logo
Bank of Maldives

Bank of Maldives

ޚަބަރު

މިއީ ރާއްޖޭގެ އުތުރުގެ ތަރައްގީ ހާސިލް ކުރުމުގެ އެއް ކާމިޔާބީ: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
9 ނޮވެމްބަރު 2025 - 16:09
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށްފަހު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ގައުމީ އެއާލައިންގެ ބޮޑު ބޯޓޫ ހަނިމާދޫ އަށް ޖައްސާފައި
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށްފަހު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ގައުމީ އެއާލައިންގެ ބޮޑު ބޯޓޫ ހަނިމާދޫ އަށް ޖައްސާފައި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީ ކުރުމުގެ މަސައްކަތް ނިންމައި މިރޭ ހުޅުވިގެންދާއިރު، މިއީ މުޅި ރާއްޖެ އަށް ޚާއްޞަކޮށް އުތުރުގެ ތަރައްގީ ހާސިލްވުމުގެ އެއް ކާމިޔާބީ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާދީއްތަ ދުވަހުގެ ރޭ ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީ ކުރުމުގެ މަސައްކަތް ނިންމައި ހުޅުވުމަށް ހަނިމާދޫގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އެމަނިކުފާނު އެރަށަށް ވަޑައިގެންނެވުމުން ހަނިމާދޫގައި ތަރައްގީ ކުރުމުގެ މަސައްކަތް ފެށިފައިވާ އެއާޕޯޓާއި ގުޅޭގޮތުން ރައްޔިތުން ސުވާލުކުރިކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެދުވަހު ވެރިކަން ކަމަށް ވެވަޑައިގެންނެވިއްޖެނަމަ، އެއާޕޯޓްގެ މަސައްކަތް މިހާރަށްވުރެ އަވަސްކޮށް، ހަލުވިކުރާނެކަމަށް ދެންނެވިކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަސައްކަތް އަވަސްވާނެގޮތަށް ކަންކަން އިންތިޒާމު ކުރާނެކަމަށް ވިދާޅުވިކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ވިދާޅުވިގޮތަށް އެ މަސައްކަތް އަވަސްކޮށް، ހަލުވިކޮށް 30 އަކަށް ޕަސެންޓް ނިމިފައި އޮތް އެއާޕޯޓް އެއްކޮށް މިހާރު ނިންމާފައިވާ ކަމަށެވެ.

މިކަމާއެކު އެ ސަރަހައްދަށް އުމްރާނީ، އިޖުތިމާއީ އަދި އިގްތިސޯދީ ބޮޑު ކުރިއެރުމަކާއި ފައިދާތައް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ރާއްޖޭގެ ވިޔަފާރިވެރިން އެ ސަރަހައްދުގައި އިންވެސްޓްކޮށް، މި ރަނުގެ ފުރުސަތުގެ ބޭނުން ހިފުމަށް ގޮވައިލައްވާފައެވެ. އަދި ބޭރުގެ ވިޔަފާރިވެރިންނަށް ވެސް އެ ސަރަހައްދުގައި އިންވެސްޓް ކުރުމަށް ރައީސް ވަނީ ގޮވައިލައްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަނިމާދޫ އެއަރޕޯޓު ވެގެންދާނީ ބޮޑުތިލަދުންމަތީ ތަރައްޤީގެ ދޮރާއްޓަށް, ފުރުޞަތުގެ ބޭނުން ހިއްޕަވާ: ރައީސް ޚަބަރު | 23 މިނިޓު ކުރިންހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ނިންމައި ރަސްމީކޮށް ހުޅުވައިފިޚަބަރު | 2 ގަޑިއިރު ކުރިންމިއީ ރާއްޖޭގެ އުތުރުގެ ތަރައްގީ ހާސިލް ކުރުމުގެ އެއް ކާމިޔާބީ: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންކޮލެޖު ހިންގާތާ 15 އަހަރުވުމުން ޔުނިވަރސިޓީއެއްގެ ދަރަޖަ ލިބޭގޮތަށް ޤާނޫނަށް ގެނައި އިސްލާހުގެ ބިލު ރައީސް ތަސްދީގުކުރައްވައިފިޚަބަރު | 6 ގަޑިއިރު ކުރިން