logo
Bank of Maldives

Bank of Maldives

ޚަބަރު

ހެލްތު އެކްސްޕޯ ބުރާސްފަތި ދުވަހު ފަށަނީ

އައިޝަތު ނަޝާ
9 ނޮވެމްބަރު 2025 - 06:24
ހެލްތު އެކްސްޕޯ ބުރާސްފަތި ދުވަހު ފަށަނީ

ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ ޚާއްސަ ސިޔާސަތުގެ ދަށުން، ޞިއްޙީ ދާއިރާގެ ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ ހެލްތު އެކްސްޕޯ މި މަހުގެ 13 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 އިން 15 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި އެކްސްޕޯގެ ހުރިހާ ކަމެއް ކުރިއަށްގެންދަނީ ހެލްތް މިނިސްޓްރީންނެވެ. މިއީ ޞިއްޙީ އެކި ކަންކަމަށް ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، މި މަސައްކަތުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުމަށް ބާއްވާ އެކްސްޕޯއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުޅިގެން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެކްސްޕޯއާ ގުޅޭގޮތުން ދެއްވި އިންޓަވިއުއެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، މިދިޔަ އަހަރުގެ އެކްސްޕޯއާ ޚިލާފަށް މިއަހަރު އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުންވެސް އެކްސްޕޯގައި ބައިވެރިވާނެކަމަށެވެ.

ނާޒިމް ވިދާޅުވީ،ސަރުކާރުގެ ސިއްހީ ސިޔާސަތުތައް ބައްޓަން ކުރުމުގައި އެންމެ އިސްކަމެއް ދެނީ ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށް ކަމަށާއި، އަދި ސަރުކާރުން އިސްކަންދެނީ ބަލިވުމުގެ ކުރިން ބަލިތަކުން ރައްކާތެރިވެ ތިބުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަމަށްކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހެލްތު އެކްސްޕޯ 2025 އަކީ މި ސަރުކާރަށް ދެ އަހަރު ފުރޭ މުނާސަބަތުގައި ބާއްވާ އެކްސްޕޯއެއް ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިއްހީ ނިޒާމަށް ބޮޑު ކުރިއެރުމެއް, ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީގެ ބިންގާ އަޅައިފިޚަބަރު | 3 ދުވަސް ކުރިންއެމްޑީޕީގެ ސަރުކާރުގައި ހަވާލުކުރި ސިއްހީ ދާއިރާގެ މަޝްރޫޢުތަކުން 60 މިލިއަން ރުފިޔާގެ އިސްރާފެއްޚަބަރު | މަހެއް ކުރިންއިތުރު 17 ރަށަކަށް އައު އެމްބިއުލާންސް ހަވާލުކޮށްފިޚަބަރު | 2 މަސް ކުރިންހެލްތް މިނިސްޓްރީގެ ޑިޖިޓަލް ޕޯޓަލް، "އިތާ" އިފްތިތާހުކޮށްފިޚަބަރު | 2 މަސް ކުރިން