logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ ސިއްހީ ހާލަތު ދެނެގަތުމަށް އަންނަ އަހަރު ދިރާސާއެއް ފަށަނީ

އައިޝަތު ނަޝާ
12 ނޮވެމްބަރު 2025 - 11:07
ރާއްޖޭގެ ސިއްހީ ހާލަތު ދެނެގަތުމަށް އަންނަ އަހަރު ދިރާސާއެއް ފަށަނީ

ހެލްތް މިނިސްޓްރީ އާއި ޔުނިސެފް މޯލްޑިވްސް ކަންޓްރީ އޮފީހާ ގުޅިގެން, ރާއްޖޭގެ ޞިއްޙީ ހާލަތު ފުޅާދާއިރާއެއްގައި ދެނެގަތުމަށްޓަކައި، އަންނަ އަހަރުގެ ކުރީކޮޅު މުޅި ޤައުމުގައި ހިންގާ ދިރާސާއެއް ފެށުމަށް ހަމަޖެހިފައިވާކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިކަން ހާމަކުރެއްވީ، މަލްޓިޕްލް އިންޑިކޭޓަރ ކްލަސްޓަރ ސަރވޭގެ ނަމުގައި ކުރިއަށްގެންދާ މި ދިރާސާ ހެދުމަށް ޔުނިސެފާއެކު ފަހުމުނާމާއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ފަހުމުނާމާގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ނާޒިމްއެވެ.އަދި ޔުނިސެފްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާގެ ޚާއްސަ މަންދޫބު ޑރ. އެޑްވަރޑް އަޑާއީއެވެ.ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވީ، ގައުމީ ސިޔާސަތުތައް އެކުލަވާލުމުގައި މުހިންމު ތަފާސްހިސާބުތައް ޞިއްޙީ ދާއިރާއިން މިހާރު އަދާހަމަކުރެވިފައި ނެތް ކަމަށެވެ.އަދި އެންމެ ފަހުން ރާއްޖޭގެ ޞިއްޙީ ޙާލަތާ ގުޅޭ ދިރާސާއެއް ކުރިއަށް ގެންގޮސްފައިވަނީ 2017 ވަނަ އަހަރު ކަމަށް ވުމާއެކު، ސިއްޙީ ދާއިރާގެ ކުރިއެރުމަށް ކުރަންވީ ކަންކަން ދެނެގަތުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ދިރާސާއާއެކު ޞިއްޙީ ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުމަށާއި، ފެންވަރު ރަނގަޅުކުރަންވީ ކަންކަން ދެނެގަނެވި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާޞިލުވުމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވި ގޮތުގައި، ކްލަސްޓަރ ސަރވޭއަކީ ބައިނަލްއަގުވާމީ ފެންވަރުގައި އާބާދީގެ މައިގަނޑު ސިއްޙީ ހާލަތާއި، ސިއްޙީ ޚިދުމަތްތަކުގެ ހާލަތު ދެނެގަތުމަށް ކުރާ ދިރާސާއެކެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު ދިރާސާގެ މަސައްކަތް ފެށިގެންދާނެކަމަށާއި، ބޭނުމަކީ ޞިއްޙީ ހާލަތު ދެނެގަނެ ސިއްހީ ދާއިރާގެ ދުރު ރާސްތާ ޕްލޭނާއި، ސިޔާސަތުތަކަށް ބޭނުންވާ މަޢުލޫމާތު އެއްކުރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ދިރާސާގެ ދަށުން އާބާދީގެ ޞިއްހަތާއި، ދަރިމައިވުމުގެ ޞިއްހަތާއި، ކުޑަކުދިން ހެދިބޮޑުވަމުންދާ މިންވަރާއި، ދިވެހިން ޢާންމުކޮށް ކައިބޮއެ އުޅޭ ތަކެއްޗާ ބެހޭ މަޢުލޫމާތު އެއްކުރެވޭނެއެވެ. މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންދާ މި ދިރާސާގައި ޖުމްލަ 6000 ގޭބިސީއަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަށްރަށުގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރުމުގެ ސިލްސިލާ މިއަހަރުވެސް ކުރިއަށްޚަބަރު | ދުވަހެއް ކުރިންޤައުމީ ޞިއްޙީ ލެބޯޓަރީ އަކީ އެމްއެފްޑީއޭގެ މަސައްކަތްތައް ހަރުދަނާކުރުމަށް މުހިއްމު މަޝްރޫއެއްޚަބަރު | 5 ދުވަސް ކުރިންގައިޑްލައިންތަކާއެކު އެއް ކޮލެޓީއެއްގައި ފަރުވާދެވޭކަން ކަށަވަރުވާނެ: މިނިސްޓަރ ނާޡިމްޚަބަރު | މަހެއް ކުރިންހުޅުދެލީ ސިއްހީ މަރުކަޒުގައި 3 ޚިދުމަތެއް ފަށާ، ރިނބުދޫ ޞިއްޙީ މަރުކަޒަށް ބައެއް އިތުރުކުރަން ބިންގާ އަޅައިފިޚަބަރު | 2 މަސް ކުރިން