logo
Bank of Maldives

Bank of Maldives

ޚަބަރު

ގޮންޖެހުންތައް ހައްލުކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަން އަބަދުވެސް ލިބޭނެ: މަޖިލީހުގެ ރައީސް

އައިޝަތު ނަޝާ
12 ނޮވެމްބަރު 2025 - 11:21
ގޮންޖެހުންތައް ހައްލުކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަން އަބަދުވެސް ލިބޭނެ: މަޖިލީހުގެ ރައީސް

އާންމު ގޮންޖެހުންތައް ހައްލުކުރުމުގައި، ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަން އަބަދުވެސް ލިބޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް މިފަދައިން ވިދާޅުވީ ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ، ސެނެޓް އޮފް ޕާކިސްތާން ޔޫސުފް ރަޒާ ގިލާނީއާ ބައްދަލުކުރައްވައެވެ. އެމަނިކުފާނު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާއި ޕާކިސްތާނުގެ ގުޅުމާއި އައިއެސްސީގެ ކަންކަމަށް އަލިއަޅުއްވާލައްވާފައެެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ އައިއެސްސީގެ ކާމިޔާބީ ފާހަގަކުރައްވައި، ސުލްޙައާއި ސަލާމަތާއި ތަރައްޤީއާ ގުޅޭގޮތުން ޤާނޫނު ހަދާ މަޖިލިސްތަކުގެ އެއްބާރުލުން ދިނުން ކުރިއެރުވުމުގައި އެ ކޮންފަރެންސްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި، އެ ކޮންފަރެންސްގެ ނަތީޖާތަކަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުން ދިވެހި ވަފުދަށް ދެއްވި މެހެމާންދާރީއަށް ޝުކުރުއަދާކުރެއްވިއެވެ.

މީގެ އިތުރުން އިސްލާމްއާބާދުގައި ދިން ހިތާމަވެރި ހަމަލާގައި ފުރާނަ ގެއްލުނު ފަރާތްތަކާއި އަނިޔާވި މީހުންގެ ޢާއިލާތަކަށް އެމަނިކުފާނު ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި ނިރުބަވެރި އެ ހަމަލާ ހަރުކަށި އިބާރާތުން އެމަނިކުފާނު ވަނީ ކުށްވެރިކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ސަޢޫދީއަށް ފުރާވަޑައިގެންފިޚަބަރު | 23 ދުވަސް ކުރިންގްލޯބަލް ސުމޫދު ފްލޮޓިލާގެ ވަފުދު، ފޮރިން މިނިސްޓަރާއި މަޖިލިސް ރައީސް އާ ބައްދަލުކޮށްފިޚަބަރު | މަހެއް ކުރިންމަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެއަށްޚަބަރު | 3 މަސް ކުރިންގޮންޖެހުންތައް ހައްލުކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަން އަބަދުވެސް ލިބޭނެ: މަޖިލީހުގެ ރައީސްޚަބަރު | 3 މަސް ކުރިން