logo
Bank of Maldives

Bank of Maldives

ޚަބަރު

އ.ދ. ގެ ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާގެ 26 ވަނަ ސެޝަންގެ ވައިސް-ޕްރެޒިޑެންޓްކަމަށް ރާއްޖެ

އާމިނަތު ޝަފާ
9 ނޮވެމްބަރު 2025 - 16:21
އ.ދ. ގެ ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާގެ 26 ވަނަ ސެޝަންގެ ވައިސް-ޕްރެޒިޑެންޓްކަމަށް ރާއްޖެ

ސައުދީ އަރަބިއާގެ ރިޔާދުގައި މިހާރު ކުރިއަށްދާ އ.ދ. ގެ ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާގެ 26 ވަނަ އާއްމު ބައްދަލުވުމުގެ ވައިސް-ޕްރެޒިޑެންޓްކަމަށް ރާއްޖެ އިންތިހާބުވެއްޖެއެވެ.

އަދި ވައިސް-ޕްރެޒިޑެންޓްގެ ހައިސިއްޔަތުން 9 ވަނަ ދުވަހު ބޭއްވި އާއްމު ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ރާއްޖޭގެ ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމްއެވެ. 

Ad by Hajj Corporation

Ad by Hajj Corporation

މި އަހަރުގެ ސެޝަންގައި ރާއްޖެ ވަނީ އ.ދ. ގެ ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާގެ 'ވާރކިން ގްރޫޕް އޮން ޓުއަރިޒަމް އެންޑް ކްލައިމެޓް' ގައި ބައިވެރިވެފައިއެވެ. މި ގްރޫޕްގެ މައިގަނޑު މަގުސަދަކީ މޫސުމަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރުމެވެ. އަދި މީގެ އިތުރުން، އިންޓަރ-އިންސްޓިޓިއުޝަނަލް ވާރކިންގ ގްރޫޕް އޮން ޓުއަރިޒަމް އެންޑް ކްލައިމެޓް އެކްޝަންގެ ވައިސް ޗެއަރ އަށް ވެސް ރާއްޖެ ވަނީ މި އަހަރުގެ އާއްމު ބައްދަލުވުމުގައި އައްޔަނުކޮށްފައިއެވެ. 

ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވާ އ.ދ. ގެ ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާގެ އާއްމު ބައްދަލުވުން މި އަހަރު ކުރިއަށް ދަނީ ނޮވެމްބަރު މަހުގެ 7 އިން 11 އަށެވެ. މި އަހަރުގެ ބައްދަލުވުން ބާއްވާފައިވަނީ 'އޭ.އައި. ޕަވަރޑް ޓޫރިޒަމް: ރީޑިފައިނިންގ ދަ ފިއުޗަރ' މި ޝިއާރުގެ ދަށުންނެވެ. މި ބައްދަލުވުމުގައި އދ.ގެ މެންބަރު ޤައުމުތަކާއި، އެފފިލިއޭޓް މެންބަރުންނާއި، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ޖަމްޢިއްޔާޖަމާޢަތްތަކުގެ މަންދޫބުން ވަނީ ބައިވެރިވެއެވެ. މި ބައްދަލުވުމުގެ ހަވާސާގައި ވަޒީރު  ޠާރިޤް އިބްރާހީމް އެކި ގައުމުތަކުގެ ފަތުރުވެރިކަމާ ބެހޭ ވަޒީރުންނާއި، ބައިނަލްއަގްވާމީ އެކި ޖަމިއްޔާގެ މަންދޫބުންނާއި ބައްދަލުކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ވަނީ މަޝްވަރާ ކުރަށްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެވްރެޖްކޮށް ދުވާލަކު ރާއްޖެ އަށް ހަހާސް ފަތުރުވެރިން ޒިޔާރަތްކުރޭޚަބަރު | 13 ދުވަސް ކުރިންރިސޯޓު ކުލި ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އަޅަން ސަރުކާރުން ނިންމައިފިޚަބަރު | 20 ދުވަސް ކުރިންފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތް ކުރަނީ ރިސޯޓްތަކަށްޚަބަރު | މަހެއް ކުރިންމިމަހު އެކަނި ވެސް ރާއްޖެއަށް 85،135 ފަތުރުވެރިން އައިސްފައިވޭޚަބަރު | 2 މަސް ކުރިން