logo
Bank of Maldives

Bank of Maldives

ޚަބަރު

"ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ"

އައިޝަތު ނަޝާ
13 ނޮވެމްބަރު 2025 - 12:30
"ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ"

ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށްޓަކާ ސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ މާ ލަސްތަކެއްނުވެ ފެނިގެންދާނެކަމަށް  ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، އެވުޒާރާއިން އިސްނަގައިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ "ހެލްތު އެކްސްޕޯ 2025" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ދާއިރާއެއްކަމަށާއި، މި ދާއިރާއިން ބޭނުންވާ ސިޔާސަތުތައް ހަރުދަނާކޮށް ތަންފީޒުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާ އެއްވަރަށް، ޞިއްޙީގޮތުން ބޭނުންވާ ރަނގަޅު މަޢުލޫމާތު ފޯރުކޮށްދީ، އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަކީވެސް ސަރުކާރުން ޚާއްސަ ސަމާލުކަމެއްދެއްވާ ކަމެއްކަމަށްކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

 ވަޒީރު ނާޡިމް އިތުރަށް ވިދާޅުވީ، ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން، ޕްރިވެންޓިވް ހެލްތު ކެއަރގެ ކަންކަން ހަރުދަނާކުރުމަށްވެސް ޚާއްސަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުންދާކަމަށެވެ. އަދި ގައިންގަޔަށް ނާރާ ބޮޑެތި ބަލިތައް ފެތުރޭ މިންވަރު މަދުކުރުމަށްޓަކާ ޞިއްޙީގޮތުން ރަނގަޅު މަޢުލޫމާތު ފޯރުކޮށްދިނުމަކީ މުހިންމުކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

 ސަރުކާރުން ޞިއްޙީ ދާއިރާ ހަރުދަނާކުރެއްވުމަށް މިހާތަނަށް މުހިންމު ގިނަ ފިޔަވަޅުތަކެއް މާނަވީގޮތެއްގައި އަޅުއްވާފައިވާކަން ވަޒިރު ފާހަގަކުރެއްވިއެވެ. އެގޮތުން ވަސީލަތްތައް ތަރައްޤީކޮށްދެއްވުމުގެ އިތުރުން، ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ތަންފީޒީ އިދާރާތަކަށް ދެއްވަންޖެހޭ ބާރުތައް ދެއްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ އެކްސްޕޯގައި ސަރުކާރުން ޞިއްޙީ ދާއިރާއިން ކުރާ މަސައްކަތްތަކަށް އަމިއްލަ ފަރާތްތަކާއި، މަދަނީ ޖަމްޢިއްޔާތަކުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަށްރަށުގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރުމުގެ ސިލްސިލާ މިއަހަރުވެސް ކުރިއަށްޚަބަރު | ދުވަހެއް ކުރިންޤައުމީ ޞިއްޙީ ލެބޯޓަރީ އަކީ އެމްއެފްޑީއޭގެ މަސައްކަތްތައް ހަރުދަނާކުރުމަށް މުހިއްމު މަޝްރޫއެއްޚަބަރު | 5 ދުވަސް ކުރިންގައިޑްލައިންތަކާއެކު އެއް ކޮލެޓީއެއްގައި ފަރުވާދެވޭކަން ކަށަވަރުވާނެ: މިނިސްޓަރ ނާޡިމްޚަބަރު | މަހެއް ކުރިންހުޅުދެލީ ސިއްހީ މަރުކަޒުގައި 3 ޚިދުމަތެއް ފަށާ، ރިނބުދޫ ޞިއްޙީ މަރުކަޒަށް ބައެއް އިތުރުކުރަން ބިންގާ އަޅައިފިޚަބަރު | 2 މަސް ކުރިން