logo
އޮޕަރޭޝަން އަލިމަގު: މިހާތަނަށް 90 މީހަކު ހައްޔަރުކޮށްފިBank of Maldives

Bank of Maldives

ކުޅިވަރު

ރާއްޖެ އާއި ފަލަސްތީނު ވާދަކުރާ އެކުވެރިކަމުގެ ފުރަތަމަ މެޗު މިރޭ

އާމިނަތު ޝަފާ
13 ނޮވެމްބަރު 2025 - 04:49
ރާއްޖެ އާއި ފަލަސްތީނު ވާދަކުރާ އެކުވެރިކަމުގެ ފުރަތަމަ މެޗު މިރޭ

ރާއްޖާގައި މިހާރު ތަމްރީން ހަދަމުން އަންނަ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާއި ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު ވާދަކުރާ އެކުވެރިކަމުގެ ފުރަތަަމަ މެޗު މިރޭ އޮންނާނެއެވެ.

ފަލަސްތީނުގެ ޓީމު ރާއްޖާގައި މިހާރު ތަމްރީން ހަދަމުން އަންނަނީ 2026 ވަނަ އަހަރު ސައުދީ އަރަބިއްޔާގައި އޮންނަ އޭ އެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން މެޗްތަކަށް ތައްޔާރުވުމުގެ ގޮތުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހިރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާއި ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު މާލޭގައި ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ ދެ މެޗަށް ވިއްކާ ސްވެނިއަރ ޓިކެޓް މިހާރު ވިއްކަން ފަށާފައިވާއިރު ގަލޮޅު ދަނޑުގެ ޓިކެޓް "ކައުންޓަރ" (އޮލިމްޕަސް ކުރިމަތި) މަޖީދީމަގު އިން ހެނދުނު 9 އިން 12 އަށް އަދި މެންދުރު 2 އިން 6 އަށް ޓިކެޓް ގަންނަން ލިބެން ހުންނާނެއެވެ.
މެޗަކަށް ޓިކެޓް ވިއްކުމަށް ނިންމާފައިވަނީ:

- ސްވެނިއަރ ޕްލެޓިނަމް ޓިކެޓް: ޖުމްލަ 50 ޓިކެޓް، ޓިކެޓެއް 1000 ރުފިޔާއަށް (ވީވީއައިޕީ ރޮސްޓްރަމް)

- ސްވެނިއަރ ގޯލްޑް ޓިކެޓް: ޖުމްލަ 200 ޓިކެޓް، ޓިކެޓެއް 500 ރުފިޔާއަށް (ވީއައިޕީ ގޮނޑި)

މި މެޗުތަކުގެ ސްވެނިއަރ ޓިކެޓް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްތީނުގެ ފުޓްބޯޅަ އަލުން ދިރުވާ ތަރައްޤީ ކުރުމަށް ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނަށެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމާއި ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމު ވާދަކުރާ އެކުވެރި ކަމުގެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:30ގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެ އާއި ފަލަސްތީނު ވާދަކުރާ އެކުވެރިކަމުގެ ފުރަތަމަ މެޗު މިރޭކުޅިވަރު | 3 ގަޑިއިރު ކުރިންއަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ބައްދަލުވުމަށް ފޮރިން މިނިސްޓަރު ގަތަރަށްޚަބަރު | 2 މަސް ކުރިން'ނިއުޔޯކް ޑެކްލަރޭޝަނަކީ' ފަލަސްތީން ދައުލަތެއް ގާއިމުކުރުމުގެ ސާފު ތަސައްވުރެއް، ރާއްޖޭގެ ފުރިހަމަތާއީދު : ފޮރިން މިނިސްޓްރީ ޚަބަރު | 2 މަސް ކުރިންފަލަސްތީނަށް އައިއެލްއޯގެ އޮބްޒާވަރުކަން: ރާއްޖެއިން ވެސް ތާއީދުކޮށް ވޯޓުދިންޚަބަރު | 5 މަސް ކުރިން