logo
Bank of Maldives

Bank of Maldives

ކުޅިވަރު

އެމްބާއްޕޭގެ 400 ވަނަ ގޯލާއެކު ގްރޫޕްގެ އެއްވަނައިގައި ފްރާންސް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

އަބްދުﷲ ޣާނިމް
14 ނޮވެމްބަރު 2025 - 07:17
އެމްބާއްޕޭގެ 400 ވަނަ ގޯލާއެކު ގްރޫޕްގެ އެއްވަނައިގައި ފްރާންސް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭގެ މޮޅު ކުޅުމާއެކު، ޔޫކްރޭނާ ދެކޮޅަށް 4-0 ގެ ފަސޭހަ މޮޅެއް ހޯދައި، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ފްރާންސުން ކޮލިފައިވެއްޖެއެވެ. މި މެޗުގައި އެމްބާޕޭ ވަނީ ދެ ގޯލު ޖަހައި އަދި އެސިސްޓެއް ދީފައެވެ.

ފްރާންސްގައި ކުޅުނު މިމެޗުން މޮޅުވުމާއެކު، ގްރޫޕް ޑީގެ އެއް ވަނަ މަޤާމް ފްރާންސަށް ޔަޤީންވީއެވެ. މި މޮޅާއެކު، ކޯޗު ޑިޑިއޭ ޑެޝޯމްޕްސްގެ ޓީމު ވަނީ ދެ ވަނައިގައި އޮތް އައިސްލެންޑާއި ޔޫކްރޭނަށް ވުރެ 6 ޕޮއިންޓްގެ ކުރި ހޯދާފައެވެ. ގްރޫޕްގައި ކުޅެން އެއް މެޗު ބާކީ އޮއްވައި ފްރާންސަށް މި ކާމިޔާބީ ލިބުނީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ހާފުގައި ޔޫކްރޭންގެ ގޯލްކީޕަރު އެނަޓޯލީ ޓްރޫބިން ވަނީ އެމްބާޕޭ ފޮނުވާލި ހަމަލާއަކާއި އަދި ބްރެޑްލީ ބާކޯލާ ފޮނުވާލި ހަމަލާއެއް މަތަކޮށް، ޔޫކްރޭންގެ ގޯލު ސަލާމަތްކޮށްފައެވެ. މެޗުގެ 55 ވަނަ މިނެޓުގައި ފްރާންސަށް ޕެނަލްޓީއެއް ލިބުނުއިރު، އެމްބާޕޭ ވަނީ ފަސޭހަކަމާއެކު އެ ޕެނަލްޓީ ގޯލަކަށް ބަދަލުކޮށްލާފައެވެ.

ފްރާންސްގެ ދެ ވަނަ ގޯލު މެޗުގެ 76 ވަނަ މިނެޓުގައި ޖެހީ އޮލިސޭއެވެ. އޭގެ ހަތް މިނެޓް ފަހުން އެމްބާޕޭ ވަނީ އޭނާގެ ދެ ވަނަ ގޯލު ޖަހައި، ފްރާންސްގެ ލީޑު އިތުރަށް ބޮޑުކޮށްފައެވެ. މި މެޗުގެ ނިމުމަކާ ދެ މިނެޓަށް ވެފައި ވަނިކޮށް އެމްބާޕޭ ދިން ބޯޅައަކުން އެކިޓިކޭ ވަނީ ޔޫކްރޭންގެ ގޯލްކީޕަރު ޓްރޫބިން ކައިރިން ބޯޅަ ފޮނުވާލައި ފްރާންސްގެ ހަތަރު ވަނަ ގޯލު ޖަހައި، މޮޅު ޔަޤީންކޮށްފައެވެ.

މި މެޗުގައި ފްރާންސްގެ ޒުވާން މިޑްފީލްޑަރު ރަޔާން ޗެރްކީ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މި މެޗުގައި ރެއާލް މެޑްރިޑަށް ކުޅޭ އެމްބާޕޭ ޖެހި ދެ ގޯލާއެކު، އޭނާގެ ބައިނަލްއަޤްވާމީ ގޯލުގެ އަދަދު ވަނީ 55 އަށް އަރާފައެވެ. މިއީ ފްރާންސްގެ ތާރީޚުގައި އެންމެ ގިނަ ގޯލު ޖަހާފައިވާ އޮލިވިއޭ ޖިރޫއަށް ވުރެ ދެ ގޯލު މަދު އަދަދެކެވެ. އަދި އެމްބާޕޭގެ ދެ ވަނަ ގޯލަކީ ކްލަބާއި ގައުމީ ޓީމަށް އޭނާ ޖެހި 400 ވަނަ ގޯލެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައި.އެފް.އެފް.އެޗް.އެސް އިން ހޮވި 2025 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ޓީމު އިއުލާންކޮށްފިކުޅިވަރު | 22 ދުވަސް ކުރިންއެމްބާއްޕޭއަށް 60 މިލިޔަން ޔޫރޯދޭން ފްރާންސްގެ ކޯޓަކުން ޕީއެސްޖީއާއި ދެކޮޅަށް އަމުރުނެރެފިކުޅިވަރު | މަހެއް ކުރިންއެމްބާއްޕޭ އާއި ޕީއެސްޖީ މައްސަލައިގެ ހުކުމް ކޯޓުން އަންނަ ޑިސެމްބަރުގައި ކުރަނީކުޅިވަރު | 2 މަސް ކުރިންއެމްބާއްޕޭގެ 400 ވަނަ ގޯލާއެކު ގްރޫޕްގެ އެއްވަނައިގައި ފްރާންސް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެކުޅިވަރު | 2 މަސް ކުރިން