logo
ފޭސް 2 ގައި ނުރައްކާތެރި އެކްސިޑެންޓެއް، 19 އަހަރުގެ ޒުވާނެއް ނިޔާވެއްޖެBank of Maldives

Bank of Maldives

ރިޕޯޓް

ހަނިމާދޫ އެއާޕޯޓު: އުތުރުގެ ތަރައްޤީގެ އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް ސިޔާސަތު ޙަޤީޤަތަކަށް ހެދުމުގެ މުހިންމު އެއް ވަސީލަތް

މުހައްމަދު މޫސާމުހައްމަދު މޫސާ
10 ނޮވެމްބަރު 2025 - 15:07
ހަނިމާދޫ އެއާޕޯޓު: އުތުރުގެ ތަރައްޤީގެ އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް ސިޔާސަތު ޙަޤީޤަތަކަށް ހެދުމުގެ މުހިންމު އެއް ވަސީލަތް

 

Ad by Hajj Corporation

Ad by Hajj Corporation

އާދީއްތަ ދުވަހުގެ ރެޔަކީ ބޮޑުތިލަދުންމައްޗާއި އުތުރަށް، ޖުމްލަ ގޮތެއްގައި މުޅި ރާއްޖޭގެ ތަރައްގީގެ އައު ބާބަކަށް ސޮފްޙާއެއް އެއްލިގެން ދިޔަ ރެއެކެވެ. ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ސަރުކާރުން ތަރައްގީކުރި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވިގެން ދިޔަ ރެޔެވެ.

މިތަން ހުޅުވިގެން ދިޔުމާއެކު އިދިކޮޅު އެމްޑީޕީން ވަނީ ''މިލްކުވެރިކަން ކަށަވަރުކުރުމުގެ'' ދަޢުވާއެއް ފަށާފައެވެ. ނަމަވެސް އެއީ އިތުރު ދަޢުވާއެއް ކުރެވޭވަރަށްވުރެ ސާފުކޮށް ފެންނާން އޮތްކަމެކެވެ. ރޭގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިފަދައިން އެ އެއާޕޯޓްގެ މަސައްކަތް ހަލުވިކުރުމަށް ހުރިކަންކަން ހައްލުކޮށް، މަސައްކަތް އަވަސްކޮށް، ބާކީ 70 އިންސައްތަ މަސައްކަތް މި ސަރުކާރުގެ އަމާޒަށް ނިންމާލީ ސީދާ މި ސަރުކާރުންނެވެ.

އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި އެ އެއާޕޯޓަކީ އުތުރުގެ ތަރައްޤީ އަށް މި ސަރުކާރުން ތަންފީޒު ކުރަމުން ގެންދާ އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް ސިޔާސަތު ޙަޤީޤަތަކަށް ހެދުމުގެ މުހިންމު އެއް ވަސީލަތެއްކަން ވަނީ ފާހަގަކުރަށްވާފައެވެ. މީގެ އިތުރުން ވެސް ރައީސް ވަނީ މި އެއާޕޯޓުގެ މުހިންމުކަމާއި، އެތަން ތަރައްގީކުރެވުމުން ލިބޭނެ ފޮނި ނަތީޖާތަކުގެ މައްޗަށް ވަރަށް ތަފްސީލްކޮށް ވާހަކަފުޅު ދައްކަވާފައެވެ.

އުތުރުގެ ތަރައްޤީގެ ދޮރޯށި

ރައީސް ފާހަގަކުރެއްވި ގޮތުގައި ހަނިމާދޫ އެއަރޕޯޓް ހުޅުވިގެންދިޔައީ ހަމައެކަނި އާ އެއަރޕޯޓެއްގެ އިންފްރާސްޓްރަކްޗަރއެއްގެ ގޮތުގައެއް ނޫނެވެ. މިއީ ހއ.، ހދ.، ށ. އަދި ބޮޑުތިލަދުންމަތީގެ ހުރިހާ އަތޮޅެއްގެ ރައްޔިތުންނަށް ހުޅުވިގެންދިޔަ ތަރައްގީގެ ދޮރޯއްޓެކެވެ.

