logo
MPL

MPL

ޚަބަރު

ސީއާރުވީއެސް ކޮންފަރެންސްގައި ހެލްތް މިނިސްޓްރީއިން ބައިވެރިވެއްޖެ

އާމިނަތު ޝަފާ
26 ޖޫން 2025 - 16:57
ސީއާރުވީއެސް ކޮންފަރެންސްގައި ހެލްތް މިނިސްޓްރީއިން  ބައިވެރިވެއްޖެ

ސިވިލް ރެޖިސްޓްރޭޝަން އެންޑް ވައިޓަލް ސްޓެޓިސްޓިކްސް (ސީއާރުވީއެސް) ކޮންފަރެންސްގައި މިނިސްޓްރީ އޮފް ހެލްތު އިން ބައިވެރިވެއްޖެއެވެ.

ތައިލެންޑްގެ ބެންކޮކްގައި މިމަހުގެ 24 އިން 26 އަށް ބޭއްވި އޭޝިއާ އެންޑް ޕެސިފިކްގެ ތިންވަނަ ސިވިލް ރެޖިސްޓްރޭޝަން އެންޑް ވައިޓަލް ސްޓެޓިސްޓިކްސް (ސީއާރުވީއެސް) ކޮންފަރެންސްގައި މިނިސްޓްރީގެ ފަރާތުން އިސްކޮށް ހުންނެވީ ސްޓޭޓް މިނިސްޓަރ އަހްމަދު ގާސިމްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ކޮންފަރެންސްގައި ސަރަހައްދީ އޮފިޝަލުންނާއި ޑިވެލޮޕްމަންޓް ޕާޓްނަރުން އެއްތަނަކަށް އެއްވެ ކާމިޔާބީތައް ފާހަގަކޮށް، ކުރިއެރުންތައް ވަޒަންކޮށް، އާންމު ސިއްހަތާއި ތަރައްގީގެ ޕްލޭނިން އަށް ތާއީދުކުރާ ސީއާރުވީއެސް ނިޒާމުތައް ކުރިއެރުވުމަށް ފާހަގަކޮށްފައިވެ އެވެ. އަދި ސީއާރުވީއެސް ޑިކޭޑްގެ އަމާޒުތައް 2030 ވަނަ އަހަރުގެ އެޖެންޑާ ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓާ އެއްގޮތްކޮށްގެން ގައުމީ އަދި ސަރަހައްދީ ވައުދުތައް އާކުރުމުގެ ޕްލެޓްފޯމެއް ޤާއިމުކުރިއެވެ.

މި ކޮން ފަރެންސްގައި ރާއްޖެއިން ސީއާރުވީއެސް އާއި ސިއްހީ ނިޒާމުތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާއި ތަޖުރިބާތަކާއި ސްޓްރެޓެޖީތައް ވަނީ ހިއްސާކޮށްފައެވެ. އަދި ޑިޖިޓަލް ރަޖިސްޓްރޭޝަން އިތުރުކުރުމާއި، މަރުގެ ސެޓްފިކެޓް ރަނގަޅުކުރުމާއި، ކޮންމެ ފަރުދަކު އުފަންވުމުން ފެށިގެން މަރުވުމާ ހަމައަށް ހެލްތު ރެކޯޑްސް ބެހެއްޓުން މިހާރަށްވުރެ ހަރުދަނާކުރުމާ ގުލޭގޮތުން މައުލޫމާތު ހިއްސާކުރެވުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުގެ ހިންގާ ގަވާއިދަށް އަމަލުކުރަން ފަށައިފިޚަބަރު | މަހެއް ކުރިންދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 79 ވަނަ ވަރލްޑް ހެލްތު އެސެމްބްލީ ފެށިއްޖެޚަބަރު | 5 މަސް ކުރިންއެވޯޑުވެސްދޭގޮތަށް ''ދުޅަހެޔޮ ދިރިއުޅުން ކެމްޕެއިން'' ފަށައިފިޚަބަރު | އަހަރެއް ކުރިންސީއާރުވީއެސް ކޮންފަރެންސްގައި ހެލްތް މިނިސްޓްރީއިން ބައިވެރިވެއްޖެޚަބަރު | އަހަރެއް ކުރިން