން ކެމްޕެއިން" ފަށައިފިއެވެ.

"ދުޅަހެޔޮ ދިރިއުޅުން ކެމްޕެއިން"ގެ ނަމުގައި އެ ހަރަކާތް އިންތިޒާމުކުރަނީ ހެލްތު މިނިސްްޓްރީންނެވެ. ކ. ގުރައިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހަރަކާތް އިފުތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ޞިއްހީ ވުޒާރާގެ ވަޒީރު އަބްދުﷲ ނާޒިމްގެ އިތުރުން އެ ވުޒާރާގެ އިސް އެހެން ބޭފުޅުންވެސް ބައިވެރިވެވަޑައިގަތެވެ.

ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދިޔައީ ގުރައިދޫ ކައުންސިލާއި ރަށުގައި ޤާއިމުވެފައިވާ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ ބައިވެރިވުމާއި އެހީތެރިކަމާއެކުގައެވެ.

މި ކެމްޕެއިނަކީ އާންމު ޞިއްޙަތު ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ދިރިއުޅުގެ އާދަތަކާއި ކެއުންބުއިން ބައްޓަންވެފައިވާ ގޮތާއި ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ރާއްޖޭގައި އާންމުވަމުންދާ ބަލިތަކުން ރައްޔިތުން ދުރުހެލިވެ ރައްކާތެރިކުރުމަށް ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ހިންގާ ކެމްޕޭނެކެވެ.

"ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމައު" ޝިއާރުގެ ދަށުން މި ކެމްޕެއިންގައި ކުޑަކުދިންނާއި ޒުވާނުންނާއި އަންހެނުން އަދި ދޮށި އުމުރުގެ މީހުންނަށް އަމާޒުކޮށް ދުޅަހެޔޮކަން ކުރިއަރުވާ އެކަމުގައި މަސޢޫލުވެ، ދެމެހެއްޓެނިވި އާއްމު ޞިއްޙަތާ ގުޅޭ ހަރަކާތަކެއް ހިންގާނެއެވެ.

ދުޅަހެޔޮ ދިރިއުޅުން މި ކެމްޕެއިން ހިންގުމަށް ހަމަޖެހިފައިވަނީ އެކި އިދާރާތަކަ ގުޅިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ ރަށު ފެންވަރުގައި އާއްމު ޞިއްޙަތާ ގުޅޭ ޙަރަކާތްތަށް ކާމިޔާބުކަމާއެކު ރޭވުމާއި ތަންފިޒުކުރުމަށް މުހިއްމު ދައުރެއް އަދާކުރާ ފަރާތްތަކެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • ރަށުގެ ސިއްހީ މަރުކަޒުތައް / ހޮސްޕިޓަލް
  • ތައުލީމީ ދާއިރާ، ސްކޫލް/ކޮލެޖު/ ޔުނިވާސިޓީ
  • ރަށު ކައުންސިލް
  • އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ
  • އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތައް
  • ސަރުކާރާއި އަމިއްލަ މުއައްސަސާތައް
  • ޔޫތު ފޯކަލް ޕޮއިންޓްސް

ހެލްތު މިނިސްޓްރީން ބުނީ މި ކެމްޕެއިންގައި ހިންގާ ހަރާކާތްތައް ގަވައިދުން މޮނީޓާކޮށް ވަޒަންކުރާނެ ކަމަށެވެ. އަދި ކެމްޕެއިންގެ ހަރަކާތްތަކަށް ރިޕޯޓު ހުށަހެޅުމުގެ ނިޒާމާއި އިންތިޒާމު ގާއިމުކޮށްފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ކެމްޕެއިންގެ މަސައްކަތާއި ހަރަކާތްތަކުން އާންމު ސިއްހަތު ކުރިއެރުވުމަށް އެންމެ ރަނގަޅަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށާއި މަސައްކަތުގައި ދެމިހުރުމަށް ހިތްވަރު ދިނުމަށް އެވޯޑުތަޖެއް ތައާރަފުކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އެއީ:

  • ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމައު ރަށު އެވޯޑް
  • ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމައު ސްކޫލު އެވޯޑް
  • ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމައު ޖަމިއްޔާ އެވޯޑް

އެއީ ކަނޑައެޅޭ މިންގަނޑުތަކެއްގެ މައްޗަށް ބިނާކޮށް އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރާ ފަރާތަކަށް ކޮންމެ އަހަރަކު ދޭނެ އެވޯޑުތައް ކަމަށް މިނިސްޓްރީން ބުންޏެވެ.

ދިރިއުޅުމުގެ މާހައުލާއި އާދަތަކާ އާންމުކޮށް ގުޅިފައިވާ، ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި ވަރަށް އާންމެވެ. އޭގެ ތެރޭގައި ހިމެނޭ މައިގަނޑު ބަލިތަކަކީ، ކެންސަރާއި ހިތުގެބައްޔާއި ސްޓްރޯކާއި ފުއްޕާމޭގެ ދާއިމީ ބަލިތަކާއި ހަކުރުބައްޔާއި ކިޑްނީ ބައްޔާއި ނަފްސާނީ ބަލިތަކެވެ.

ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތު އެނގޭ ގޮތުގައި، ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ގާތްގަނޑަކަށް 84 އިންސައްތަ ހިއްސާ ކުރާ ބަލިތަކަކީ ސިއްހަތަށް ނުރަނގަޅު އާދަތަކާ ގުޅިފައިވާ ބަލިތަކެވެ.

އެފަދަ ބަލިތަކަށް ހުށަހެޅޭ އެންމެ މުހިންމު ހިރާސްތަކަކީ ކެއިންބުއިމުގެ ނުރަނގަޅު އާދަތަކާއި، ދުންފަތުގެ އިސްތިޢުމާލުކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، އެކަށީގެންވާ މިންވަރަށް ހެލިފެލިވެ ނޫޅުން ފަދަ އާދަތަކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެވޯޑުވެސްދޭގޮތަށް ''ދުޅަހެޔޮ ދިރިއުޅުން ކެމްޕެއިން'' ފަށައިފިޚަބަރު | 9 ގަޑިއިރު ކުރިންސީއާރުވީއެސް ކޮންފަރެންސްގައި ހެލްތް މިނިސްޓްރީއިން ބައިވެރިވެއްޖެޚަބަރު | 4 މަސް ކުރިން