logo
Bank of Maldives

Bank of Maldives

ޚަބަރު

ފުރަތަމަ ފަހަރަށް ހަނިމާދޫ އެއަރޕޯޓަށް ކޮމާޝަލް ޖެޓެއް ޖައްސައިފި

އައިޝަތު ނަޝާ
26 ޑިސެމްބަރު 2025 - 12:44
ފުރަތަމަ ފަހަރަށް ހަނިމާދޫ އެއަރޕޯޓަށް ކޮމާޝަލް ޖެޓެއް ޖައްސައިފި

ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްގީކޮށް މިދިޔަމަހު އަލުން ހުޅުވި ފަހުން ފުރަތަމަ ކޮމާޝަލް ޖެޓެއް މިއަދު ޖައްސައިފިއެވެ/

މީގެ ކުރިން ބައެއް ޖެޓުތައް ތެޔޮއެޅުމަށް ހަނިމާދޫއަށް ޖެއްސިނަމަވެސް މިހާތަނަށް ފަސިންޖަރުންނާއެކު ޖެޓެއް އެ އެއަރޕޯޓަކަށް ޖައްސާފައެއް ނުވެއެވެ. އެހެންނަމަވެސް މިއަދު ޖެއްސި ޖެޓަކީ ހައިޑަވޭ ބީޗް އެންޑް ރިސޯޓަށް ޗުއްޓީ ހޭދަކުރުމަށް ގެސްޓުން ގޮވައިގެން އައި ޖެޓެކެވެ. އެ ޖެޓުގައި 8 ފަތުރުވެރިން ތިބިކަމަށް ހަނިމާދޫ އެއަޕޯޓުން މަޢުލޫމާތުދެއްވައެވެ.

މި ޖެޓު އައިސްފައިވަނީ ޕެރާގުން ފުރައިގެން ސީދާ ހަނިމާދޫ އިންޓަނޭޝަނަލް އެއަޕޯޓަށެވެ. އާއަހަރާ ދިމާކޮށް އައި މި ޖެޓުގައި އެ އަރޕޯޓުގައި ބޭއްވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު ޖެޓަށް ދޭންޖެހޭ ހުރިހާ ޚިދުމަތެއް ހަނިމާދޫ އެއަޕޯޓުން ދެމުން ގެންދާނެއެވެ. ހަނިމާދޫ އެއަރޕޯޓު ތަރައްޤީކޮށްފައިވަނީ 15 ޖެޓަށް ޕާކުކޮށްފައި ބޭއްވޭނެ ގޮތަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވީ މިދިޔަ މަހުގެ 10 ވަނަ ދުވަހެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލުން އޭ320 އަދި ބޮއިންގ 737 މަރުކާގެ ފްލައިޓްތަކަށް ޚިދުމަތް ދެވޭނެއެވެ. އަދި އެއަރޕޯޓްގައި އެއްފަހަރާ 9 ފްލައިޓް ޕާކުކޮށްފައި ބޭއްވޭނެ އޭޕްރަންއެއް ވަނީ ތަރައްޤީކޮށްފައެވެ. އެގޮތުން މި އޭޕްރަންގައި އެއަރބަސްގެ 3 ބޯޓާއި އޭޓީއާރްގެ 6 މަތިންދާ ބޯޓް އެއްފަހަރާ ޕާކުކުރެވޭނެއެވެ. 2465 މީޓަރުގެ ދިގު ރަންވޭއަކާއި، އެއަރ ޓެރެފިކް ކޮންޓްރޯލް ޓަވަރަރާކާއެކު މުޅިން އައު ކާގޯ ޓާމިލަނެއް މިއެއަރޕޯޓުގެ ވަނީ ތަރައްގީކޮށްފައެވެ.

ދިވެހިވަންތަކަން ދައްކުވައިދޭގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ އައު ޓަރމިނަލަކީ 10،380 އަކަމީޓަރުގެ ބޮޑު ޓާމިނަލެކެވެ. ޓާމިނަލްގެ އެންމެ ތިރީ ފަންގިފިލާ ބޭނުންކުރާނީ އެތެރޭގެ އުދުހުންތަކަށެވެ. އަދި މަތީ ފަންގިފިލާ ބޭނުންކުރާނީ އިންޓަރނޭޝަނަލް ދަތުރުތަކަށެވެ. އަދި ކޮންމެ ފަންގިފިލާއެއްގައި 2 ގޭޓު ހުރެއެވެ. އަތޮޅުތެރޭގެ އެއަރޕޯޓެއްގައި ބޭނުންކުރާ ފުރަތަމަ އެއިރޯ ބްރިޖްވެސް ޤާއިމްކޮށްފައިވަނީ ހަނިމާދޫ އެއަރޕޯޓްގައެވެ.

އެންމެ ޒަމާނީ އަދި ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ފަދަގޮތަކަށް ތަރައްޤީކޮށްފައިވާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ އަހަރަކު 1.3 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ފެންވަރުގެ އެއަރޕޯޓެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުރަތަމަ ފަހަރަށް ހަނިމާދޫ އެއަރޕޯޓަށް ކޮމާޝަލް ޖެޓެއް ޖައްސައިފިޚަބަރު | 2 ގަޑިއިރު ކުރިންހަނިމާދޫ އެއާޕޯޓު: އުތުރުގެ ތަރައްޤީގެ އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް ސިޔާސަތު ޙަޤީޤަތަކަށް ހެދުމުގެ މުހިންމު އެއް ވަސީލަތްރިޕޯޓް | 2 މަސް ކުރިންހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ނިންމައި ރަސްމީކޮށް ހުޅުވައިފިޚަބަރު | 2 މަސް ކުރިންމިއީ ރާއްޖޭގެ އުތުރުގެ ތަރައްގީ ހާސިލް ކުރުމުގެ އެއް ކާމިޔާބީ: ރައީސްޚަބަރު | 2 މަސް ކުރިން