ރިޔާސީ އިންތިޚާބުގައި މި ސަރުކާރުން ރައްޔިތުންނަށް ހުށަހެޅި ތަރައްޤީގެ ޕްލޭންގައި، އުތުރުގެ ހަތަރު އަތޮޅާއި ދެކުނުގެ ހަތަރު އަތޮޅު "އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯން" ތަކެއްގެ ގޮތުގައި ތަރައްޤީކުރުމަށް ވަނީ ހިމަނާފައެވެ. މިގޮތުން، އެކިއެކި މަތީ ފަންތީގެ ތަރައްޤީގެ ކަންކަން ގުޅި ލާމެހިގެންދާނެގޮތަށް އެ ޕްލޭންގައި ވެއެވެ.

އުތުރުގެ ދެމެހެއްޓެނިވި ތަރައްޤީއަށް މުހިންމު

އުތުރުގެ މި ތަރައްޤީގެ އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް ސިޔާސަތު ޙަޤީޤަތަކަށް ހެދުމުގައި، ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓަކީ އެންމެ މުހިންމު އެއް ވަސީލަތްކަން ރައީސް މުޢިއްޒު ވަނީ ފާހަގަކުރަަށްވާފައެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ތަރައްޤީގެ، ޚާއްޞަކޮށް ރާއްޖޭގެ އެންމެ އުތުރުގެ ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމުގެ އެންމެ މުހިންމު އެއް ކާމިޔާބީ މިވަނީ ޙާސިލުވެފައެވެ. މި ދޮރޯށިން، ހދ. އަތޮޅާއި، މި ސަރަޙައްދުގެ ޓޫރިޒަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އިޤްތިޞާދީ ކުރިއެރުމާއި، އިޖުތިމާޢީ ކުރިއެރުމާއި، ޖުމްލަކޮށް ތަރައްޤީގެ ކުރިއެރުމަށް، ވަރަށް ބޮޑު މަސައްކަތްތަކެއް ކުރުމުގެ މަގުފަހިވެގެންދާނެއެވެ.

ޓޫރިޒަމް ފުޅާކުރުމަށް ދެވޭ އިސްކަން

ރާއްޖޭގެ ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި، އަދި ހަލުވި މިނުގައި ހާސިލުކުރުމުގެ ވަރަށް މުހިންމު ވަސީލަތެއްގެ ގޮތުގައި ހަނިމާދޫ އެއަރޕޯޓް ފާހަގަކުރެވެއެވެ. ހަނިމާދޫ އާއި ހދ. އަތޮޅަށް، ބޮޑުތިލަދުންމަތީގެ ހުރިހާ ރައްޔިތުންނަށް ލިބިގެންދާ މި ފުރުޞަތުގެ ބޭނުން އެންމެ ފުޅާމިނުގައި ހިފުމަށް ސަރުކާރުން ބާރުއަޅައެވެ. ރައީސްގެ ވާހަކަފުޅުގައި އެކަން ވަނީ ފާހަގަކުރަށްވާފައެވެ.

''މި ދޮރޯށްޓަކީ، ރާއްޖޭގެ ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި، އަދި ހަލުވި މިނުގައި ހާސިލުކުރުމުގެ ވަރަށް މުހިންމު ވަސީލަތެކޭ. މި ރަށާއި، މި އަތޮޅަށް، ބޮޑުތިލަދުންމަތީގެ ހުރިހާ ރައްޔިތުންނަށް މި ލިބިގެންދާ ފުރުޞަތު އަޅުގަނޑު އެދެނީ، ވަރަށް ފުޅާމިނުގައި އަޅުގަނޑުމެން ބަލައިގަނެ، އޭގެ ބޭނުންހިފަން ފަށަން. މި އަތޮޅުގައި ޚާއްޞަކޮށް، އަދި މި ސަރަޙައްދުގައިވެސް އެކަށީގެންވާ ވަރަކަށް ޓޫރިޒަމެއް ނެތް އަދި ގެނެވިފައެއް. ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ވަޢުދުވިން، އަދި އިރާދަކުރެއްވީތީ އެ މަސައްކަތް ކުރަމުން މިދަނީ، ޚާއްޞަކޮށް މި އަތޮޅަށް، އަދި މި ސަރަޙައްދަށް ޓޫރިޒަމް ފުޅާކުރަން.'' ރައީސް މުޢިއްޒު ވިދާޅުވެފަވެއެވެ.

