logo
MPL

MPL

ޚަބަރު

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ނިންމައި ރަސްމީކޮށް ހުޅުވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
9 ނޮވެމްބަރު 2025 - 16:43
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ނިންމައި ރަސްމީކޮށް ހުޅުވައިފި

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫޢު ނިންމައި، މިރޭ ރަސްމީކޮށް އެ އެއާޕޯޓު ހުޅުވައިފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ ހަނިމާދޫ އެއާޕޯޓް ސަރަހައްދުގައެވެ. މި އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަތެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް މުޢިއްޒު މިރޭ ހަނިމާދޫއަށް ވަޑައިގެންފައިވަނީ މޯލްޑިވިއަންގެ އޭ-320 މަރުކާޒުގެ މަތިންދާ ބޯޓެއްގައެވެ. މިއީ ނެރޯ ބޮޑީގެ އެންމެ ބޮޑު އެއަރކްރާފްޓްތަކުގެ ތެރޭގައި ހިމެނޭ މަތިންދާބޯޓެއް ހަނިމާދޫއަށް ޖެއްސި ފުރަތަމަ ފަހަރެވެ.

ހަނިމާދޫއަށް ނިސްބަތްވާ ޕައިލެޓަކާއެކު މި މަތިންދާބޯޓު ޖެއްސުމާއެކު އެއަރޕޯޓުން ވަނީ ވޯޓަރ ސެލިއުޓެއް އަރުވާފައެވެ. އަދި އެއިރޯ ބްރިޖުން ރައީސުލްޖުމްހޫރިއްޔާ ހަނިމާދޫ އެއަރޕޯޓުގެ ޓަރމިނަލަށް ފައިބާވަޑައިގަތުމާއެކު އެމްއޭސީއެލްއާއި، ސަރުކާރުގެ އިސްވެރިން ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ.

 

Miee rajjeyge uthuruge tharahgee hasil kurumuge eh kamiyabee: Raees | Mendhuru TvTikTokYouTubeInstagramXFacebook

Miee rajjeyge uthuruge tharahgee hasil kurumuge eh kamiyabee: Raees | Mendhuru TvTikTokYouTubeInstagramXFacebook

 

މި ރަސްމިއްޔާތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، މަޖިލީހުގެ ރައީސް ޢަބުދުއްރަޙީމް ޢަބުދުﷲ އާއި ސަރުކާރުގެ އިތުރު ވެރިން ވެސް ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން އިންޑިއާގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން ކިންޖަރާޕޫ ރާމް މޯހަން ނައިޑޫ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ ހަވާ އެރުވުމުގެ ހަރަކާތަކާއެކު، ވަރަށް ފުރިހަމަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ.

އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސް މުޢިއްޒު ވަނީ އެ އެއާޕޯޓްގައި ބަހައްޓާފައިވާ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު އޭޓީއެމާއި، ވައިގެ ބަނދަރުގެ ޑޮލަރު ކައުންޓަރ ވެސް ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.

މީގެ އިތުރުން، އެމަނިކުފާނު ވަނީ ވައިގެބަނދަރުގެ އާ ޓާމިނަލްގެ އެކި ސަރަހައްދުތައް ބައްލަވާލައްވާފައެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫޢަކީ ރާއްޖޭގެ އުތުރުގެ ރަށްތަކުގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމަށް ބެލެވޭ މަޝްރޫޢެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑޮލަރުގެ ސިޔާސަތުތައް ބައްޓަންކުރަނީ ފެކްޓް ބޭސްޑްކޮށް، ދިރާސާތަކަށްފަހު: ރައީސްޚަބަރު | 3 ގަޑިއިރު ކުރިން އިހުތިރާމް ކުރުމުގެ ރޫހު ވަނީ ނެތިފައި، އެއް ނިޔަތެއްގައި އިސްލާހު ކުރަން އުޅެފިއްޔާ މިއީ އުނދަގޫ ކަމެއް ނޫން: ރައީސްޚަބަރު | 4 ގަޑިއިރު ކުރިން ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް ފާސްކޮށްފިޚަބަރު | 9 ގަޑިއިރު ކުރިންއިސްލާމްއާބާދުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސްގެ ތައުޒިޔާޚަބަރު | 10 ގަޑިއިރު ކުރިން