logo
Bank of Maldives

Bank of Maldives

ކުޅިވަރު

އެދެނީ ވީހާވެސް ގިނަ ބަޔަކު މިރޭ ދަނޑަށް ވަދެ ދެ ޓީމަށް ވެސް ހިތްވަރުދޭން: އެފްއޭގެ ރައީސް

ޢައްފާން މުޙައްމަދު
13 ނޮވެމްބަރު 2025 - 11:08
އެދެނީ ވީހާވެސް ގިނަ ބަޔަކު މިރޭ ދަނޑަށް ވަދެ ދެ ޓީމަށް ވެސް ހިތްވަރުދޭން: އެފްއޭގެ ރައީސް

އެދިވަޑައިގަންނަވަނީ ވީހާވެސް ގިނަ ބަޔަކު ރާއްޖެއާއި ފަލަސްޠީނުގެ ޒުވާން ޓީމު ކުޅޭ މެޗަށް ވަދެ، ދެ ޓީމަށް ވެސް ހިތްވަރުދީ ސަޕޯޓު ދިނުމަށްކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަޙްމަދު ޠާރިޤް ވިދާޅުވެއްޖެއެވެ/

މެޗާ ގުޅޭގޮތުން މެންދުރު ޓީވީއާ ވާހަކަދައްކަވަމުން ޠާރިޤް ވިދާޅުވީ، މިރޭ އަދި އަންނަ ހޮނިހިރު ދުވަހުގެރޭ ފަލަސްޠީނުގެ ޒުވާން ޓީމާ ދެކޮޅަށް ރާއްޖެއިން ކުޅޭ މެޗަކީ، ކުރިއަށް އޮތް ބައިނަލްއަގްވާމީ މެޗުތަކަށް ދިއުމުގެ ކުރިން ތައްޔާރުވެލުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެ ޓީމުންވެސް އޭޝިއަން ކަޕު ކޮލިފައިންގައި ވާދަކުރުމަށް ފަރިތަކުރަމުން އަންނައިރު މި ދެ މެޗުގެ ސަބަބުން ވާދަވެރިކަން އުފެދި މެޗު ތަޖުރިބާތަކެއް ލިބިގެންދާނެކަމަށް ޠާރިޤްވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން މާލޭގައި މިވަގުތު ތިބި ދިވެހި ވީހާ ވެސް ގިނަ ރައްޔިތުން، މިރޭގެ މެޗު ބަލަން ދަނޑަށް ވަދެ، ޓީމަށް ހިތްވަރުދިނުމަށް ޠާރިޤް ވަނީ އެދިވަޑައިގެންފައެވެ.

ނުވަ ދުވަހުގެ ޓްރެއިނިން ކޭމްޕަށް ފަލަސްޠީނުގެ ޒުވާން ޓީމުން ރާއްޖެ އައިސް ކުރަންޖެހޭ އެންމެހާ ޚަރަދުތައް، ދިވެހި ސަރުކާރުން ކުރަން ނިންމާފައިވާއިރު އެކަމަށްޓަކައި ޠާރިޤް ވަނީ ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ފަލަސްޠީނު މިވަގުތު އޮތް ހާލަތުން، ދުނިޔޭގެ އެކިއެކި ޕްލެޓްފޯމުތަކުގައި އަމިއްލަ ގައުމު ތަމްސީލުކުރުމަށް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު، ރާއްޖެއިން އެ ޓީމަށް މި ފަހިކޮށްދިނީ ވަރަށް ބޮޑު ފުރުސަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މި މެޗުގައި ވިއްކާ "ސުވެނިއަރ ޓިކެޓް" ތަކަކީ ވެސް، އެ ގައުމަށް އެހީތެރިވުމުގެ ގޮތުން ވިއްކާ ޓިކެޓުތަކެއްކަން ޠާރިޤް ފާހަގަކުރެއްވިއެވެ.

މި މެޗުތަކާ ގުޅިގެން ވިއްކާ ސްވެނިއާ ޓިކެޓްތަކަކީ ފަލަސްޠީނުގެ ފުޓްބޯޅައަށް އެހީތެރިވުމަށްޓަކައި އެފް.އޭ.އެމުން ވަކި އަދަދަކަށް ވިއްކާ ޓިކެޓްތަކެކެވެ. ޕްލެޓިނަމް އަދި ގޯލްޑް ކެޓަގަރީ ހިމެނޭ މި ޓިކެޓްތަކުގެ ތެރެއިން ޕްލެޓިނަމް ޓިކެޓު އުޅެނީ 1000 ރުފިޔާ އަށެވެ. އަދި ގޯލްޑް ޓިކެޓް އުޅެނީ 500 ރުފިޔާ އަށެވެ.

