logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގައި ޑްރަގުގެ ވިޔަފާރިއެއް ދެނެއް ނުކުރެވޭނެ: އިހުސާން

އާމިނަތު ޝަފާ
13 ނޮވެމްބަރު 2025 - 09:46
ރާއްޖޭގައި ޑްރަގުގެ ވިޔަފާރިއެއް ދެނެއް ނުކުރެވޭނެ: އިހުސާން

ރާއްޖޭގައި ދެން ޑްރަގުގެ ވިޔަފާރި ނުކުރެވޭނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އޮޕަރޭޝަން އަލިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މި އޮޕަރޭޝަން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށްދާނެ ކަމަށާއި މި މަސައްކަތަކީ ފާއިތުވި ހަމަސް ދުވަހުގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ އަލީގައި ފުލުހުންގެ ހުރިހާ ބަހާތަކެއް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް އެ ވިޔަފާރި ކުރުން ހުއްޓާލުމަށްވެސް އެދިފައެވެ.

އަދި މިއަދުން ފެށިގެން އެ ފުރުސަތު ނުދެއްވާނެ ކަމަށާއި ރާއްޖޭގައި މިކަމުގަ އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން އަޅުގަނޑު އެދޭ އެދުމަކީ މިކަމުގަ އުޅޭ ކުދިންވެސް މިކަން ހުއްޓާލާފަ އެހެން ކަމަކާވެގެން އުޅުމަށް. މިކަން ކުރާކަމަށްވަންޏާ ރާއްޖޭގައި އުޅެން އުނދަގޫވާ ވަރަށް މިކަން ކުރިއަށް ގެންދާނަން. ރާއްޖޭގައި ޑްރަގުގެ ވިޔަފާރިއެއް ދެނެއް ނުކުރެވޭނެ. މިކަމުގެ ތެރޭގައި އުޅޭ މީހުންނަށް ޤާނޫނުން އެޅެން ހުރި އެންމެ ކހަރުކަށި ފިޔަވަޅު އަޅާނަން. ވަޒީރު

މިއަދު ފެށި އޮޕަރޭޝަނަކީ ފެށުމެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މި މަސައްކަތް ފުލުހުން ހުއްޓާލާނީ މސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުން އެކަން ކުރުން ހުއްޓާލާ ހިސާބުން ކަމަށެވެ.

މި މަސައްކަތުގައި ދިވެހި ފުލުހުން 24 ގަޑި އިރު މަސައްކަތް ކުރާނެ ކަމަށާއި ރައްޔިތުން އެދޭފަދަ މާހައުލެއް ޤާއިމްކުރުމުގަ ފުލުހުން ދެމިތިބޭނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

ވަޒީރު ވިދާޅުވީ މަސްތުވާތަކެއްޗާ ގުޅުން ހުންނަ ކަންކަމުގަ ހައްޔަރުކުރާ ފަރާތްތަކަށް އެއްވެސް ލުޔެއް ނުދިނުމަށް ތަކުރާރުކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވާ ކަމަށެވެ.

"އޮޕަރޭޝަން އަލިމަގު" އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތެވެ. މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވެރިކަމާ ހަވާލުވިއިރު ޑްރަގްކޯޓުން ހުކުމްކޮށްފައިވާ 700 އަށްވުރެ ގިނަ މީހުން ފަރުވާ ނުފެށި ތިބި: ވަޒީރު ޚަބަރު | 2 މަސް ކުރިންރާއްޖޭގައި ޑްރަގުގެ ވިޔަފާރިއެއް ދެނެއް ނުކުރެވޭނެ: އިހުސާން ޚަބަރު | 2 މަސް ކުރިންފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަކީ ސުލްޙަވެރި ސިޔާސީ ހަރަކާތް ހިންގުމެއް ނޫން: ވަޒީރު ޚަބަރު | 4 މަސް ކުރިންމޯލްޑިވްސް 2.0ގެ ބޭނުމަކީ އީވޯޓިންއަށް ދިއުމެއް ނޫން: އިހުސާންޚަބަރު | 8 މަސް ކުރިން