logo
Bank of Maldives

Bank of Maldives

ޚަބަރު

މިނާއާއި އަރަފާތުގައި ދިވެހިންނަށް ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދޭން އެއްބަސްވުމެއްގައި ސޮއިކޮށްފި

ޢައްފާން މުޙައްމަދު
12 ނޮވެމްބަރު 2025 - 06:09
މިނާއާއި އަރަފާތުގައި ދިވެހިންނަށް ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދޭން އެއްބަސްވުމެއްގައި ސޮއިކޮށްފި

މިނާ އަދި އަރަފާތުގައި ދިވެހި ހައްޖާޖީންނަށް ދޭންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ދިނުމަށް ރަވާފް މިނާއާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ސައުދި އަރަބިއްޔާގެ ޖިއްދާގައި މިހާރު ކުރިއަށްގެންދާ ހައްޖު ކޮންފަރެންސް އެންޑް އެގްޒިބިޝަން 2025 ގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެއްބަސްވުމުގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލެވެ. އަދި ރަވާފް މިނާގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު ޒުހައިރު އަބްދުލް ހަމީދު ސަދާޔޯއެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީހުގައި ހައްޖާޖީންނަށް، މިނާ އަދި އަރަފާތުގައި އެންމެ ފެންވަރު ރަނގަޅު ހިދުމަތް ދިން އަހަރެވެ. އެކަން ރާއްޖެއިން ދިޔަ ޙައްޖާޖީން ވަނީ ޝުކުރުވެރިކަމާއެކު ފާޙަގަކޮށްފައެވެ.

ޙައްޖު މަހުގެ 8 ވަނަ ދުވަހު މިނާގައި މަޑު ކުރުމަށްފަހު އަރަފާތާއި މުޒްދަލިފާގައި މަޑުކުރުމަށްފަހު އަނެއްކާވެސް އެނބުރި ދާން ޖެހެނީ މިނާއަށެވެ. އެގޮތުން ޙައްޖު މަހުގެ 11، 12 އަދި 13 ވަނަ ދުވަސްވެސް ހޭދަކުރަނީ މިނާގައެވެ.

އެހެންކަމުން އެތައް މިލިއަން ބަޔަކު އެއް ތަނެއްގައި ތިބޭއިރު، އެ ތަޖުރިބާއަކީ ވީހާވެސް ފަސޭހަ ތަޖުރިބާއަކަށް ވުން އެއީ ކޮންމެ ޙާޖީއަކު ވެސް ބޭނުންވާނެ ކަމެކެވެ.

މީގެ ކުރިން ދެމުން ދިޔަ "ސީ ކެޓަގަރީ"ގެ ޚިދުމަތުގެ ބަދަލުގައި މިއަހަރު ދިވެހި ޙާޖީންނަށް ޚިދުމަތް ލިބޭނީ "ބީ ކެޓަގަރީ"ންނެވެ. މިއީ ދިވެހި ޙާޖީން މިނާގައި ހޭދަކުރާ ވަގުތުތަކަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ.

ދިވެހިންނަށް ޙައްޖުގެ އަޅުކަމަށް ދިއުމުގެ ކަންކަމާއި އަޅުކަން އަދާކުރުމުގެ އިންތިޒާމްތައް ފަަސޭހަކުރުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ ކާމިޔާބު މަސައްކަތުގެ ދަށުން، ދިވެހި ޙައްޖާޖީންނަށް ސިއްޙީ އެހީތެރިކަން ދިނުމަށް، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި ސަޢުދީ އަރަބިއްޔާގެ އަލް އަބީރު ނޭޝަނަލް ހޮސްޕިޓަލާ ދެމެދު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އަދި ރާއްޖެއިން ޙައްޖަށްގެންދާ ޙައްޖާޖީންގެ 50 އިންސައްތަ ހައްޖާޖީން ސައުދީ އެއަރލައިންގައި ގެންދިއުމަށް، އެ އެއަރލައިނާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިނާއާއި އަރަފާތުގައި ދިވެހިންނަށް ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދޭން އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންޙައްޖާޖީންނަށް ސިއްޙީ އެހީތެރިކަން ދިނުމަށް، ސައުދީގެ އަލް އަބީރު ނޭޝަނަލް ހޮސްޕިޓަލާއެކު އެއްބަސްވުމެއްޚަބަރު | 2 ދުވަސް ކުރިންރޯދަމަހުގެ އުމްރާއަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހައްޖު ކޯޕަރޭޝަނުން ހުޅުވާލައިފިޚަބަރު | 22 ދުވަސް ކުރިންކަންބޮޑު ނުވޭ، ބަލީގެ ގޮތުން ނާޒުކު ހާލަތެއްގައި ހުރެގެން ނޫންނަމަ ވިސާ ލިބުމަށް ހުރަހެއް ނާންނާނެ :އެމްޑީ ޝަކީލް ޚަބަރު | 23 ދުވަސް ކުރިން