logo
Bank of Maldives

Bank of Maldives

ޚަބަރު

ޙައްޖާޖީންނަށް ސިއްޙީ އެހީތެރިކަން ދިނުމަށް، ސައުދީގެ އަލް އަބީރު ނޭޝަނަލް ހޮސްޕިޓަލާއެކު އެއްބަސްވުމެއް

ޢައްފާން މުޙައްމަދު
10 ނޮވެމްބަރު 2025 - 13:49
ޙައްޖާޖީންނަށް ސިއްޙީ އެހީތެރިކަން ދިނުމަށް، ސައުދީގެ އަލް އަބީރު ނޭޝަނަލް ހޮސްޕިޓަލާއެކު އެއްބަސްވުމެއް

ދިވެހި ޙައްޖާޖީންނަށް ސިއްޙީ އެހީތެރިކަން ދިނުމަށް، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި ސަޢުދީ އަރަބިއްޔާގެ އަލް އަބީރު ނޭޝަނަލް ހޮސްޕިޓަލާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ޙައްޖު ކޯޕަރޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލްއެވެ. އަދި އަބީރު މެޑިކަލް ގްރޫޕްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ހޮސްޕިޓަލްސް، ޑރ. ފަހިމް ރަޙްމާނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖެއިން ޙައްޖަށްދާ ފަރާތްތަކަށް ވީހާވެސް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީ، އެ ތަޖުރިބާއަކީ އުފާވެރި ތަޖުރިބާއަކަށް ހެދުމަށް ޙައްޖު ކޯޕަރޭޝަން އިން ކުރަމުން އަންނަ ކާމިޔާބު މަސައްކަތުގެ ތެރެއިންއަލް އަބީރު ނޭޝަނަލް ހޮސްޕިޓަލާ ދެމެދު އެއްބަސްވުމުގައި ސޮއިކުރިއިރު، ރާއްޖެއިން ޙައްޖަށްގެންދާ ޙައްޖާޖީންގެ 50 އިންސައްތަ ހައްޖާޖީން ސައުދީ އެއަރލައިންގައި ގެންދިއުމަށް، އެ އެއަރލައިނާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލްއެވެ. އަދި ސަޢުދީ އެއަރލައިންގެ ފަރާތުން ސޮއިކުރެއްވީ އެ އެއަރލައިންގެ ރާއްޖެ، އިންޑިއާ އަދި ސްރީލަންކާއަށް ކަނޑައަޅާފައިވާ އެއަރލައިން މެނޭޖަރ އިއްސަމް އަލް ހަބްސީއެވެ.

ޙައްޖު ކޯޕަރޭޝަންގެ އިސްވެރިން، ސައުދީ އަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ސަޢުދި ޢަރަބިއްޔާގެ ޖިއްދާގައި ކުރިއަށްދާ ޙައްޖު ކޮންފަރެންސް އެންޑް އެގްޒިބިޝަން 2025ގައި ބައިވެރިވެވަޑައިގެންފައި ވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަންގެ ހައްޖާއި އުމްރާގެ ކަންކަން ހަރުދަނާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | 3 ދުވަސް ކުރިންސައޫދީގެ އަލް-ސަފްވާ ފައުންޑޭޝަނާއި ދިވެހި ހައްޖު ކޯޕަރޭޝަން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފިޚަބަރު | 4 ދުވަސް ކުރިންސަމާލުވޭ! ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ފައިސާ ހޯދަން ސްކޭމް މެސެޖުތަކެއްޚަބަރު | 9 ދުވަސް ކުރިންމިނާއާއި އަރަފާތުގައި ދިވެހިންނަށް ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދޭން އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | މަހެއް ކުރިން