ނާގޯށީ މަސައްކަތާއި އިންވެސްޓްމަންޓް ފުރުޞަތުތައް

މި ސަރުކާރުން ވަރަށް އިސްކަމެއް ދީގެން، އެމް.ޓީ.ޑީ.ސީ.އަށް އެކި ކަންކަން ހަމަޖައްސައިދީ، ހދ. ނާގޯށީގައި މަސައްކަތްކުރަމުން އަންނަ ރިސޯޓް ތަރައްގީކުރުމުގެ މަޝްރޫޢު ފަށާފައިވާކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިއީ ޓޫރިޒަމް ހދ. އަތޮޅަށް ގެނައުމުގައި، އަދި ބޮޑުތިލަދުންމަތީގައި ޓޫރިޒަމް ފައްކާކުރުމުގެ އެންމެ މުހިންމު އެއް ފިޔަވަޅެވެ. މީގެ އިތުރުން، ހއ.، ހދ.، ށ. އަތޮޅުތަކުގައި ފަޅުތަކުން ލުއިތަކެއް ދީގެން، ލީޒްއެންޑް އަދި އެހެން ކަންކަމުގެ ތެރެއިން، އިންވެސްޓަރުންނަށް ވަނީ ފުރުޞަތުތައް ހުޅުވާލާފައެވެ. މިގޮތުން، ވަރަށް ގިނަ ފަރާތްތަކުން ކުރިމަތިލާފައިވާއިރު، އެ ޕްރޮސެސް ދަނީ ކުރިއަށެވެ. ހަނިމާދޫ އެއާޕޯޓަކީ، އިންވެސްޓްމަންޓްތައް ހުށަހަޅާ ފަރާތްތަކުގެ ކޮންފިޑެންސަށް، އަދި ކުރިއަށް އޮތްތާނގައި މި އަތޮޅުތަކުގެ ޓޫރިޒަމް ކުރިއެރުވުމުގައި، މި އެއަރޕޯޓް ހަމަ ޔަޤީނުންވެސް ވަރަށް ބޮޑު ބޫސްޓެއް ގެންނާނެކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

ސަރުކާރުން މަސައްކަތް އަވަސްކުރުން

މި ސަރުކާރާ ހަވާލުވިއިރު، ހަނިމާދޫ އެއަރޕޯޓްގެ މަސައްކަތުގެ ގާތްގަނޑަކަށް %30 ނިމިފައިވަނިކޮށް، އިންޑިއާ ސަރުކާރާއި، ކޮންޓްރެކްޓަރާއި، ދިވެހި ސަރުކާރާއި، ހުރިހާ ފަރާތްތަކާ ގުޅިގެން ކުރި މަސައްކަތުން، %70 މިހާ އަވަހަށް ނިންމާފައިވަނީ،ހަނިމާދޫއާއި، ހދ. އަތޮޅާއި،ބޮޑުތިލަދުންމަތީ ސަރަޙައްދުގެ ހުރިހާ ރައްޔިތުންނަށް އަވަސްމިނެއްގައި އިޤްތިޞާދީ ފަހި ފުރުޞަތުތައް ހޯދައިދީ، އިންވެސްޓަރުން މި ސަރަޙައްދަށް ގެނެސްދީ، އާމްދަނީގެ ފުރުޞަތުތައް އިތުރުކޮށްދިނުން އަވަސްކުރުމުގެ ބޭނުމުގައިކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ. މިކަމުގެ ސަބަބުން ޓޫރިޒަމްގެ ދާއިރާއިން ވަޒީފާގެ ފުރުޞަތުތަކާއި، އެހެން ކަންކަންވެސް ހަމަޖެހިގެންދާނެއެވެ.