ޓިކެޓު ވިއްކައިގެން ލިބޭ އެންމެހާ ފައިސާއެއް ހަދިޔާ ކުރާނީ ފަލަސްޠީން ޓީމަށެވެ. ކޭމްޕް ނިންމާފައި ރާއްޖެއިން ފުރުމުގެ ކުރިން އެ ފައިސާ އެ ޓީމާ ހަވާލުކުރާނެކަމަށް ޠާރިޤް ވިދާޅުވިއެވެ.

މިފަދަ ވާދަވެރި މެޗުތަކެއް ކުޅެން ރާއްޖޭގެ ޒުވާން ޓީމަށް ލިބެނީ މަދު ފުރުސަތުތަކެއްކަން ފާހަގަކުރައްވައި ޠާރިޤް ވިދާޅުވީ، މި ލިބުނު ފުރުސަތަކީ ތައިލެންޑުގައި ކުޅޭ ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ލިބޭޏެ ވަރަށް ބޮޑު ފަހި ފުރުސަތެއް ކަމަށެވެ. ޒުވާން ޓީމާމެދު މާބޮޑު އުއްމީދުތަކެއް ގެންގުޅެވޭ މިންވަރަށް ތައްޔާރުވުމުގެ ފުރުސަތު އެ ކުޅުންތެރިންނަށް ނުދެވި ވާކަން ފާހަގަކުރައްވައި ޠާރިޤް އިތުރަށް ވިދާޅުވީ، މިހާރު މި ލިބޭ ފުރުސަތުތަކުން ލިބޭ ތަޖުރިބާތަކުގެ ބޭނުން ހިފައިގެން، ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ޤައުމީ ސީނިއަރ ޓީމުގެ ޖާގަތައް އެ ކުޅުންތެރިން ފުރާނެކަމަށް ވަރަށް ބޮޑަށް އުއްމީދުކުރެވޭ ކަމަށެވެ.

ރާއްޖެ އަދި ފަލަސްޠީނު ޓީމުގެ މެދުގައި ކުޅޭވޭ އެކުވެރިކަމުގެ ދެ މެޗު ތާވަލުކޮށްފަވަނީ މިރެއާއި ހޮނިހިރު ދުވަހުގެ ރޭ ކުޅޭގޮތަށެވެ.

މި ދެމެޗަށް ސްވެނިއަރ ޓިކެޓް ވިއްކި ނަމަވެސް ދެ މެޗު ބަލަން ބޭނުންވާ ފަރާތްތަކަށް ހިލޭ ދަނޑުގެ ގޮނޑިބަރިއާއި ސިޑިބަރިއަށް ވަދެވޭނެ ކަމަށް އެފްއޭއެމްއިން ބުނެއެވެ. ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ރާއްޖޭގައި ކޭމްޕް ކުރުމުގެ އިންތިޒާމު ހަމަޖައްސާދީފައިވަނީ ދިވެހި ސަރުކާރުންނެވެ.

މިމަހުގެ 19 ވަނަ ދުވަހާއި ހަމައަށް ފަލަސްޠީނުގެ ޓީމު ރާއްޖޭގައި ތިބުމަށް ހަމަޖެހިފައިވާއިރު އެ ޓީމު ތައްޔާރުވަމުން އަންނަނީ މިމަހުގެ 22 އިން 30 އަށް އިންޑިއާގައި ބާއްވާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރުމަށެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބައްސާމްގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިޚަބަރު | 22 ދުވަސް ކުރިންއެފްއޭއެމް ހިޔާނާތް: އަގީލް ބަންދުގައި ބަހައްޓައިގެން މާދަމާ ކޯޓަށް ހާޒިރުކުރަނީޚަބަރު | މަހެއް ކުރިންއެދެނީ ވީހާވެސް ގިނަ ބަޔަކު މިރޭ ދަނޑަށް ވަދެ ދެ ޓީމަށް ވެސް ހިތްވަރުދޭން: އެފްއޭގެ ރައީސްކުޅިވަރު | 2 މަސް ކުރިންހުއްދަނެތި ފުޓްސަލް މުބާރާތެއް ކުޅެގެން ޤައުމީ ސްކޮޑުން އައިހަމް ވަކިކޮށްފިކުޅިވަރު | 2 މަސް ކުރިން