logo
Bank of Maldives

Bank of Maldives

ޚަބަރު

ފިޠުރު ޒަކާތުން ލިބުނު ފައިސާއިން 5 ލައްކަ ރުފިޔާ ފަލަސްޠީނަށް!

އިސްމާޢިލް ރާތިޢު
21 މާރިޗު 2026 - 04:46
ފިޠުރު ޒަކާތުން ލިބުނު ފައިސާއިން 5 ލައްކަ ރުފިޔާ ފަލަސްޠީނަށް!

ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން ފަސް ލައްކަ ރުފިޔާ، ފަލަޞްޠީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްރާ އެސޯސިއޭޝަން މޯލްޑިވްސް އާއި ހަވާލު ކޮށްފިއެވެ.

އިސްރާ އެސޯސިއޭޝަން މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދަކީ ފަލަސްޠީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތުކުރުމެވެ. ޚާއްސަކޮށް ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ދަތި ޙާލުގައި އުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޓްރަސްޓް ފަންޑަށް 423,749 ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ.

ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު، 15 މިލިއަނަށްވުރެ ގިނަ ރުފިޔާ، ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައި ވެއެވެ. މިއީ، ފާއިތުވި ތިން އަހަރާ އަޅާބަލާއިރު ފިޠިރި ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބުނު އަހަރެވެ.

ފަޤީރުންގެ ދަފްްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށް ފިޠުރު ޒަކާތް ބަހައި ނިމިފައިވާއިރު، މިއަހަރު ބަހާފައިވަނީ ބޮލަކަށް 6,000 ރުފިޔާގެ މަގުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖޫން މަހު މުދަލު ޒަކާތަށް 21.3 މިލިއަން ރުފިޔާޚަބަރު | 8 ދުވަސް ކުރިންޖޫންމަހުގެ ނިޔަލަށް މުދަލުގެ ޒަކާތުގެ ގޮތުގަައި 79 މިލިއަން ރުފިޔާ ލިބިއްޖެޚަބަރު | މަހެއް ކުރިންފައިނޭންޝަލް އެކްސްޕޯ: ޒަކާތު ހައުސް ސްޓޯލަށް ޒިޔާރަތްކޮށްގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު!ޚަބަރު | މަހެއް ކުރިންތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ދީފިޚަބަރު | 2 މަސް ކުރިން