logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޕީއެލްގެ އެޕްރެންޓިސް ޕްރޮގްރާމް ރަސްމީކޮށް ފަށައިފި

އިސްމާޢިލް ރާތިޢު
10 ނޮވެމްބަރު 2025 - 06:58
އެޕްރެންޓިސް ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: އެމްޕީއެލް
އެޕްރެންޓިސް ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: އެމްޕީއެލް

5000 ރުފިޔާގެ އެލަވަންސަކާއެކު ހަމަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް)ގެ އެޕްރެންޓިސް ޕްރޮގްރާމް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ޤައުމީ އެޕްރެންޓިސް ޕްރޮގްރާމްގެ ދަށުން ހިންގާ އެމް.ޕީ.އެލް އެޕްރެންޓިސް ޕްރޮގްރާމްގައި މި އަހަރު 20 ފަރާތެއް ބައިވެރިވެފައިވާ ކަމަށައި މިއީ އެމްޕީއެލް އިން ހިންގާ މިފަދަ 12 ވަނަ ޕްރޮގްރާމް ކަމަށް އެމްޕީއެލް އިން މައުލޫމާތު ދީފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޕްރޮގްރާމް ފެށުމަށްޓަކައި މިއަދު އެމްޕީއެލް ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ޕްރޮގްރާމްގެ ބައިވެރިންނަށް އޮފަރ ލެޓާ ހަވާލުކޮށްދެއްވާފައިވަނީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ޑެޕިއުޓީ މިނިސްޓަރ ހުސެއިން ޖަވާޒެވެ. މި ރަސްމިއްޔާތުގައި އެމް.ޕީ.އެލްގެ ސީ.އީ.އޯ ޑީ.ސީ.ޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާންވެސް ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖަވާޒް ވަނީ އެޕްރެންޓިސް ޕްރޮގްރާމްތައް ހިންގުމުގައި އެމް.ޕީ.އެލްއަކީ "ނަމޫނާ ކުންފުންޏެއް" ކަމަށް ވިދާޅުވެފައެވެ. އަދި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމާއި، ތަމްރީނު ފުރުސަތުތައް ހޯދައިދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް ކަމަށްވެސް ޖަވާޒު ވިދާޅުވިއެވެ.

އެމްޕީއެލްގެ ސީއީއޯ ރިޝްވާން ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ ބަނދަރުގެ އެކި ދާއިރާތަކަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ފުރުސަތު ފަހިކޮށްދީ، އެކަމަށް ބޭނުންވާ ތަމްރީނުތައް ޒުވާނުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

އެމް.ޕީ.އެލްއިން މިފަހަރު ހުޅުވާލި މި ޕްރޮގްރާމްގައި ޖުމްލަ ހަ ދާއިރާއަކުން ފުރުސަތު ހުޅުވާލެވުނެވެ. އެއީ:

-          މެރިން މެކޭނިކް އެޕްރެންޓިސް

-          ހެވީ ވެހިކަލް މެއިންޓެނެންސް އެޕްރެންޓިސް

-          އިލެކްޓްރީޝިއަން އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސް އެޕްރެންޓިސް

-          އެޑްމިނިސްޓްރޭޓިވް އެޕްރެންޓިސް

-          ފަރުނީޗަރު ކާޕެންޓްރީ އެޕްރެންޓިސް

-          ވެލްޑިން ޓެކްނިކްސް އެޕްރެންޓިސް

ވިޔަފާރި ބަނދަރުގެ އެކި ދާއިރާތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ޒުވާނުންނަށް ވަޒީފާ އާއި ތަމްރީނުގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަކީ އެމްޕީއެލްގެ މުހިންމު އަމާޒެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޯތު ހާބަރގެ "އޭ ޒޯން"އިން އޮޑިދޯނި ފަހަރަށް މިހާރު ފެނާއި ކަރަންޓުގެ ޚިދުމަތް ލިބޭނެ!ޚަބަރު | 4 ދުވަސް ކުރިންވެސްޓްޕާކް ސަރަހައްދު ކަނޑަށް ކޮންޓޭނަރުތަކެއް ވެއްޓި، އޮޔާދަނީޚަބަރު | 14 ދުވަސް ކުރިންއެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން ޒިޔަތު އިސްތިއުފާ ދެއްވައިފިޚަބަރު | 21 ދުވަސް ކުރިންޕެރިޝަބަލް މުދާ ކްލިއަރކުރުމުގެ މަސައްކަތް މިއަދުވެސް ކުރިއަށްދާނެ: އެމްޕީއެލްޚަބަރު | 23 ދުވަސް ކުރިން