logo
Bank of Maldives

Bank of Maldives

ޚަބަރު

ހަނިމާދޫ އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް މޯދީގެ ޚާއްސަ މަންދޫބެއް

އައިޝަތު ނަޝާ
9 ނޮވެމްބަރު 2025 - 08:28
ހަނިމާދޫ އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް މޯދީގެ ޚާއްސަ މަންދޫބެއް

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚާއްސަ މަންދޫބެއް ރާއްޖެ ވަޑައިގެންފިއެވެ.

މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގަތީ އިންޑިއާގެ ސިވިލް އެވިއޭޝަން މިނިސްޓަރެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ އިންޑިއާގެ އެގްޒިމް ބެންކްގެ ލޯނު އެހީގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެންމެ ބޮޑެތި A-320 އަދި ބޮއިން 737 މަރުކާގެ ބޯޓުތައް ޖެއްސޭ ފެންވަރަށް ތަރައްޤީކޮށްފައިވާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު މިރޭ ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

 

މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ވަޑައިގެންނެވި އެޤައުމުގެ ސިވިލް އެވިއޭޝަން މިނިސްޓަރ ކިންޖަރަޕޫ ރާޕް މޯހަން ނައިޑޫއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ.

G5SxNanbIAUh1kZ.jpeg



ހަނިމާދޫ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަތޮޅުތަކުގެ އެއަރޕޯޓުތަކުގެ ތެރެއިން ފުރަތަމަ ފަހަރަށް އެއިރޯ ބްރިޖާއެކު ތަރައްޤީކޮށްފައިވާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކޮށްފައިވަނީ އަހަރަކު 1.3 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ފެންވަރަށެވެ.

މި މަސައްކަތްކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީއާއި ހަވާލުކޮށްގެންނެވެ. މި މަޝްރޫޢަކީ 136.6 މިލިޔަން ޑޮލަރުގެ މަޝްރޫޢެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަނިމާދޫ އެއާޕޯޓު: އުތުރުގެ ތަރައްޤީގެ އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް ސިޔާސަތު ޙަޤީޤަތަކަށް ހެދުމުގެ މުހިންމު އެއް ވަސީލަތްރިޕޯޓް | މަހެއް ކުރިންހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ނިންމައި ރަސްމީކޮށް ހުޅުވައިފިޚަބަރު | މަހެއް ކުރިންމިއީ ރާއްޖޭގެ އުތުރުގެ ތަރައްގީ ހާސިލް ކުރުމުގެ އެއް ކާމިޔާބީ: ރައީސްޚަބަރު | މަހެއް ކުރިންހަނިމާދޫ އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް މޯދީގެ ޚާއްސަ މަންދޫބެއްޚަބަރު | މަހެއް ކުރިން