logo
Bank of Maldives

Bank of Maldives

ޚަބަރު

އަތޮޅުތަކަށް ބޭނުންވާ 56 އެމްބިއުލާންސް ރާއްޖެ ގެނެސްފި

މުޙައްމަދު އަފްރާޙް
17 ޖެނުއަރީ 2026 - 17:41
އަތޮޅުތަކަށް ބޭނުންވާ 56 އެމްބިއުލާންސް ރާއްޖެ ގެނެސްފި

އަތޮޅުތަކަށް ބޭނުންވާ 56 އެމްބިއުލާންސް ރާއްޖެ ގެނެސްފިއެވެ.

މިއީ އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތްދޭ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގައި ހުރި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ، ވީރާނާވެފައިވާ އެމްބިއުލާންސްތަކުގެ ބަދަލުގައި އަލަށް އެމްބިއުލާންސް ހޯދުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓުގެދަށުން ގެނައި އެމްބިއުލާންސްތަކެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހެލްތު މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓްގެ ދަށުން 56 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސް ފޯރުކޮށްދީފައިވާ ކަމަށާއި މިއީ 65.3 މިލިއަން ރުފިޔާގެ ތަކެތިކަމަށެވެ.

މިވަގުތު އެމްބިއުލަންސްގެ ޚިދުމަތް މެދުކެނޑިފައިވާ ރަށްތައް ފާހަގަކޮށް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 56 އެމްބިއުލަންސް ގެނައުމަށް އެމްޕީއެލްއާ ހަވާލުކުރީ 2025 ވަނަ އަހަރުއެވެ. ތިން ބުރަކަށް ބަހާލައިގެން އެމްޕީއެލް އިން ވަނީ މިހިނގާ ޖަނަވަރީ މަހުގެ ތެރޭގައި ހުރިހާ އެމްބިއުލަންސް ދިވެރާއްޖެއަށް ގެނެސްފައެވެ.

މި އެމްބިއުލާންސްތަކުގެ އިތުރަށް މިއަހަރުގެ ތެރޭގައި އިތުރު 31 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސްތަކަކާއި، ގްރޭޓަރ މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ދިނުމަށް އެތަންތަނަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ގެނެވި އެ ޚިދުމަތްވެސް ފެށިގެންދާނެކަމަށް ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.

ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށް ދެމެހެއްޓެނިވި ގޮތުގައި އެމްބިއުލަންސްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އަދުގެ ސަރުކާރުގެ މުހިއްމު އަމާޒެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިތުރު 17 ރަށަކަށް އައު އެމްބިއުލާންސް ހަވާލުކޮށްފިޚަބަރު | 13 ދުވަސް ކުރިންހެލްތް މިނިސްޓްރީގެ ޑިޖިޓަލް ޕޯޓަލް، "އިތާ" އިފްތިތާހުކޮށްފިޚަބަރު | 14 ދުވަސް ކުރިންރާއްޖޭގެ އާބާދީގެ މައްސަލަތަކަށް ހައްލު ހޯދުމަށް "ސްމާޓް ކެއަރ ޕޮލިސީ" ތަކެއް އެކުލަވާލަނީޚަބަރު | 18 ދުވަސް ކުރިންސިއްހަތަށްކުރާ ހޭދައަކީ ދުޅަހެޔޮ ރައްޔިތެއް ބިނާ ކުރުމަށް ކުރާ ބޮޑު އިންވެސްޓްމެންޓެއް: ޑރ. ގީލާޚަބަރު | 21 ދުވަސް ކުރިން