ފުޅާ އިޤްތިޞާދީ ފުރުޞަތުތައް

މި މަޝްރޫޢު ނިމުމުން ނުކުންނާނެ ހެޔޮ ނަތީޖާގެ ތެރެއިން މަސްވެރިކަމާއި، އެގްރިކަލްޗަރާއި، އަދި އެހެނިހެން އިންޑަސްޓްރީތަކުންވެސް މި ސަރަޙައްދަށް ފުޅާ ފުރުޞަތުތަކެއް ހުޅުވޭނެއެވެ. މިހާރު ހއ. ގައި "މޯލްޑިވްސް އިކޮނޮމީގެ ގޭޓްވޭ" ގެ މަސައްކަތްތައްވެސް ވަނީ ފަށާފައެވެ.

''މިއަދު މި ފެށޭ މަސައްކަތަކީ، ނޫނީ ހުޅުވިގެންމިދާ ދޮރޯށި، އަޅުގަނޑު އެދެން ހަމަ އެންމެ ފުޅާމިނުގައި، ޚާއްޞަކޮށް ރާއްޖޭގެ ވިޔަފާރިވެރިން، ކުދި، ބޮޑު، މެދުފަންތީގެ ހުރިހާ ވިޔަފާރިވެރިން މި ސަރަޙައްދަށް ވަޑައިގަންނަވަން. މި ސަރަޙައްދުގައި އިންވެސްޓް ކުރައްވަން. މި އޮޕޯރޗުނިޓީގެ ބޭނުން މިވަގުތު ހިއްޕަވާ. މިއީ، ވަރަށް ބޮޑު ރަނުގެ ފުރުޞަތެއް. ވަރަށް ފުން، ފުޅާ ރަނުގެ މި ބޮޑު ފުރުޞަތު، ހުރިހާ ދާއިރާއަކުން މި ސަރަހައްދުގައި އެބައޮތް. ސަރުކާރުން މިއޮތީ ތައްޔާރަށް، ހުރިހާ ގޮތަކުން އަޅުގަނޑުމެންނަށް ކަންތައްތައް ފަހިކޮށްދެވޭނެ ހުރިހާ ކަމެއް ކޮށްދޭން. ރާއްޖެއިން ބޭރުގެ އިންވެސްޓަރުން ރާއްޖެ އައުމަށްވެސް، އަޅުގަނޑު ދެންމެ ދެންނެވި ގޮތަށް ގޮވާލަން.'' ރައީސް މުޢިއްޒު ވިދާޅުވެފަވެއެވެ.

ބޮޑުތިލަދުންމައްޗާއި އުތުރަށް ރަނުގެ ފުރުސަތެއް

ހަނިމާދޫ އެއަރޕޯޓްގެ %70 މަސައްކަތް މި ސަރުކާރުން ނިންމާލާފައިވުމަކީ، ހަމައެކަނި ފެންނަ އުމްރާނީ ތަރައްޤީއެއް ނޫނެވެ. މިއީ އުތުރުގެ ރައްޔިތުންނަށް ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އިޤްތިޞާދީ ގޮތުން ކުރިއެރުން ހޯދައިދިނުމަށް ލިބިގެންދާ ރަން ފުރުޞަތެކެވެ. ސަރުކާރުން ވަނީ މި ފުރުޞަތުގެ ބޭނުން ހިފުމަށްޓަކައި ހުރިހާ ގޮތަކުންވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށްކަން ހާމަކޮށްފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަނިމާދޫ އެއާޕޯޓު: އުތުރުގެ ތަރައްޤީގެ އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް ސިޔާސަތު ޙަޤީޤަތަކަށް ހެދުމުގެ މުހިންމު އެއް ވަސީލަތްރިޕޯޓް | 7 ގަޑިއިރު ކުރިންރައީސް، ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވައިފިޚަބަރު | 8 ގަޑިއިރު ކުރިންރައީސް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑްކުއަރޓަރސް ހުޅުވައިދެއްވައިފިޚަބަރު | 11 ގަޑިއިރު ކުރިންޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕްގެ ފަރާތުން ދިވެހި ސަރުކާރަށް ފެން ހިންދާ ޕަމްޕް ހަދިޔާކުރައްވައިފިޚަބަރު | 12 ގަޑިއިރު ކުރިން