ޤައުމީ ކެރިއަރުގެ ފުރަތަމަ ރަތްކާޑާއެކު ރޮނާލްޑޯއަށް ވޯލްޑްކަޕް ހޫޅުވާ މެޗު ގެއްލިދާނެކަމުގެ ބިރު
14 ނޮވެމްބަރު 2025 - 07:03

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް އޭނާގެ ޤައުމީ ޓީމުގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް ރަތްކާޑު ދެއްކުމާއެކު، 2026 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ފުރަތަމަ މެޗު ގެއްލިދާނެކަމުގެ ބިރު ހީވެއްޖެއެވެ. ރޭގައި ރިޕަބްލިކް އޮފް އަޔަލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި ގްރޫޕްގެ އެއްވަނައިގައި އޮތް މެޗުން ޕޯޗުގަލް ބަލިވެފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ރޭގަ ރޮނާލްޑޯއަށް ދެއްކި ރަތް ކާޑަކީ 22 އަހަރުގެ ޤައުމީ ޓީމުގެ ކެރިއަރުގައި 226 މެޗުގެ ތެރެއިން އޭނާއަށް ދެއްކި ފުރަތަމަ ރަތްކާޑެވެ.
ޕޯޗުގަލް އޮތީ ވޯލްޑްކަޕަށް ސީދާ ކޮލިފައިވުމުގެ މަޤްސަދުގައެވެ. ނަމަވެސް، އަޔަލޭންޑް އިން ވަނީ ޓްރޯއީ ޕެރޮޓް ޖެހި ދެ ލަނޑާއެކު މެޗު ކާމިޔާބުކޮށްފައެވެ. މި ސަސްޕެންޝަންގެ ސަބަބުން، 40 އަހަރުގެ ރޮނާލްޑޯއަށް ގްރޫޕް އެފް ގައި އާމީނިއާ އާ ދެކޮޅަށް ކުޅޭ ފަހު މެޗު ގެއްލޭނެއެވެ. އަދި ފީފާގެ ޑިސިޕްލިނަރީ ފިޔަވަޅުތަކާއި، ޕޯޗުގަލް ވޯލްޑްކަޕަށް ކޮލިފައިވާ ގޮތަކަށް ބަލާފައި، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގެ މެޗުތަކެއް ވެސް ގެއްލިދާނެކަމުގެ ބިރު އެބައޮތެވެ.

Ad by Hajj Corporation
ރޭގެ މެޗުގައި ރޮނާލްޑޯއަށް ފުރަތަމަ އޭނާއަށް ދެއްކީ ރީނދޫ ކާޑެކެވެ. ނަމަވެސް، ވީއޭއާރު ބެލުމަށްފަހު އެ ނިންމުން ރަތްކާޑަކަށް ބަދަލުކުރިއެވެ. ރޭގެ މެޗުން ޕޯޗުގަލް ބަލިވިނަމަވެސް، ބާކީ އެއްމެޗު އޮތް ޕޯޗުގަލް މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ.
ރޭގެ މެޗުގައި ރޮނާލްޑޯގެ ފަރާތުން ފެނުނު ފައުލަކީ ގާފައިވާ އަނިޔާވެރި އަމަލެއް" ކަމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑްގައި ބަޔާންކޮށްފައިވާތީ، އިތުރަށް ހަރުކަށި ފިޔަވަޅު އެޅުމުގެ ފުރުސަތު އެބައޮތެވެ. ބާބު 2، މާއްދާ 14(i) ގައި ބުނެފައިވާ ގޮތުން، "އަތުގެ އުޅަނބޮށިން ޖެހުން، ފައިން ޖެހުން، ދަތްއެޅުން، ކުޅުޖެހުން ނުވަތަ އިދިކޮޅު ކުޅުންތެރިއެއްގެ ގައިގައިގަސްތުގައި ޖެހުން" ފަދަ އަމަލެއްގެ ސަބަބުން ރައްކާޑުދައްކާ ކުޅުންތެރިއަކަށް ތިން މެޗުގެ ސަސްޕެންޝަނެއް ދިނުމުގެ ފުރުސަތު އެބަ އޮތެވެ.
ޑިސިޕްލިނަރީ ކޮމިޓީން ހަރުކަށި އަދަބެއް ދިނުމަށް ނިންމައިފިނަމަ ރޮނާލްޑޯއަށް ލްޑްކަޕްގެ ފުރަތަމަ ދެ މެޗު ގެއްލިގެންދާނެއެވެ.


