logo
Bank of Maldives

Bank of Maldives

Business

މަނީ ޗޭންޖިންގެ ހުއްދަ ލިބޭނީ ހަމައެކަނި ދިވެހި ކުނފުނިތަކަށް

އަޙްމަދު ޒަލީފް
2 އޮކްޓޯބަރު 2024 - 12:40
މަނީ ޗޭންޖިންގެ ހުއްދަ ލިބޭނީ ހަމައެކަނި ދިވެހި ކުނފުނިތަކަށް

ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސެންސް ދޫކުރާއިރު، އެ ވިޔަފާރީގައި ހަރަކާތްތެރިވާ ހުރިހާ މުވައްޒަފުން ވެސް ވާން ޖެހެނީ ދިވެހިންނަށް ކަމަށް ކަނޑައަޅައި,ފީތައް ބޮޑުކޮށް، މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދެއް މޯލްޑިވްސް މަނިތަރީ އޮތޯރިޓީއިން ގެޒެޓުކޮށްފި އެވެ.

އެމްއެމްއޭގެ ގަވައިދު ހާމަކޮށްފައިވާ ގޮތުގައި، ޓިއަރ 1 ލައިސަންސްގެ މުއްދަތަކީ 5 އަހަރެވެ. އަދި މި ވިޔަފާރީގައި ހަރަކާތްތެރިވާ ހުރިހާ މުވައްޒަފުން ވެސް ވާން ޖެހޭނީ ދިވެހިންނަށެވެ. މިފަދަ ވިޔަފާރިއަކުން ދުވާލެއްގެ މައްޗަށް އެއް ކަސްޓަމަރަކަށް ނަގުދު ފައިސާއިން އެންމެ ގިނަވެގެން މުއާމަލާތްކުރެވޭނީ 50،000 ރުފިޔާ ނުވަތަ އެއާ އެއްވަރުގެ ބޭރު ފައިސާގެ އަދަދަކަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަނީ ޗޭންޖިން ވިޔަފާރިއާއި ބެހޭ ގަވައިދު ގެޒެޓުކޮށް، އެއަށް އަމަލު ކުރަން ފެށިއިރު އެމްއެމްއޭ ބުނެފައިވާ ގޮތުން އުސޫލެއް އެކުލަވާލުމުގެ މަގްސަދަކީ މަނީ ޗޭންޖިންގ ވިޔަފާރި ކުރުމަށް ލައިސަންސް ދޫކުރުމާއި އެ ވިޔަފާރި ރެގިއުލޭޓްކޮށް، ސުޕަވައިޒްކުރުމާއި އެ ވިޔަފާރިއާއިގުޅޭ އެހެނިހެން ކަންތައްތައް ކަނޑައެޅުމެވެ. މި ގަވާއިދުގެ ދަށުން ދެ ބާވަތެއްގެ ލައިސަންސް ދޫކުރުމަށް ހަމަޖެހިފައިވާއިރު އެއީ ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމާއި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސެވެ.

ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތްތަކުން، ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ހުރިހާ މުޢާމަލާތްތަކެއް މޮނިޓަރ ކުރެވޭނެ އިލެކްޓްރޯނިކް ނިޒާމެއް ގާއިމުކުރަންވާނެއެވެ. ޓިއަރ 2 ލައިސަންސް ލިބޭނީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ޓޫރިސްޓު ރިޒޯޓް ހިންގަން ހުއްދަ ނުވަތަ ލައިސަސް ލިބިފައިވާ ކުންފުންޏަކަށެވެ. މި ލައިސެންސްގެ މުއްދަތަކީ ޓޫރިސްޓް ރިޒޯޓް ހިންގަން ލިބިފައިވާ ހުއްދައިގެ ނުވަތަ ލައިސަންސްގެ މުއްދަތެވެ. މި ފަރާތްތަކުން ބޭރު ފައިސާ ވިއްކުމުގެ މުއާމަލާތް ކުރަންވާނީ ބޭންކެއް މެދުވެރިކޮށެވެ.

ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުންވެސް، ބޭރު ފައިސާ ވިއްކުމަށްފަހު ކަސްޓަމަރަށް ރަސީދެއް ދޭންވާނެއެވެ. އެގޮތުން ދޫކުރާ ރަސީދުގައި، ކަސްޓަމަރުގެ ފުރިހަމަ ނަން، ކޮންފަރާތެއްކަން އަންގައިދޭ ލިޔުމެއްގެ ނަންބަރު ކާކުކަން އަންގައިދޭ ކާޑު ނަންބަރު، ޕާސްޕޯޓް ނަންބަރު، ގާނޫނީ ޝަޙްޞެއް ނަމަ ރަޖިސްޓްރޭޝަން ނަންބަރާއި ވިޔަފާރީގެ ރަޖިސްޓަރީ ނަންބަރު ހިމަނައި ވިއްކި ނުވަތަ ގަތް ފައިސާގެ ބާވަތާއި އަދަދާއި ފައިސާ ވިއްކި ނުވަތަ ގަތް ރޭޓް ހިމަނަންވާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގެސްޓްހައުސްތަކުގެ އޮކިއުޕަންސީ ރޭޓް އިތުރުވެއްޖެޚަބަރު | 7 ދުވަސް ކުރިން2024ގެ ނިޔަލަށް ފަވަރަ އިން 23 ބިލިއަން ރުފިޔާ ޓްރާންސްފާކުރި ޚަބަރު | މަހެއް ކުރިންއެމްއެމްއޭއިން ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖް ގެ ނަމުގައި މުބާރާތެއް އިއުލާނުކޮށްފިވިޔަފާރި | މަހެއް ކުރިން ބޭނުން ކުރެވޭ ރިޒާވަށް 10 މިލިޔަން ޑޮލަރުގެ ކުރިއެރުމެއްޚަބަރު | މަހެއް ކުރިން